ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން އެ އެއްބަސްވުން އުވާލިއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފިއެވެ.

މި ދައުވާގެ ޝަރީއަތުގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:30 އަށެވެ. މުއިއްޒު ކްރިމިނަލް ކޯޓަށް ހާޒިރު ވާން ވެސް ވަނީ އަންގަައިފައެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ވަނީ ނޫމަޑިއާއެކު 2011 ގައި ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމާއި 2013 ގައި އެކުލަވާލި އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ލަސްތަކެއް ނުވެ ކުރަމުން ގެންދަނިކޮށް ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިނުވާ ކަމަށް ބުނެ ދޮގު ބަޔާނެއް ދީފައިވާ ކަމަށެވެ.

މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވަނީ ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް މުއިއްޒު ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވަނިކޮށެވެ. އެއީ ޖޫން 25، 2019 ގައެވެ.

ޕީޖީ އޮފީހުން އޭރު ވިދާޅުވީ، ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ޑރ މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަން ފެންނަން އޮތުމުން ދައުވާ ކުރަން ނިންމީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުއިއްޒު ވަނީ ފުލުހަށް ވެސް މީގެ ކުރިން ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް އޭނާ ހާޒިރުކޮށް ސުވާލު ކުރުމުން މާ ތަފްސީލާ ޖަވާބެއް ދެއްވާފައި ނެތުމުން މަޖިލީހަށް ވެސް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ ފުލުހުންނަށް އެ މައްސަލަ ތަހުގީގު ކުރަން ފޮނުވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    ހެޔޮނުވާނެ އިނދިކޮޅު ގަ ތިބި އެންމެން ގެންގޮސް ޖަލައްލާބަލަ. ކީއްކުރަން ކުރާ ތަހުޤީޤް އެއް ؟ ޔާ ﷲ މި ނުބައި ނުލަފާ ވެރިކަމުން ނާއި ، ސަދޫމައް ވުރެ ނުބައި ކޮށް ސަރިއްޔަތް ހިންގަމުންގާ މި ސަރުކާރުގެ ކިބައިން ދިވެހިން ސަލާމަތް ކޮށް ދެއްވާށި އާމީން.

    16
    • ދިވެހި ރައްޔިތުން

      އާމީން ޔާ ރައްބަލް ޢާލަމީން

  2. ޢަބްދުﷲ

    މޭޔަރު މުއިއްޒަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ

    1 ގަޑިއިރު ކުރިން ( އޮގަސްޓް 2, 2021 )

    ބުންވާހަކައެއް ފާފަންތޮށިން ދިޔަފެލުނަސް ކުރައްޖަކުން ދިޔައެއް ނުފެލޭނެ.