ރައްޔިތުން މަޖިލީހުގެ ދޮރުމަތީ އޮށޯވެ ވަޑައިގެން އިހްތިޖާޖް ކުރުމުގެ ކުރިން އިއްޔަ މެންދުރު މަޖިލީހަށް ވަޑައިގަތުމާއި އެކު، އިދާރީ މުވައްޒަފަކު "ލޮލީ ޖާބިރު" ގެ ނަމުން ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރާއި މުހާތަބު ކުރެއްވި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޑީއާރުޕީގެ ލީޑަރުކަންވެސް އަދާކުރައްވަމުން ގެންދަވާ ޖާބިރު ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. "ވަގުުތު" އާއި ވާހަކަދައްކަވަމުން ޖާބިރު މިއަދު ވިދާޅުވީ އޭނާއަށް "ލޮލީ ޖާބިރު" ގެ ނަމުން މުހާތަބު ކުރީ މަޖިލީހުގެ އިދާރީ މުވައްޒަފެއް ކަމަށެވެ. އަދި މަޖިލީހުގެ މުވައްޒަފަކަށް ރަސްމީ ވަޒީފާ އަދާކުރަމުންދާއިރު އެ އިދާރާތެރޭ އެފަދަ ނަމަކުން އޭނާއަށް މުހާތަބު ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދުވަހަކުވެސް އެ މުވައްޒަފަކަށް މާފު ނުކުރާނެ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހަޅާނެ ކަމަށެވެ.

"މަޖިލީހަށް އިއްޔަ އަޅުގަނޑު ދިއުމުން މަޖިލީހުގެ އިދާރީ މުވައްޒަފަކު އަޅުގަނޑަށް ގޮވާލީ "ލޮލީ ޖާބިރޭ" ކިޔާފައި. އަޅުގަނޑު ދެންނެވިން އަޅުގަނޑާއި ދިމާލަކަށް މަޖިލީހުގެ މުވައްޒަފަކަށް އެހެން ނުކިޔޭނެއޭ. އިއްޒަތްތެރި މެމްބަރޭ ކިޔަން ޖެހޭނީ." ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ވަނަން ކިޔުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް ބައެއް ބޭފުޅުންގެ އަސްލު ނަން ބޭނުންކުރުމަށްވުރެ ބޮޑަށް މީހުންނަށް އެ ބޭފުޅަކު އެނގެނީ ވެސް ވަނަމުން މުހާތަބު ކުރުމުންނެވެ. މިފަދަ ނަންތައް ދެވިފައިވަނީ މާޒީގައި އެބޭފުޅަކު ކޮށް އުޅުނު ކަމެއްގެ ސަބަބުން ނުވަތަ އާއިލާއާއި ގުޅުވައިފައެވެ.

"ލޮލީ ޖާބިރު"ގެ ނަމުން މުހާތަބު ކުރެވުނު ނަމަވެސް އޭނާ ދުވަހަކު ވެސް ލޮލީ ހަދައިގެން ނުވިއްކާ ކަމަށްވެއެވެ. އެހެންނަމަވެސް މާލެއަށް ކިޔަންވަން އައިސް ހުރި ހުރުމުގައި އެހެން މީހުން ލޮލީ ހެދުމުން އެތަކެތި ވިއްކުމަށް "ޑެލިވަރީ ބޯއީ" އެއްގެ މަސައްކަތް ކުރި ކަމަށް ޖާބިރު ކިޔައިދިނެވެ.

ޖާބިރު ވިދާޅުވަނީ އޭނާ އަށް "ލޮލީ ޖާބިރު"ގެ ނަމުން މުހާތަބު ކުރަނީ ދެރަކޮށްލުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޟނ

    އަނެއްކާ މަގޭ ފްރެންޑް މަމޫތަ

    13
    1
  2. ޤަނ

    ޖާބިރު އަށް މިަޤުތުތު ބޭނުންވަނީ އެހީތެރިކަން... ކޮންމެ ކަމެއް މަޖަލަކަށް ހަދައިގެން މަލާމާތް ކުރުން ރަނގަޅެއްނޫން.. އިންސާނިއްޔަތުކަން ބަހައްޓަވާ...

    31
    6
  3. Anonymous

    ޖާބި ރުއަށް މަލާމާތްނުކޮށް އޭނަޔަށް އެހީތެ ރިކަން ފޯ ރުކޮށްދީ.

    22
    5
    • އައްމަޑޭ

      ބަލަ ޖާބިރުއަށް އަހަރެމެންތަ އެހީތެރިކަން ފޯރުކޮށްދޭންވީ އަދިވެސް.؟ ޖާބިރުއަކީ މަހުޖަނެއް. ޖާބިރުގެ އާއިލާ އެބައޮތް. ދެން ފަރުވާ ކުރެވެން އޮތްތަނަކަށް ހަމަ ދާންވީނު. ޖާބިރުއަށް އެހީތެރިވާން ކިބިގަސްދޮށުގެ ހޯދައެއް ނުދެވޭނެ. ކޯޓުން ހިފަހައްޓާފަ އޮތް ޕާސްޕޯޓް ދޫކޮށެއް ނުލެވޭނެ. މައުމޫނަށް ދިންކަމަށް ބުނާ 29 މިލިއަން އަނބުރާ ހޯދައެއް ނުދެވޭނެ. ކޮވިޑާ ގުޅިގެން ޖާބިރުގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލެއް ނުދެވޭނެ. އެހީތެރިވާން ދެން ކޮންކަމެއް ކުރަންވީ؟ ޖާބިރު ގެންގޮސް ގުރާދޫއަށް ލާންވީތަ؟

      13
  4. ޒީރޯ ޓޮލަރަންސް

    ޖާބިރު ދެރަނުވޭ. މީހަކު ކޮށްފާނެ މަލާމަތަކަށް، ނުވަތަ ބުނިއެއްޗަކަށް ލަދުގަނެ ދެރަވާކަށެއް ނުޖެހޭ. އެއްވެސް މީހަކު އުޅެނީކީ އެމީހަކު އަމިއްލަބާރަކުނޫން. ތިޔައެއްޗެއް ބުނިމީހަކު ހެއްދެވި ފަރާތުން، ތިބާވެސް ހެއްދެވީ. ތިބާއަށް މިއަދު ވަނީ ﷲ ތަޢާލާ ކުރިއެރުންތަކެއް ދެއްވާފަ. އެއްވެސް މީހަކު އެޅެނީކީ އެމީހަކު އަމިއްލަ ބާރަކު ނޫން. ކޮންމެމީހަކަށް ވެސް ވަގުތެއްލިބިފަވޭ. ނިކަމެތިންގެ ހާލާމެދުވިސްނަވާ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަންތައްތައް ގިނަގިނައިން ކުރޭ. ކަންކަމުގަ ކުރިއެރުން އެއިރުން ލިބޭނެ. ﷲ ތަޢާލާ ދެކެ ލޯބިވޭ. އެއިރުން އެކަލާނގެ ތިބާދެކެ ލޯބިވާނެ. އެއްވެސް ޝައްކެއްނެތް، ތިބާއަށް ހިތްހަމަޖެހުން ލިބޭނެ. ދެދުނިޔޭގެ ކުރިއެރުން ހޯދުމަށް ގަދައަޅާ މަސައްކަތް ކުރޭ.

    36
    2
  5. Anonymous

    ގަދަ އަވީގަ ސަލާންޖަހާ ފަގީރެއްހެން މަޖިލިސް ބޭރު ބިންމަތީގަ އޮށޯވެގެން އޮތަސް ލޮލީ ޖާބިރޭ ނުކިޔާ އިއްޒަތްރެި މެންބަރޭ ކިޔަންވީ؟؟

    33
    5
  6. ދެފުއްމިޔަ

    ތީ ހޮޑާއިގިރީ ޒަޢީމު. ލޮލީއާއި،ޒިލޭބީ އަކީ މީގެކުރިންވެސް މާފު ދޭ އެއްޗެއްނޫން. ބައކު މީހުން އޭނަ ލޮންސިއެއްގެ ކުރީގަ ބެއިންދިއަސް
    އަހަރެންގެ ކުރިމަތީ އޭނާއެކޭ ވެލިޒިނީއެކޭ ތަފާތެއްނެތް.

    33
    2
  7. ގުދުގުދާބެއްޔާ

    ޖާބިރު ކޮލީ ނުހަދާ! އެކަމަކު އެގެއިން ހަދާ ލޮލީތައް ތަރުމޯޒްއަށް އަޅައިގެން ކޮނޑުމަތީ ބަހައްޓައިގެން ލޮލީގަންނާނެއްބާ! އޭ ގޮވަމުން ހިގާ! ކިތަންމެ ދުވަހަކު އެމަންޒަރު ދުށިން!

    27
    2
    • ....

      ކޮބާ އޭގަ މައްސަލައަކީ....

  8. އަލްޖިބްރާ

    ކިތަންމެ ރުޅިއަޔަސް ތިއީ ހަމަ " ލޮލީ " ޖާބިރު !

    4
    2
  9. ވަން ޑޮލަރ

    މީނަ ހާދަހާ ލަދެއް ގަނޭދޯ

    3
    1
  10. އަލް ޢަދުލު

    ލޮލީ އޭ ކުކިޔާތި

    2
    1
  11. ޑީޑު

    ހުސް ދޮގު ތީ

  12. ދީވާނާ

    ޖާބިރު އެ ވިދާޅުވީ ތެދެއް!
    މެންބަރުންނާއި މަޖިލީހުގެ އިދާރައިގެ މުވައްޒަފުން މުޚާތަބު ކުރަންވަނީ ޢިޙްތިރާމައެކު. ލޮލޖަބިރާ ޖަނގިޔނަޒިމޭކޭ ކިޔައިގެނެއް ނޫން.
    ނަމަވެސް ކީއްކުރަނީ މަޖިލާިހުގެ ބޮޑުސޯބުތައް (ނިއުއްޓޭއާއި ޙަނާނ) މުޚާތަބު ކުރަގޮތަށް ދޯ ކުދި ސޯބުތައް ވެސް މުޚާތަބު ކުރާނީ..
    ނއުއްޓޭ ބުނެގެން ޖާބިރު މަޖިލީހަށް ނުވަދެވޭގޮތަށް ފަހުން އޮފީހުގެ ދޮރުތައް ތަޅުލިކަމަށް ސެކިޔުރިޓީ ކުދިން ކިޔާތީ އަޑުއެހިން.
    ކިއްކުރާނީ ވެރިން އުޅުއްވަނީ މާޤަމުފުޅު ގެއްލިދަނެތީ 2 ކޮޅުން ކެވޭތޯ ވިއްޔަ!

  13. ެަހަމްދަރުދީ

    އެމެރިކާ ގެ ކުރީގެ ޚާރިޖީ ވަޒީރު ޖޭމްސް ބޭކާ ދުވަހަކުވެސް ޕާން ފިހާ ޕާނެއް ނުވިއްވާ އެކަމަކު އޭނަގެ ފަހު ނަމަކަށް އެއޮތީ ޕާން ފިހާ މީހާ އަށް ކިޔާނަން. ހޮލީވުޑް ގެ މަޝްހޫރު އެކްޓަރ ބްރެޑް ޕިޓް ޕާނުގެ ވިޔަފާރި ނުކުރޭ އެކަމަކު އޭނަގެ ފުރަތަމަ ނަމަކަށް އެއޮތީ ބްރެޑް ނުވަތަ ޕާނުގެ ނަން. ރޭސް ކާރު ދުއްވާ ހެރަލްޑް ޝޫމޭކާ ދުވަހަކުވެސް ބޫޓް ހަދާ އެ ވިއްކާކަށް ނޫޅޭ. ޢެކަމަކު އޭނަގެ ނަމަކަށް އެއޮތީ ހެރަލްޑް ޝޫމޭކާ ނުވަތަ ހެރަލްޑް ބޫޓު ހަދާ މީހާ ގެ ނަން. މިއާއި ޚިލާފަށް ޖާބިރު މިހާރު މަހުޖަނަކަށް ވިއަސް ކުޑައިރު ލޮލީ ވިއްކަން އުޅުނީމަ ލޮލީ ޖާބިރޭ ކިޔަނީ. އަހަރެން ކުޑައިރު ދެކެން ލޮލީ އާއި ޒިލޭބީ ވިއްކާ ޒަކަރިއްޔާ ކިޔާ މީހެއް. ޢޭނަ އަށް މީހުން އާންމުކޮށް ކިޔާއުޅެނީ ޒިލޭބީ ޒަކަރިއްޔާ. އެއީ އޭނަގެ ލަގަބު. ޒަކަރިއްޔާ އޭ ބުނީމަ މީހުން ނަކަށް ނޭނގޭނެ އެއީ ކޮން ޒަކަރިއްޔާ އެއް ކަމެއް.. އެއީ މަޝްހޫރު ދެ ޒަކަރިއްޔާ އެއް އުޅޭތީ. ޢެއީ ސިފައިންގެ ބްރިގޭޑިއާ ޒަކަރިއްޔާ އާއި ދީނީ އިލްމުވެރިޔާ ޑރ. ނުވަތަ ޝޭޚު ޒަކަރިއްޔާ. އެކަމަކު ޒިލޭބީ ޒަކަރިއްޔާ އޭ ބުނީމަ އެއީ ކޮން ޒަކަރިއްޔާ އެއް ކަން ވަރަށް ފަސޭހައިން އެނގޭނޭ. އެފް.ސީ ދޮހޮއްކޮ ނުވަތަ ފަތައް ސީލާ ދޮހޮއްކޮ ބުނާ ގޮތައް ދިވެހިން މީހުންނަށް މަލާމާތްކޮށް ވަރަށް މޮޅަށް ވަނަން ހަދަން އެނގޭނެ. އޭނަ އަށް އެފް.ސީ ދޮހޮއްކޮ ކިޔުނު ގޮތާއި ބެހޭގޮތުން މަޖައްލާ އަކަށް ދީފައިވާ އިންޓަވިއު އެއް އަހަރެން ދުށިން. އެކަމަކު ޖާބިރައް ލޮލީ ޖާބިރޭ މަޖްލިސް މުއައްޒިފަކު ކިޔުމަކީ ކޮށްގެންވާނެކަމެއްނޫން. ޖާބިރަކީ މިހާރު މަޖްލިސް މެމްބަރެއްގެ އިތުރަށް ބޮޑު މަހުޖަނެއް ވިޔަފާރިވެރިއެއް . އަދި އެހެން ދިވެއްސަކަށް ނުލިބޭ ޝަރަފެއްވެސް ލިބިފައިވާ ބޭފުޅެއް. އެއީ 3 ރައީސެއްގެ އެޑްވައިޒަރުކަން ކުރެއްވި ބޭފުޅެއް. ޑޜ. ވަހީދު، އަންނި އަދި އިބޫ ގެ އެޑްވައިޒާ ކަން.

    4
    1
  14. ހަމާރާނާމް ލޮލީނެހީހޭ

    އަޅުގަނޑަށް ޖާބިރުއެނގެނީ ލޮލީ ޖާބިރޭބުނީމަ ލޮލީ ޖާބިރޭ ކިޔަނީ އެއްގޮތަކަށްވެސް ދެރަކޮށްލާކަށްނޫން ، ވެދާނެ މިއަދު ތިމާ އަމިއްލަޔަށް ތިމާފެނުނީމަ އަމިއްލަ ނަމާދޭތެރޭވެސް ހިތްހަމަނުޖެހެނީކަމަށްވެސް ، ޗެއާރމަން ގެ ލަގަބުން ގޮވާލައިފިއްޔާ ވަރަށް އުފާވާނެ ކަމަށް ހީވަނީ ، މިހާރުވަރަށް ތަނަވަސްކޮށްވިއްޔާ އުޅުއްވަނީ

  15. އަބްފޫ

    ޅޮލީ ތަރުމޯޒް ހި ފައިގެން އަމީނިއްޔާ ކުރިމަތީގަ ހުއްޓާ ކިތަންމެ ދުވަހަކު ޖާބިރު އަތުން ލޮލީ ގަނެވީ ފަ ހުންނާނެ އެއީ ލޮލީ ވިއްކަނީތަ ނުވަތަ ޑެލިވަރ ކުރަނީތަ. އެނަމުން މަސްހޫރުވީ މިހާރު ލަދުގަންނަނީތަ ވިޔަ ފާރި ކުރުމަކީ ހުތުރު ކަމެއްތަ؟

    4
    1
  16. ރީތި މޫސަ

    މާފެއްނުކުރެވޭނެ ޤައުމުގެ ރައީސާއި ދިމާއަށް ވަނީ ހަޑިހުތުރުއެއްޗެހިގޮވާފަ

    2
    1
  17. ރ

    29 މިލަން ރުފިޔާ މައުމޫން ވަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ޖާބިރު އަތުން ނަގާފައި އެފައިސާ މާލެއިން ހަވާލު ކުރީ ފާރިޝް މައުމޫނާ މިކަމަކީ ހިނގި ކަމެއް ފާރިޝް އަކަށް ނުކުރޭނެ ދޮގުކުރާކަށް ފައިސާ ތައް ފެނި އެރޭ ފާރިޝް ސިއްސައިގެން ގޮސް ގޮނޑިން ވެސް ތެދުވި މިކަން ފާރިޝް ނިކަން ދޮގު ކޮށް ބަލަ މިއީ ވަރަށް ވާހަކަ

  18. ކޮތަރު

    ހަމަ "ލޮލީ" ގެ ލަގަބު ދީގެން ކިޔަންވީ. މިކަލޭގެ ހިތަށް އަރާއިރަށް ކޮންމެ މީހަކާ ދިމާލަށް ބޭނުން އެއްޗެއް ކިޔޭ. މީހުންނާ ދިމާލަށް ވަގަށްވެސް ގޮވަނީ. "ލޮލީ ޖާބިރެކޭ އެއްފަދައިން ރައްޔިތުން ވޯޓު ދީގެން ޢިއްޒަތްތެރި މަޤާމް ތަކުގަ ތިއްބެވި ބޭފުޅުންނަށާއި ރައްޔިތުންނަށާއި ޤަވްމަށް އެތަކެއް ޚިދްމަތެއް ކޮށްދެއްވާފަ ތިއްބެވި ބޭފުޅުންގެ އަބުރުފުޅު، މިކަލޭގެ ބޭނުންވާ އިރަށް ވެއްޔާ މޮޑޭއިރު އެއްވެސް ކަމެއްނޫން. އަޑު ފޯރާ ހިސާބުން އަހަރެންނަށް މިކަލޭގެއާ ދިމާވެއްޖެއްޔާ ލޮލީ ވިއްކައިގެން ލިބުނު ލަޤަބުގެ އިތުރުން، ބާޒާރު މަތީގަ ގެސްޓުންގެ ފަހަތުން "ވަން ޑޮލަރ" ގޮވަމުން ދުވުނުއިރު މީހުން (ލޮލީ ޖާބިރަށް) މީނައަށް ދީފަހުރި ރީތި ނަންތަކުންވެސް މުޚާތަބު ކުރާނަން. ތިޔައީ ބޭނުންވާ ކަންކަން ޙާޞިލް ކުރުމަށް މޮޔައަކަށް ހެދިގެން އުޅޭ އެއްވެސް ލަދުހަޔާތެއް ނެތް ނުލަފާ މީހެއް.

  19. ލަބީދު

    ސަން ރައިސް ބަލަން މިފަހަރު ވަނީ މަޖިލިސް އިދާރާ އައް.

  20. ލޮލީ

    ހަމަ ލޮލީ ވިއްކައިގެން ލާރި ހޯދާފަހުރި މީހަކަށް ގޮވަންވީ ލޮލީ ޖާބިރު. ލޮލީ ޖާބިރު ކުރީދުވަހެއްގަ މަދުށިން ރައްޔިތުންގެ މަޖްލިސް ކުރާ ގޭ ދޮރުމަތީ ލޮލީ ބޮއިގެން އޯވަރ ޑޯޒްވެފަ އޮށް ތަން. އެތާ އޮވެގެން އައުގުރާނަ ގޮވި. ނުކެރޭނެ ދޮގެކޭ ބުނަން. ލޮލީވެސް ބޯންޖެހޭނީ އޮވަރ ނުވާވަރަށް.