އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ގެ ފަރާތުން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

ފައިނޭންޝަލް އޮޑިޓްއަށް އާމާޒުކޮށް ހިންގޭ މި އޮންލައިން ޕްރޮގްރާމްގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 20 މުވައްޒަފުން ބައިވެރިވެއެވެ.

އިންޓަނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ސިސްޓެމް އެންޑް އޮޑިޓް (އައިސީއައިއެސްއޭ) އާއި އިންޓަނެޝަނަލް ޓްރެއިނިންގް ސެންޓަރ އޮފް ދަ ކޮމްޕްޓްރޯލަރ އެންޑް އޯޑިޓަރ ޖެނެރަލް (ސީއޭޖީ) އޮފް އިންޑިއާ އަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގާ އިސް އޭޖެންސީއެވެ.

އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ކޯހުގެ ތާވަލް އާއި ކިޔަވައިދޭ ބައިތައް ނިންމުމުގައި ބައިވެރިންގެ މަސައްކަތުގެ މާހައުލަށް އެކަށޭނަ ގޮތަށް ބައްޓަން ކުރެވިފައިވާ ކަމަށެވެ.

މި ތަމްރީންތައް ތައްޔާރު ކުރެވިފައި ވަނީ ފައިނޭންޝަލް އޮޑިޓްއިން އެސްއޭޕީ/އީއާރްޕީ އެންވިރޮމެންޓްއަށް ހާއްސަ ސަމާލުކަމެއްދީގެން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. މިހާރު ކުރިއަށްދާ ތަމްރީނު ޕްރޮގްރާމް ތަކުގައި ޓުއަރިޒްމް، ޝިޕިން، އޭވިއޭޝަންް އަދި ފައިނޭންޝަލް އިންސްޓިޓިއުޝަަންފަދަ ތަންތަނުގެ ކޭސް ސްޓަޑީ ބޭނުންކުރެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 18-20 އޮފިސަރުން ވަނީ މާޗު މަހުގައި ބޭއްވި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މެނޭޖަރުން، ސީނިއަރ އޮޑިޓަރ ،އޮޑިޓަރ އަދި އެސިސްޓަންޓް އޮޑިޓަރ ލެވެލްގެ މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމްގެ ސަބަބުން އެ އޮފީހުގެ އިންސާނީ ވަސީލަތްތައް ތަރައްގީވެ ކުރިއެރުން ލިބުނެވެ.

މިދިޔަ ދެ އަހަރު ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑަޝިޕްގެ ދަށުން އައިޓެކް މެދުވެރިކޮށް އިންޑިއާގައި ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ އިންސާނީ ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ވަނީ އިތުރުކުރެވިފައެވެ. މި ޕްރޮގްރާމްގެ ބޭނަކީ މީހުން ތަރައްގީ ކުރުމާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެހީތެރިވެދިނުމެވެ. ކޮވިޑް 19 ގެ ހާލަތު ރަނގަޅު ވުމާއެކު ވަރަށް އަވަހަށް އިންޑިއާގައި މި ތަމްރީންތައް ފެށިގެން ދާނެ ކަމަށް ހައި ކޮމިޝަނުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަލަން ތުނޑު

    މި ތަމްރީނުގައި ދަސްކޮށްދޭނީ ޔާމީންކުރިވައްކަން ހޯދަން..

  2. އަމީ

    އެކިނަން ނަނަމުގަ ދައުލަތުގެ އިދާރާތަކަށް ބޭނެނީ އަމިއްލަ ފައިދާ އާއި ޖާސޫސް ކުރުމަށް.