އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން އިމާމުވެ ނަމާދުކުރުމަކީ ދީނީ ގޮތުން މައްސަލައެއް އޮތް ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ކުޑަކުދިން އިމާމުވެ ނަމާދުކުރުވާ މައްސަލަތަކެއް ފެންމަތިވެ އެކަން އެހެން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތްތަކަށް އިލްތިމާސްކޮށްފައެވެ.

އެވާހަކަތަކާއި ގުޅިގެން އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗަންސެލަރު ޝަހީމް ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، ނަމާދުތަކުގެ ހުކުމްތައް ދަންނަ، ޝަރުއީ ގޮތުން ބާލިޢުވެފައިވާ އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންނަށް ނަމާދު ކުރުމަކީ ދީނުގައި މައްސަލައެއް ނޫން ކަމަށެވެ.

ހާއްސަކޮށް ރީތިކޮށް ގުރުއާން ކިޔަވާ ކުދިންނަށް އެ ފުރުސަތު އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ހާއްސަކޮށް ރީތިކޮށް ގުރުއާން ކިޔަވާ ހިތުދަސް ކުދިންނަށް ފުރުސަތު އޮތުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ކަމެއް" ޝަހީމްގެ ޓްވީޓްގައި ލިޔުއްވެވިއެވެ.

މިސްކިތްތަކުގެ ކުރީ ސަފުގައި ކުޑަކުއްޖަކު ހުއްޓަސް އެ ކުދިން ފަހަތަށް ޖައްސައި ބޭރުކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ކުޑަކުއްޖަކުވެސް އެހެން މީހުންނަށްވުރެ ކުރިން ޖަމާއަތުގެ ކުރީ ސަފުގައި އިށީނދެއްޖެނަމަ އެ ކުއްޖަކުވެސް ބޭރު ނުކުރުވޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"ކުޑަަަކުދިން މިސްކިތަށް ލޯބި ޖެއްސުމާއި މިސްކިތުން އެކުދިން ބަލައިގަންނަކަން އެ ކުދިންނަށް އިހުސާސް ވާން ޖެހޭނެ" ޝަހީމް ވިދާޅުވިއެވެ.

މިނިސްޓްރު ޑރ. އަހުމަދު ޒާހިރު އަލީ "ވަގުތު" އަށް ވިދާޅުވި ގޮތުގައި ބެލެނިވެރިންގެ އިޒުނަައާއެކު ތަރަވީސް އިމާމުވެ ކުރުވަން 15 އަހަރުން މަތީގެ ކުދިންނަށް ދީފައިވާނެއެވެ. އެކަމަކު އެއީ ވެސް މަދު ހާލަތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ކޮބާ ދަލީލު؟

    2
    1
  2. ނުރަބޯ

    މިކަލޭގެ އަށް ރަނގަޅުވާނެ 6 އަހަރުވިޔަސް ނަމާ ދު ކީއްކުރަން ކަޑިބަޑިން ހަނގުރާމަކުރަންވެސް

  3. ާމަޖީދު

    ބާލިޣު ނުވާ ކުޑަކުދިން އިމާމުވެ ނަމާދު ކުުރުން ހަންބަލީ ހަނަފީ މާލިކީ ހުއްދައެއް ނުކުރޭ

  4. ތެމީ

    ޖަމާއަތުގެ ކުރިސަފަށް އަރަންޖެހެނި ތަންދޮރުދަންނަށް ބޮޑެތިމީހުންނެވެ.ކުޑަކުދިން ފުރަތަމަ އަރަންޖެހޭނީ ނެތިއްޔާއެވެ. މިއީ ރަސޫލާ އެކަމަށް އަމުރުކުރައްވާފައިވާގޮތެވެ ކަލޭމެންގެ ތެރެއިން ތަންދޮރުދަންނަށް ބޮޑެތި މީހުން ކުރީސަފަށް އަރާށެވެ ދެން އެއާޖެހުނުމީހުންނެވެ މިއީ ދީނުގައި މިފަދަ ހުރިހާކަމަކަށް އަމުރުކުރައްވާފައިވާގޮތެވެ. ޖަމާއަތުގައި އިމާމުވެ ނަމާދުކުރާމީހާކީވެސް ޖަމާއަތަށް ހާޒިރުވާމީހުން ބަލައިގަންނަށް ރަގަޅު ހަސީލަތެއްގެ ވެރި ބޮޑުމީހަކަށްވާންޖެހޭނެވެ. ގުރުއާންކިޔަވާން އެގުމާއި ލޯބިޖެއްސުމާއި މިކަންކަމަކީ ކޮންމެހެން ކުޑަކުދިން ޖަމާއަތުގައި އިސްވެ ނަމާދުކުރުމަށް ބާރުއަޅާކަމެއްނަމަ ރަސޫލާ އެގޮތަކަށް އަމުރެއް ނުކުރީއްއެވެ. މީހުންނަށް ކަންކަން އޮޅޭގޮތަށް ސަހީމު ތިކަހަލަވާދެއްކުމަކީ ސަހީމުގެ ނިޔަތާއިމެދު ސުވާލުއުފެދޭކަެއް