20:44

ގދ. އަތޮޅު ނަޑެއްލާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް، އަރައި މުޅި ރަށަށް ބަލީގެ ބިރުވެރިކަން ބޮޑުވެއްޖެ

20:11

ށ. އަތޮޅު ފޯކައިދޫން އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 100 އިން މައްޗަށް އަރައިފި

18:48

ކ. އަތޮޅު ކާށިދޫން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 47 އަށް އަރައިފި.

17:51

އޮސްޓްރޭލިއާގައި ކޮވިޑް-19 ވެކްސިން ޕްރޮގްރާމްތައް އެންމެ އެދެވޭ ގޮތަށް ބާރު ދުވެލީގައި ނުގެންދެވޭތީ އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން މައާފަށް އެދިވަޑައިގެންފި

16:52

ކ. އަތޮޅު ކާށިދޫން މިއަދު އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު 40 އިން މައްޗަށް އަރައިފި.

11:17

ނުރައްކާތެރި ކޮވިޑް-19 އިން ދިފާއު ވުމަށް އެތައް މަހެއްގެ ބުރަ މަސައްކަތުން ދުނިޔޭގެ ސައިންސުވެރިން އުފައްދާފައިވާ ވެކްސިން ޖެހުމުން ޖިންނި މޮޔަވެދާނެ ކަމަށް ބުނެ މެކްސިކޯގެ ބައެއް ހިސާބުތަކުގައި ވެކްސިން ޖަހަން ދެކޮޅު ހަދަން ފަށައިފި.

11:07

ކ. ކާށިދޫން އިތުރު ހަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

ކޮވިޑް-19 އަށް މާލެ އިން ދުވާލަކު ފައްސިވާ މީހުންގެ އަދަދު 20 އަށް ވުރެ ދަށުގައި މިމަހުގެ ގިނަ ދުވަސްތަކުގައި ހުރި ނަމަވެސް ފާއިތުވި ތިން ދުވަހުގެ އަދަދުތަކަށް ބަލާއިރު މާލެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ ކޮންމެވެސް ވަރަކަށް އިތުރު ވަމުންނެވެ. ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައި ހުރި ހުރިހާ ފިޔަވަޅެއް މާލެ އިން އުވާލިތާ ދެހަފްތާ ފަހުން އަނެއްކާވެސް އަދަދުތައް ކޮންމެވެސް ވަރަކަށް އިތުރުވާން ފެށުމަކީ އެކަމާއިމެދު ސަމާލު ވާން ޖެހޭނެ ކަމެކެވެ. އެހެން ނޫންނަމަ އަނެއްކާވެސް ކުރިން ކުރަން ޖެހުނު ތަޖުރިބާ ތަކުރާރު ކުރަން ޖެހިދާނެއެވެ. މީގެ ކުރިން ވެސް ފިޔަވަޅުތަކަށް ލުއިތައް ދިނުމުން ހާލަތު ގޯސް ވާން ފަށާފައި ވަނީ ފިޔަވަޅުތަކަށް ލުއިތައް ދޭތާ ދެހަފްތާ ފަހުންނެވެ.

ބުދަ ދުވަހު ރާއްޖެ އިން އިތުރު 144 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. ބުދަ ދުވަހު މާލެ އިން 36 މީހުން ފައްސިވިއެވެ. ބުދަ ދުވަހު އަތޮޅުުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވީ 72 މީހުންނެވެ. އޭގެ އިތުރުން ރިސޯޓްތަކުން ވެސް މިއަދު 36 މީހުން ފައްސިވިއެވެ. ބުދަ ދުވަހަކީ މިމަހު މާލެ އިން ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވިއެވެ.

މިމަހުގެ ފުރަތަމަ ހަފްތާ ނިމުނުއިރު ރާއްޖެ އިން ދުވާލަކު އެވްރެޖްކޮށް ކޮވިޑަށް ފައްސިވީ 97 މީހުންނެވެ. މިމަހުގެ ދެވަނަ ހަފްތާ އާއި ތިން ވަނަ ހަފްތާގައި ދުވާލަކު އެވްރެޖްކޮށް 132 މީހުން ފައްސިވެފައި ވެއެވެ. ނަމަވެސް މިމަހުން ފާއިތުވި 21 ދުވަހަށް ބަލާނަމަ އެވްރެޖްކޮށް ދުވާލަކު ފައްސިވެފައި ވަނީ 121 މީހުންނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަސްދޫ ސޮރު

    މާލެ ކީއްކުރަން މުޅި ރާއްޖެވެސް

    2
    1
    • ސަމީރު

      ގެސްޓް ހައުސްތަ ހުޅުވަބަލަ . އަަހަރުން މިއޮއްވިދެނީ

  2. ......

    ހަމަ އެންމެ ގޮތެއް އޮތީ...އެންމެން ވެކްސިން ޖަހަންވީ...އެހާރުން މަރެއްވެސް ނުވާނެޔޯ...ރޯ ފަރަންޖީން ބުނިއްތޯ ނަޖިސް ވަޅަށް ފައިބާ ތިބޭށޭ ބަލިތަކުން ރައްކާތެރިވާނެޔޭ ވަގުތުން ގޮސް އެންމެން ތިބޭނީ ނަޖިސްވަޅުގައި....މީ މިއަދު އަހަރެމެންގެ ހާލަތު....މުންކަރާތްތަކާ އެކު ބަލިމަޑުކަމުން ސަލާމަތްވާނެ ގޮތެއް ނޯންނާނެ....ވެކްސިން ގެ 10 ޑޯޒް ހަމަ ކުރިޔަސް

  3. އަޙްމަދް

    މާކުރިންވެސް އެނގޭ މާލެއަށް ދޫދީފަ ރައްފުށަައް ބާރުބޮޑުކޮއްލީކަން
    ދެންރައްފުށަށް ލުވިދީފަ މާލެ ހިފާނެ…
    ކޮވިޑުނަވާރައޭ މިކިޔާ މުޑުދާރު ގޭމަކީ ގައުމުތަކުން ރައްޔިތުން ނަފްސާނީގޮތުން ބަލިކޮއްލާ އެބައިމީހުން ކޮންޓްރޯލުކޮށް ގެންގުޅެން ފަސޭހައަކަށްޓަކާ ކުޅޭ ސިޔާސީ މުޑުދާރު ގޭމެކެވެ.