ސަރުކާރު ކޯލިޝަން ފިޔަވައި އެހެން ބަޔަކާއި އެކު މަސައްކަތް ކުރުމުގެ ވިސްނުން ނެތް ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ދާދީ ފަހުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅުން ފެށި ކެމްޕޭނުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް/ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އިދިކޮޅުގެ ހަރަކާތުގައި، ގާސިމް ވެސް ހިމެނޭ ގޮތަށް ކޯލިޝަަންގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަން ދައުވަތު ދެއްވައިފައެވެ.

އިދިކޮޅު ކޯލިޝަންގެ ދައުވަތާ ގުޅޭ ގޮތުން "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، އިތުރު ބަޔަކާއެކު މަސައްކަތްކުރާ ނަމަ އެކަން ނިންމާނީ ޕާޓީގެ ތެރޭގައި މަޝްވަރާ ކުރެވި ކައުންސިލުން ކަމަށެވެ.

އެހެންވިޔަސް ސަރުކާރު ކޯލިޝަން ފިޔަވައި އިތުރު އެހެން ބަޔަކާއި ގުޅިގެން މަސައްކަތް ކުރަން ވިސްނަން އަދި މާއަވަސް ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ ސަރުކާރު ކޯލިޝަނަކީ މި ވެރިކަމުގެ ފަސް އަހަރުގެ ދައުރަށް އެއްބަސްވެފައިވާ ކޯލިޝަނަކަށް ވުމެވެ.

"2023 ވެސް އަދި އޮތީ ދުރުގައި، އެހެންވެ އަދި ނުވިސްނަން" ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވާ ގޮތުގައި "ހައްގުވާ މިންވަރު ނުލިބުނު ކަމުގައިވިޔަސް" ޖޭޕީ ދެމި އޮންނާނީ ކޯލިޝަންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުުދު ފުއްދަން އެމަނިކުފާނަށް އެހީތެރިވުމުގައެވެ.

ގާސިމް ސިފަ ކުރެއްވި ގޮތުގައި ރައީސް ސޯލިހްގެ ވެރިކަން ރަނގަޅަށް ހިނގަމުން ދަނިކޮށް، އެ ވެރިކަމާ ދެކޮޅަށް ނުކުތުން ވާނީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް ހަލަބޮލިކަމެއްގެ ތެރެއަށް ގެންދިއުމެވެ. އަދި އެއީ ޖޭޕީން ނުކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އަރައިރުންގަނޑު ބޮޑުވެ ރައީސްއަށާއި ސަރުކާރަށް އެތައް ފިއްތުންތަކެއް ކުރިމަތި ކުރުވަމުންދާ ކުރުވުމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ އެއީ އެއްވެސް ގޮތަކަށް ބަލައިގަނެެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރު ހިންގަވަނީ، 2018 ގެ ރިޔާސީ އިންތިޚާބަށް އެކުލަވާލި ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީ ހިމެނޭ ގޮތަށެވެ. އެއީ އެމްޑީޕީއާއި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީއާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްވެ ހުންނަވައިގެން އުފެއްދެވި އެމްއާރުއެމްއާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޢަޒީމާ

  ވާނޭ ހަޔެއްޗެއް ވެ ނިމެންދެން ބަލަންތިބޭ އެހެންވިއްޔާ! ދެންބުނާތި ވިސްނައިލެވުންލެއް މާ ފަސްވިއްޔޭ!؟

  13
 2. ފޭކް

  މީނާއަޅެ މިއައީ ކޮންތާކުން ޑޮކްޓަރީކަންކިޔަވަނގޮސްފަތަ ހަމަޤވްމައްޓަކައިތޯ ،އަދިވެސް

  10
 3. އެލެކްސް

  އެނޫންގޮތެއް ނެތް އަދިވެ ސް ހައްގުމިންވަރޭ ތިގޮވަނީ ކޮބާ ސްޓަރފުން އަތުން ކެޑި މު. ސާރަ އަދިވެ. ސް ހަމައަށް ލާރިކޮޅުނުދޭ ސޯޓްބޭލޭނެ މި. ސަރުކާރަށް ތާއީދު ނުކޮއްދިއްޔާ. މިފަހަރު. ސޭޓްއަށް. ރި. ސޯޓްތަކުން. 50 ވޯޓް ވެ. ސްނުލިބޭނެ ހު. ސްބޭރުމީހުން ތިގެންގުޅެނީ

 4. އަލީ

  މިހާރުވެސް ސަރުކާރުން ބޮޑުމަންފާއެއް ލިބޭތީވެ އަދި މިގޮތުގައި މަޑުކޮށްލާނީދޯ.؟

  15
 5. ހުސޭނުބޭ

  ބައިތުލްމާލުން ލިބިލިބި އޮއްވާ އެއްޗެކޭ ބުނާކަށްނުވާނެ! ބޭނުންވަރަކަށް ލިބޭވިއްޔާ!

  13
  1
 6. ައަބޫ

  މިފަހަރު ގުޅޭ މެޓަރބޯއާ އޭގެޗާޖެއްނުދާނެ ،

 7. މުފައްކިރު.

  އަނބިކަނބަލުންގެ ވަޒީފާ ގައުމާ ދީނަށްވުރެ އިސްވަނީތޯ؟

  15
 8. އަހުމަދު

  އެހެންތާވާނީ ސަރުކާރާ ގުޅިގެން ރައްޔިތުންގެ ހަރުމުދާތަށް ލިބޭނީ.

  11
 9. ޛުލޭޚާ

  އަންހެނުންނަށް އޮތް މިނިސްޓަރުކަން ގެއްލިދާނެތީ. މުވައްޒަފުންގެ ހައްގުތަކަށް އަރައިގަންނަ ނުބައި ނުލަފާ އަންހެނެއް.

  16
 10. ފިރުޢައުނު

  ލާދީނީފިކުރާ ދެކޮޅު ފިކުރަކަށް ދާކަށްވިސްނާނެކަމެއްނެތް އަމުދުން އަމުދުން ތިޖައްބާރު ކަލޭ ރަނގަޅުވާނީ ތިބައިގަނޑުގެ ތެރޭގައި ރާބޯންހުރިއްޔާ ތިމިދިވެހިޤައުމުގެ ގައްދާރުން :

 11. ލައުރާ

  ނޫނޭ ކަލެއާއި ހާމޫން ތިބެއްޖެހޭނީ ގުންޑާއިންގެ ދިފާއުގައި ކަލޭ ހާމޫން އާއި އެކަށީގެންވަނީވެސް ވަރަށް ދަށުދަރަޖައެއްގެ ބަޔަކާ ކަލޭމެން ގައިގަ ތިހިރަ ނަޖިންވަސް ދުވަހަކުވެސް ނުފިލާނެ އެހާވެސް ބޮޑަށް ނަޖިހާތަތްތެޅިގެންތިތިބީ !

 12. ދެބޯގެރި

  މިކަލޭގެ އާއި. މައުމޫން އެވެސް ޕާޓީއަކުން ބަލައި ނުގަތުމަށް ހަރުއަޑުން ގޮވާލަން ފިސާރި ރަނގަޅު ފިލާވަޅެއް އެދެ ޖައްބާރުންނަށް ދޭންވާނެ ފިސާރިރަގަޅަށް ދިވެހި ރައްޔިތުންގެ ހިތުގައި އެދެޖާހިލުންނަށް އޮތް ނަފްރަތު ދައްކާލަންވާނެ!

 13. ޚަބަރުދާރު މީމަގޭރާއްޖެ

  މަގެދީނާ މަޤައުމާ މަގެއަމްނާ ނުކުޅެއްޗޭ ތާރީީީީޚުބަލާއެނގިތިބެ ގައްދާރުނުވައްޗޭ ދޭނޭދިވެހީންޖާން ވާނޭކެރި ޢުރުބާން އީީމާންކަމަތީ އީމާންކަނަމަތީ

 14. ހިބަރު

  ދޮގު ޖާޑި ޓެކްސް ނުދައްކާ ބޮޑު ވަގު ހިޔަޅު!

 15. Anonymous

  ހެހެހެހެހެ. މަށަށް ހަމަ ހެވެނިީ... ފެންކައްކާ ބޮލީގެ އިއްޒަތް ލިބިފަހުރި ހަމައެކަނި ސިޔާސީ ލީޑަރު.. ހެހެހެހެހެ