ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ހަވާލުވެވަޑައިގެންފިނަމަ، ދެވަނަ ދައުރެއްގައި ރައްޔިތުންނަށް އިތުރު ސަޕްރައިޒްތަކެއް ގެނެސްދެއްވާނެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުން ވަކި ކުރުމާއި ގުޅިގެން މަލީހު ވަނީ މިސަރުކާރަށް އެކި ގޮތް ގޮތުން ފާޑުވިދާޅެ، ދާދިފަހުން ޕީޕީއެމްއާއި ގުޅިވަޑައިގެންފައެވެ.

މާލޭ ސިޓީ ކައުންސިލް މެންބަރު ނަރީޝް ކުރެއްވި ޓްވީޓެއް ރީ-ޓްވީޓް ކުރައްވަމުން މަލީހު ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރެއް އަލުން އެކުލަވާލެވި ރައީސް ޔާމީންގެ ދެވަނަ ދައުރު ވެގެން ދާނީ ރައްޔިތުންނަށް އިތުރު ސަޕްރައިޒްތަކެއް ގެނެސްދޭނެ އުއްމީދީ ވެރިކަމަކަށް ކަމަށެވެ. އަދި ޕީޕީއެމް އާއި ގިނަ ބޭފުޅުން ގުޅުމަކީ ޤައުމަށް މިވަގުތު ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަން ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މަލީހުގެ އިތުރުން ގިނަ މެމްބަރުންތަކެއް ވަނީ ޕީޕީއެމާއި އަލުން ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހަންމާ)ގެ އިތުރުން ތުލުސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަލީ ހިމެނިވަޑައިގަންނަވައެވެ.

ޕީޕިއެމް އިން ދަނީ މެންބަރުން އިތުރު ކުރުމަށް ހަރަކާތެއް ކުރިޔަށް ގެންދަމުންނެވެ. މިރޭވެސް އެ ޕާޓީގެ ޚާއްސަ ހަރަކާތެއް އޮންނަ ކަަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޑީނޯ

    ފަނިއެޅިމަލީ ހް މޮޔަގޮވަންފެށީތޯ؟

  2. މަނީމަނީ

    މީގެ ކުރިންވެސް އަސޭލާބުނާބަސް ގަބޫލުރި

  3. ކާފަސ

    ކޮންމެ ޕާޓީއަކަކަށް ބަދަލުވެފަ ތިލަވަ ތިރާގަށް ކިޔާ

  4. އަލްޖިބްރާ

    އަލުން ސަޕްރައިޒް ތަކެއް ގެނެސްދޭކަށް ބޭނުމެއްނެތް ! ޔާމީނު އެހެރީ ވައްކަން ކުރިކަން ސާބިތުވެގެން ހުކުމް ތަންފީޒް ކުރަން ޖަލަށް ލާފަ ! ބޮޑެތި ވަގުން ތަންތަނުގެ ވެރިކަން ކުރަންވެއްޖެނަމަ މުޅިޤައުމުގަ އުޅޭނީ ހުސްވަގުން ! އެގޮތް ވާން އެދޭނެ އެއްވެސް ރައްޔިތަކު މިޤައުމަކު ނެތް ! ކަލެއަށް ތިއުޅެނީ ހުވަފެނެއްގަ ! ހޭލެވުނީމާ ވާގޮތް ފެންނާނެ !

    10
    6
  5. އަދުރޭ

    ކުރިން ކުރި ވަޢްކަމަށް ވުރެ ބޮޑުކޮށްތާ ތިހެންވީމަ ދެން ކުރާނީ..

  6. ނިހާން

    ކޮންމެވެސް މިކަލޭގެ އަށް މިނިސްޓަރުކަން ނުދޭތި އެ އްވެސް ކަމެ އްވާ މީހެ އްނޫން ތީކީ

  7. ވގ13

    އެއީ ވަކަންތޯ

  8. ވގ13

    އެއީ ވައްކަން ކުރުމުގެ ތޯ

  9. އަބުދު

    ޔާމީނާ ޖަމީލާ ކަލެޔާ ހޮވޭކައް ނުޖެހޭ. މާހެޔޮއެދޭ މީހަކައް ހެދިގެން ބޭބެއައް ވެރިކަންލިބޭތޯ؟؟؟؟؟

  10. ރުބޭލް

    އަފިހުންބޮޑާބެ އެދަނީ މިހާރުވެސް ދަ އުރު އަދާކުރަމުން އޭނަ އަށް އެކަށީގެންވާ ތަނުގަ

  11. ހުސޭނުބެ

    އަހަ ރުން ނޫޅެން. ޖަލުގަ އޮވެ ޖަލުމީހުން ސަޕް ރައިޒް ކޮށްބަލަ