ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާ ހިޔާ ފްލެޓްތަކަށް އަންނަ މަހަށް ކަރަންޓް ދޭން އެޗްޑީސީން މަސައްކަތް ފަށައިފިއެވެ.

ހިޔާގެ 7000 ޔުނިޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ހަވާލުކުރީ ޗައިނާގެ ބްރައުންސް ސީމެކްއާއެކެވެ. ކަރަންޓުގެ މަސައްކަތް ނިންމައި، ކޮންޓްރެކްޓަރު ވަނީ އެޗްޑީސީއާ ހަވާލުކޮށްފައެވެ.

އެޗްޑީސީން މިއަދު ވިދާޅުވީ އެ މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކުއެވެ. މިހާރު ކުރިއަށްދަނީ ޓަވަރްތަކުގެ ސަބްސްޓޭޝަންސް ގުޅާލުމުގެ ފަަހު މަސައްކަތެވެ. މިއަދު ފެށި އެ މަސައްކަތް އެއްކޮށް ނިންމައި އަންނަ އޮގަސްޓު މަހު 17 އަށް ކަރަންޓު އެއްކޮށް ފޯރުކޮށް ނިންމާލެވޭނެ ކަމަށެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ އެގްރީމެންޓް ސޮއިކުރުމުގެ މަސައްކަތް ވަނީ މި މަހުގެ 14 ވަނަ ދުވަހު ފަށާފާއެވެ. ސޮއިކުރުން އަންނަ މަހުވެސް ކުރިއަށްދާނެއެވެ. އެގްރީމެންޓްގައިވާ ގޮތުން ކަރަންޓު ގުޅައިދެވެނީ 2000 ރުފިޔާއަށެވެ.

ފްލެޓްތައް ލިބުނު މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުލީގެ މައްސަލައެވެ. ކުލިކުުޑަކޮށްދޭން މަޖިލީހަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. އެހެންވިޔަސް ކުރީގެ ސަރުކާރުގައި އެ އަގު ކަނޑައަޅާފައިވަނީ ޖުމުލަ 6،600 ރުފިޔާއަށް ކަމަށް އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުޑަބެގީ ރަޝީދު

    ތަޅުދަޑި ކޮބާ

  2. Anonymous

    މިވަރުގެ ލަދުކުޑަ ސަރުކާރެއް ހަޔާތުގާވެސްނުދެކެންހުދުމުހުތާރުކަމާ ވައްކަމާ ރައްޔަތުންގެ ފައިސާނަހަމަގޮތުގާބޭނުއްކޮއް ގައުމު ދަރުވާ ހަދާފައި ރައްޔަތުންއަތުންފޭރެންފެށި ދެންބަލަ ތެލުގެ އަގުބޮަޑުވި ހިޔާފުލެޓައް ކަރައްޓު ގުޅާދެނީ ދެހާސް ރުފިޔާދެއްކީމާ

  3. ޖަޒީރާމަނިކު

    ޝުކުރިއްޔާ، އީދުމުބާރިކް ރައީސްޔާމީނަށް.