ކައިވެނީގެ އަގޮޓި އެއީ ހާއްސަ އަގޮޓިއެވެ. އެ އަގޮޓި ފޮރުވައިގެން ގިނަ ބަޔަކު އުޅޭއިރު، ބައެއް ފަހަރު އަގޮޓި ގެއްލޭ ފަދަ ކަންތައްވެސް ދިމާވެއެވެ. އެގޮތުން އިނގިރޭސިވިލާތަށް ނިސްބަތްތާ މި މީހާވެސް އުޅުނީ އޭނާގެ ކައިވެނީގެ އަގޮޓި ގެއްލިގެންނެވެ.
އެ އަގޮޓި ގެއްލިގެން އޭނާ ވަރަށް ހޯދިއެވެ. އެ ކައިވެނީގެ އަގޮޓި ވެއްޓުނީ ކްލެވްޑޮންގެ މެރިން ލޭކްއަށެވެ. އެތަނަށް އޭތި ވެއްޓުނު ފަހުން ނުފެނި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން އެ ގޮޓި ފެނުނީ ކުދިންތަކަކަށެވެ.
ކޮންމެ އަހަރަކު އެއްފަހަރު އެ ފެންގަނޑު އެއްކޮށް ހިންދާލުމަށްފަހު އެ ފެންގަނޑު ސާފް ކުރާއިރު، އެ އަގޮޓި ފެނިފައި ވަނީ އެ ފަންގަނޑު ސާފް ކުރަން އެރި އުޅުނު ބަޔަކަށެވެ. އެ އަގޮޓި އޮތީ އެ ފެންގަނޑު ތެރޭގައި ހުރި ޗަކައިގެ ތެރޭގައި ފޮރުވިފައެވެ.
މިގޮތަށް އާއްމުކޮށް އެ ފެންގަނޑު ތެރެއަށް ވެއްޓޭ އެއްޗެހި ނުފެންނައިރު، އެ އަގޮޓި ފެނިގެން އޭގެ ވެރިފަރާތާއި ވަނީ ހަވާލުކޮށްފައެވެ.
އޭގެ ވެރިފަރާތުން ބުނީ، އެއްވެސް ވަރަކަށް އެ އަގޮޓި ފެނިދާނެކަމަށް އުއްމީދެއް ނުކުރާ ކަމަށެވެ.
އެ އަގޮޓި ހިފައިގެން އޭނާ ކައިރިއަށް އައި ކުދިން އޭނާގެ އަތަށް އެ އަގޮޓީ ދީފައި ދިޔައީ ކަމަށެވެ. އެހެން ނަމަވެސް އެ ކުދިންނަށް އޭނާ ކޮންމެވެސް އެއްޗެއް ދޭން ބޭނުންވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފަހުން އެ ކުދިން އެއްވެސްވަރަކަށް އޭނާއަށް ފެނިފައެއް ނުވެއެވެ.
ކައޭ އެއްޗެއް ދޭން ބޭނުންވާނަމަ ވަގުތުން ދޭނީ..