އިދިކޮޅު ޕީޕީއެމް ޕީއެންސީއާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިޔަސް އެ ކޯލިޝަންގެ ވެސް ކޮންމެ ކޮންމެ މީހަކާ އެކު މަސައްކަތް ނުކުރެއްވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އާއި ޕީޕީއެމް ޕީއެންސީ ކޯލިޝަން އުފެއްދުމަށް ނަޝީދު ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އެކަމަކު "ލާދީނީ ގޮވުން" އެއީ ޖިނާއީ ކުށަކަށް ހެދުމާއި "އިންޑިއާ އައުޓް" ގޮވުން ތާއީދު ނުކުރުމަކީ ނަޝީދުގެ ޝަރުތެކެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު ވީޑީއޯ މެދުވެރިކޮށް މީޑިއާއަކަށް އެމަނިކުފާނު ދެއްވި ފުރަތަމަ އިންޓަވިއުގައި ވެސް ވިދާޅުވީ ހަރުކަށި ފިކުރުގެ ވިސްނުންތަކާ ދެކޮޅު އެތައް ބަޔަކު ޕީޕީއެމްގައި ތިބި ކަމަށެވެ.

އިންޑީއާގެ ވެރިކަން ކުރާ ބީޖޭޕީގެ މަޖިލިސް މެންބަރު ޝުބާޝް ޗަންދްރަގެ ޒީމިޑިއާ ކުންފުނިން ހިންގާ ވިއޯން މީޑިއާއަށް ދެއްވި އިންޓަވިއުގައި ޕީޕީއެމްއާއެކު މަސައްކަތް ކުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ، އެ ޕާޓީގެ ވެސް ކޮންމެ ކޮންމެ މީހަކާއެކު މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

"އާދެ، އަޅުގަނޑު މި ހުރީ ޕީޕީއެމްއާއެކު މަސައްކަތް ކުރަން ތައްޔާރަށް، އެކަމަކު އޭގެ މަނާއެއް ނޫން އެއީއެއް، އަޅުގަނޑު މި ހުރީ ޕީޕީއެމްގެ ކޮންމެ ކޮންމެ މީހަކާ އެކު މަސައްކަތް ކުރަން ކަމަށް ވެސް، ކޮންމެ ކޮންމެ މީހަކާ އެކު މަސައްކަތެއް ނުކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އޭނާގެ ޝައުގުވެރިކަން ހުންނެވީ އިސްލާމް ދީނުގެ މެދު މިނުގެ ސިޔާސަތުތަކާއި ހަރުކަށި ފިކުރުގެ ވިސްނުމާ ދެކޮޅު ބަޔަކާ އެކު މަސައްކަތް ކުރުމަށެވެ.

ޕީޕީއެމް ޕީއެންސީއިން ވެސް އެމަނިކުފާނު ދައުވަތު ދެއްވަނީ އެ ވިސްނުމުގައި ތިއްބެވި ބޭފުޅުން އެމަނިކުފާނާ އެކު މަސައްކަތް ކުރެއްވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީ އާއި ޕީޕީއެމްގައި ވެސް ގިނައީ އެ ވިސްނުމުގެ މީހުން ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރުން ދެ މިސްރާބަކަށް މަސައްކަތް ކުރުމަކީ އެ ޕާޓީއަށް ބައިބައިވެގެންދާން ޖެހޭ ސަބަބެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް އެކުގައި ނުހުންނެވުމަކީ އެމްޑީޕީއަށް ވެސް އޭގެ ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ވެސް އެމްޑީޕީގެ އަސާސްތަކަށް އަލުން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    ސައްދާމް ހުސެން ދަންޖައްސީވެސް އީދުދުވަހު މިފަދަ މާތްދުވަސް ކަތަކާ ދިމާކޮށް މި ނަޝީދު މި ހޭބަލި ވަނީތޯ؟، މި ބޯހަމަ ނުޖެހޭ ގާސިމް ބުނާހެން " ބަލަ މީނާ މިހުރީ ހަމަ ހޭގަތޯ " ބަލަ ނަޝީދޫ ހަޤީޤީ ޕީޕީއެމް މީހަކު ބޭނުމެއްނުވާނެ ކަލެއާއެކު އެއްމޭޒަކަށް ވެސް އަރާލަން. ވެދާނެ ނަޝީދު ތި މާނަކުރަނީ ޕީޕީއެމް އަށް ފޮނުވާފަ ތިބި ކަތުރު ފަނި ތަކަކާ އެކު މަސައްކަތް ކުރެވިދާނެ ވާހަކަ ދޯ ތިބުނީ؟ ލޮލް

    20
    1
  2. ކު ދި މާ

    އެއީ ބައެއް މީހުންނަކީ އުރައްޕެއް ނެތް ސިޔާސީ ގޮތުން ބަލި ކަށި ބަޔަކަށްވާތީތވެ

  3. ތޯލާބޯލާ

    އޭނާގެ ހާލު ލޮލީޖާބިރުއާއި އެއްވަރު. ނުވަތަ މިހާރު އެހުރީ މާބޮޑަށް އެއްގޯސްވެފަހެން ހީވަނީ. ކާކުތޯ އެމް.ޑީ.ޕީގެ މޮޔަބެއްޔާގެ މަޅީގައިޖެހި ހަލާކުވާން ބޭނުންވަނީ. ތިޔަކަލޭގެ ރަގަޅުވާނީ އިގިރޭސިވިލާތުގަ ނޫނީ ޖަރުމަނުގަ ކުކުޅުފާމެއް ހިންގަން. އޭނާއަކަށް މިރާއްޖެއެއް ނުހިންގޭނެ. މިރާއްޖޭގެ ދައުލަތަކީ ކުޅޭކުޅޭ މީހުން މަޖާކޮށް ސަކަރާތްޖަހަން އޮތް އައްޑާއަކަށް ހަދަން މިއަދު ދިވެހިން ބޭނުމެއްނުވާނެ. ސާބަހޭ ދިވެހިން ތިބީ ހަމަހޭގަޔޭ. ޅޭތިޔަހުރި ކިހިނެއްވެފާތޯ؟ ދުނިޔެމޮޔަވަނީތޯ؟ ޕީ.ޕީ.އެމް އަދި ޕީ.އެންސީ އަކުން ބޮލަށް ތޮޔައަރައިގެން ނޫޅެތޭ..

    11
  4. ރަޓުމީހާ

    "އިސްލާމް ދީނުގެ މެދު މިނުގެ ސިޔާސަތު"
    ކީކޭ މިކިޔަނީ!! އިސްލާމްދީނުގެ މެދު މިނުގެ ސިޔާސަތޭ!!؟؟ އިސްލާމް ދީނުގައި މިންތަކެއް ނޯވޭ. އެންމެ ކުޑަމިން، މެދު މިން، މަތީމިން - މިގޮތަކަށް ނޯވޭ. އެކަމަކު އިސްލާމް ދީނަކީ ކޮންމެ ކަމެއްގައިމެ މެދުމިނުގެ ދީން. އިސްލާމް ދީން އޮތީ މެދު މިނުގައި. މެދުމިނުން ތިރިޔަށް ކައްސާލިޔަސް އެ އުޅެވެނީ އިސްލާމް ދީނަކަށް ނޫން. އަދި މެދު މިނުން މައްޗަށް ޖެހިލިޔަސް އެވެވެނީ ދީނާއިދުރު. މިދެގޮތަށްމެ ކިޔައި އުޅެނީ ޙައްދު ފަހަނައެޅުން. އެ ޙައްދަކީ މިންގަނޑު. މިންގަނޑު އޮތީ ކަނޑައެޅިފައި. އެއީ ފަރުޟު 5 ނަމާދު ކުރަންޖެހޭ. ރޯދަ ހިފަން ޖެހޭ. ޒަކާތް ދޭންޖެހޭ. ކުޅަދާނަމީހާ ޙައްޖު ކުރަންޖެހޭ. ﷲ އާއި ރަސޫލުﷲ އަދި އަޞްޙާބުންނަށް ލޯބި ކުރަންޖެހޭ. މިކަންކަމަކީ އިންސާނާއަށް ނުކުރެވޭ ވަރުގެ ތަކުލީފު ތަކެއްނޫން. ގިނަވެގެން 20-25 މިނިޓުން ނަމާދެއް ކޮށްލެވޭ. މިއީ މެދު މިނުގެ ބުރައެއް. މެދުމިނޭ ކިޔެނީ އެހެންވެ. މިފަދަ ކަންކަމާއި ނުރުހުންވެ ޖަދަލު ކުރާމީހާ އެވަނީ ދީނުން ބޭރުވެފަ. އެއީ ޙައްދު ފަހަނައެޅުން. މިކަންކަން ޤަބޫލު ކޮށް އެހެނަސް ފަރުވާ ކުޑަވެ ކަންނެތްވެ މިކަންކަމާއި ދުރުވެ ހުރިމީހާވެސް އެވަނީ ޙައްދު ފަހަނައަޅާފަ.

  5. ނަސީ

    ޕީޕީއެމް ބޭނުމެއްނުވޭ ނަސީދު އެއް 2023 ޕީޕީއެމް ނުޖެހޭނެ ކޭންޕެއިންކުރާކައް

  6. ޢބްދުއްﷲ

    ޕީޕީއެމްގެ ކޮންމެ މީހަކާ އެކު މަސައްކަތެއް ނުކުރެވޭނެ: ނަޝީދު

    15 ގަޑިއިރު ކުރިން ( ޖުލައި 21, 2021 )

    ބަލަ؟ މިހިރަބޯގޯހާ ގެ ކާކުތަ އުޅެނީ ލާދީނީ ސެކިއުލަރު؛ންނާ ބައިވެރިވެގެން މިގައުމުން

    އިސްލާމް ދީން ފޮހެލަން. އަދި އެފަދަ މީހުނާ ބައިއަތުހިފަން.

  7. ބުއްޅަބޭ

    ބަލަ މިހިރަ ފެންނަ ބީތާޔާ.. ޕީޕީއެމް ގެ ކާކުތަ އުޅެނީ ތި ބީތާޔާ އެކު މަސައްކަތް ކުރާހިތުން އޭނނ؟؟ ނިކަން ބުނެބަލަ އެއްވެސް މީހަކު އެބަ އުޅޭތަ ތިކަހަލަ ބޯބުރާންޗަކާ އެކު މަސައްކަތް ނުކުރެވިގެން އޭނނ؟؟؟