މާލޭގެ ހުކުރު މިސްކިތަށް ދިޔަ ފަތުރުވެރިއަކު މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ ކަމެއް ކުރި ކަމަށް ނުބެލެވޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މީގެ ދެ ދުވަހެއް ކުރިން ހުކުރު މިސްކިތަށް އެރި އަންހެން ފަތުރުވެރިޔަކު މިސްކިތުގެ ތެރޭގައި އިށީނދެލައިގެން ބުދު ދީނުގެ މީހުން އަޅުކަން ކުރާ ގޮތަށް ގޮތަށް ހަރަކާތްތަކެއް ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވިއެވެ. އެ ވީޑިއޯއިން ފެންނަން ގޮތުން ކުރި މަތީގައި އެއްޗެއް ބާއްވައިގެން އެހެން ދީނެއްގެ އަޅުކަމެއް އެމީހާ ކުރި ކަމަށް ބެލެވެއެވެ.
ޑރ. ޒާހިރު "ވަގުތު" އަށް ވިދާޅުވީ، އެ ވަގުތު އެތަނުގައި ތިބި މީހުންނާ ވަހާކަ ދައްކައި އެކަން ހިނގައި ދިޔަގޮތް އޮޅުން ފިލުވާފައިވާ ކަމަށެވެ.
ޒާހިރު ވިދާޅުވީ، އެ މީހާ މިސްކިތަށް އެރީ "ޓުއާ ގައިޑް" އަކާއެކު ކަމަށެވެ. މިސްކިތުން ހަތިމެއް ބަލައިލަން އުޅުމުން، ގައިޑް ސުވާލުކުރުމުން އެ މީހާއަކީ މުސްލިމެއް ނޫން ކަމަށް ބުނެ ހަތިމްތައް ބެހެއްޓި ކަމަށް ޒާހިރު ވިދާޅުވިއެވެ.
އަދި ވީޑިއޯގައި ފެންނަ މަންޒަރަކީ ހަތިމު ބޭއްވުމަށް ފަހު އޭނާ އިށީނދެލައިގެން އިން މަންޒަރުކަމަށް ވިދާޅުވިއެވެ.
"ގާތްގަނޑަކަށް އަށް މިނިޓަށް އޭނާ އިށީނީ" ޒާހިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް އެމީހާ އަމަލުކޮށްފައިވާ ކަމަށް ނުބެލޭ ކަމަށެވެ.
"އެ ނިޔަތުގައި އޭނާ އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވޭ" ޒާހިރު ވިދާޅުވިއެވެ.
އެއީ ކޮންގައުމެއްގެ މީހެއްކަން ނޭނގޭ ކަމަށާއި ބޮޑަށް ވައްތަރީ ޖަޕާނު ނުވަތަ ޗައިނާ މީހަކާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީހަކު ތާކު މަޑުމަޑުން އިނުމަކީވެސް ގޯހަކަށް މި ހަރުކަށި ފިކުރު މީހުން ބުނޭ! ވަޓް ދަ ނޮން ސެންސް!
ލާދީނީ މީހުނައް ނޭގޭނެ މިސްކިތް ތަކަކީ ހުރުމަތް ތެރިވެގެންވާ މާތް ތަނެއްކަން
ދީން ރަގަޅަށް ނޭންގޭ ރޯނުފިލާ މީހުންނޭ ކިޔާބަލަ. ކަމެއްވާއިރަށް ހަރުކަށި މަޑުކަށްޓޭ ކިޔަސް ތެދަކަށް ނުވާނެ.
މީހަކު ތާކު ނޫން މަޑަކުން ހުރީ. އޭނަ ގޭގަތަ ހުރީ މަޑުން؟ ގޭގަ އެގޮތަށް ހުރިނަމަ މީހަކު އެއްޗެކޭ ނުބުނާނެ. ކަލޭ މަޑުކަށި ވެގެންގޮސް ތިހިރީ ހައްދު ފަހަނަޅާފަ.
ތީޔޭ ތިޔަބައިމީހުންގެ މައްސަލައަކީ. މިއުޅެނީ ހަމަ މީހަކު ތާކު އިށީނދެލައިގެން އިނުން ގޯސްވެގެން ކަމަށް ހަދަން ކިތަންމެ މަސައްކަތެއްކުރިޔަކަށް ހަގީގަތް އޮޅުވައެއް ނުލެވޭނެ. މިސްކިތްމިސްކިތަކީ އާދައިގެ ތަނެއްނޫން، މިސްކިތަށް އެރުމަށް ވަކި ހަމަތަކަކާއި އުސޫލުތަކެއް އޮވޭ. އެވަރު ނުދަންނަ "ދިވެހިން" މި ފަސްގަނޑުގައި ގިނަވާން ފެށީމާ ދެންވާނެ ހަތަރެތިވާތަން މިފެންނަނީ. މީކީ ބަޔަކު މީހުންގެ ފިކުރު ހަރުކަށިވެގެންވާ ކަމެއްނޫން.
އާދަންބެ ކޮށިން ހަތަރު ބަކަށި ގޮވައިގެން ގޮސް މަނިކުފާނުގެ ގޭ ސިޓިންރޫމްގައި އަޅުގަނޑު މަޑުމަޑުން އިދެފާނަނަ! ޙުރުމަތެއް ނުކަނޑާނަން! އޯކޭތަ؟
ކޮންމެ ގޮތަކުން ވެސް ވަޒީ ރު ކަން
ޖަހާލަތު ޕާޓީގަ އުޅޭ ހުރިހާ އެއްޗިސްސަކީ މުނާފިގުން
ހުރުމަތްކެޑެކަމަށް މިޖާހިލުމީހާ ގަބޫލު ކުރާނީ ކިހާވަރެއްގެ ކަމެއްކުރީމައިތޯ! ބަލަ މިހިރާ ޖާހިލު މީހާގަޑަ ކަލެޔަށް ކިހިނެއް އެގޭނީ އެ އަންހެންމީހާ ހައިގައި ވެގެންވެސް މިސިތައް އަރައި އިދެދާނެ! މިކަންވެސް ރަގަޅޭ ބުނުއްވާ! ވަޒީފާގެ ދަހިވެތި ކަމުގައި!
އެމީހާ މިސްކިތުގައި މާތް ﷲ އަށް ޝިރުކުގެ ޢަމަލެެއް ނުކުރޭބާ؟
ހަތިމު ބޭއްވުމަށް ފަހު 8 މިނިޓު ވަންދެން އިށީންދެ އިނީ ކީއްވެބާ. ގައިމުވެސް އިނީ ޔޯގާ ޕޯސް އެއްގަ. މިނިސްޓަރުގެ ވާހަކަ ވަރަށް ހަމަނުޖެހޭ. ތަންކޮޅެއް ސާފުކޮށް އަދި ގަބޫލު ކުރެވޭ ވަރުގެ ޖަވާބެއް ދެއްވިނަމަ.
މިސްކިތަށްއަރާ ބުދުދީނުގެ އަޅުކަމެއްްކޮސްލިޔަސް އަދިި ހުރުމަތް ކެނޑުނުކަމަކަށް ނުވޭ. ޒާހިރު މާޤާމުގަ ހިފައްޓައްޗޭ ބާރަށް. ދާނިން ވުޟޫކުރަން އެނގިގެން ވެރިކަމަށް ހޮވިމީހަގެ ފެންވަރު މިހާރު އެނގޭނެ ޒާހިރަށް
ކިބޮޑުވެއްޖެ މުޞީބާތެއް މިކަހަލަ ސިޔާސީ ވަޒީރުންނާހެދި ބަލަގަ އަހަރެމެން މިސްކިތައް އަރާ ކޮންމެފަހަރަކު ހިނާޠޯހިރުވެ ވުޟޫކޮށްގެން އަރަނީ ގައިމު ކޮންމެސްކަމެއްވެގެން ނޫންތަ އެއަންހެނާ މިސްކިތައްއަރާ އިނީ ހިނާޠޯހިރު ވެގެން ގުނޫތު ކިޔަންތަ އަހަރެމެން އެމީހުންގެ ފައްޅިތަކަށް ވަދެހަދަނީކީނޫން ދެން ކާފިރަކަށްވެހުރެ މިސްކިތައް އަރަން ޚިޔާލުކުރުމީވެސް ބަލަގަ ހޭބައްޔާ ހަމަހުރުމަތް ކެނޑުމޭ ދެން މިކަމުގަ މަޖިލީހަށް ވައްދައިގެން އެއަންހެނާ ސާފްޠޯހިރު ބޯކިރު ތިއްކަކަށްވެސް އަދިހަދާނެ އެކަމު އިނގޭ ޤިޔާމަތް ދުވަހެއްވެސް އެބައޮތް ކުރިޔަށް ހަނދާންކުރާތި އިންސާނާ
No commentސ 🤐🤐🤐
މިސްކިތައް އޭގެމީހަކު ބޮދުކަމުދިއަޔަސް ކަލަެ ބުނާނީ ތިހެން
ވީޑިއޯ އިން ފެނި ކަށަވަރުވޭ އެމީހާ އިނީ ޔޯގާގެ ޕޯސް އެއްގައި ކަން، ދެން ކޮންހާ ވާހަކައެއް ދައްކާކަށް. މި ފެންނަނީ ލިބަރަލް ފިކުރު މި މީހުންގެ ބޮލުގައި ހުރި ކަމުގެ ސާފު ހެކި ނޫންތޯ. ކީކޭ ދެން ބުނާނީ. މިވަރުން ދަމުން މިސްކިތްތައް އެއްދުވަހު ބުދިސްޓުންނަށް. އަނެއް ދުވަހު ކްރިސްޓިއަނުންނަށް ވާގޮތަށްް ބަހާ ނުލާފިއްޔާ ރަނގަޅު.
އަށް މިނެޓުތޯ އެއް މިނެޓުތޯ.. އަޅުގަނޑަށް ހީވަނީ އެމީހާ އެ ބުނާހާ ގިނައިރަކު ނުއިންނަހެން.
ދެން ކިހާވަރެއް ވީމާތޯ ހުރުމަތް ކެނޑި ކަމަށް ވަނީ.
ޣައިރު މުސްލިމެއް
ހިނާޠޯހިރުވީބާ؟
އަދި އިނީ އެމީހުން ގެ އަޅުކަމުގައި އޮންނަގޮތަށް.
ދިވެހި އަންހެނުންވެސް އަރާތަނެއް ނޫންއެމިސްކިތަކީ
ކީއްވެބާ އެމީހާއަށް އެރުނީ
އިސްލާމީ މިނިސްޓްރަކަށް ކުފޫހަމަނުވޭ ތިޔަ ދޭ ޖަވާބުން
އިސްތިއުފާ