މިނިވަން ނޫހުގެ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި، އެފަދައިން ގެއްލުވާލެވި، އަދި މަރާލާފައިވާ ޒުވާނުންގެ މައްސަލަތައް ތަހުޤީޤްކޮށް އެ އާއިލާތަކަށް އިންސާފު ހޯދައިިދިނުމަށް މިނިވަން އިންކުއަރީ ކޮމިޝަނެއް އުފައްދަވާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެންވިދާޅުވީ، ސްކައިޕް މެދުވެރިކޮށް ރިލްވާންގެ މަންމަ އާއި، އާއިލާ މެމްބަރުންނާއި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ރިލްވާންގެ މައްސަލާގައި އާއި، އަދި އެފަދަ ގޮތްގޮތަށް މަރާލެވިފައިވާ ކުދިންގެ އާއިލާތަކަށް އިންސާފު ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާ ކަމަށެވެ.
"އެފަދަ މައްސަލަތައް ބަލައި ތަހުޤީޤްކުރުމަށް މިނިވަން އިންކުއަރީީ ކޮމިޝަނެއް އެކުލަވާލާނަން. އަޅުގަނޑުގެ ސަރުކާރުގައި އެފަދަ އާއިލާތަކަށް ހާއްސަ ސަމާލުކަމެއް ދޭނަން. މަރުގެ ހަޤީޤަތް ހޯދައިގަނެވޭނެ މިނިވަން އިންކުއަރީ ކޮމިޝަނެއް އަޅުގަނޑުގެ ސަރުކާރެއްގައި އުފައްދާނަން. އަދި އިންސާފު ތިޔަބޭފުޅުންނަށް ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެއް" ނަޝީދު ވިދާޅުވިއެވެ.
ރިލްވާން ގެއްލިފައި ވަނީ 8 އޮގަސްޓް 2014 ގައެވެ. ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވާލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާ ގެއްލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އޭގެތެރެއިން ދެމީހެއްގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި މިހާރު ވެސް ކުރިއަށް އެބަދެއެވެ.
ރަީސް ޔާމީންގެމައްޗަށް ތުހުމަތުކުރި 800 މިލިޔަންޑޮލަރު ހޯދުމަށާ ، މައުމޫނުގެ މައްސަލަތައްބެލުމަށް ކަލޭ އުފެއްދި ކޮމިޝަންތައް އުފައްދައި ފަހަރަކު ބަޔެއް ބަދަލުކުރަމުންގޮސް ދައުަލަތުގެ މާލިއްޔާއިން 25 މިލިޔަން ޑޮލަރު ކައްވާލިދުވަސް އަނެއްކާ ތިޔަ ހަނދާންކޮށްދިނީހެއްޔެވެ؟
ތިތާ ހުރެގެން ތިކަންކުރޭ މާފައްކާ ވާނެ. ޥެރިކަންވެސް ލިބޭނެ.
ރިޒްވާނަށް ވީގޮތް އެންމެ ރަނގަޅަށް އެގޭނީ ހަމަ ނަސީދު އަށް . މިނިވަންނޫހާ ހަވާލާދީ އައިރިސްޓައިމްގާލިޔުނު އާޓިކަލެއްގާ ނަސީދު ދައްކާފަ ހުރި ވާހަކަ ތަކަކާ ގުޅުވައިގެން އެކަން ކުއްވެރިކޮށް ނޫސްބަޔާނެއް ނެރުނުތަ ؟ އެނޫސްބަޔާނުގާ ބުނެފާއޮޔް ކޮމާކޯޅީގަ އެހުރީ ނޫސްވެރިޔާގެ އަމިއްލަ ހިޔާލޭ އަލުގަނޑު ދައްކާފަ ހުރިވާހަކަތަކެއްނޫނޭ އޭގެ ދުވަސްކޮޅެއްފަނުން ރިޒްވާން ގެއްލިއްޖެ.
ރިލްވާން އަށްވީގޮތެއްވެސް އެނގޭނީ ހަމަ ތިޔަ ވަގަށް. އެހެންވީމާ ކޮންމެހެން މާ ޑިމޮކްރެޓިކް މީހަކަށް ވާކަށް އުޅޭނެކަމެއްނެތް.
ރ ނަޝީދު ކަލޭ ވެރިކަމަށް އަންނަން ތިއުޅެނީ ކޮމިޝަން އުފައްދަންތަ؟
އަމިއްލަ ނަފްޞް އިޞްލާޙްކޮށް ތަޙްޤީޤް ކުރާނޭ 'ކޮމިޝަން' އެއް އުފެއްދުން ކިހިނެއްވާނެބާ؟
ގޮޅިތަކުގެ ރައީސް!