އދ. މާމިގިލީގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައިފިއެވެ.

މި މާރާމާރީ ހިނގާފައި ވަނީ ދެ ބިދޭސީއެއްގެ ދެމެދުގައެވެ. އެއީ އެއް ތަނެއްގައި މަސައްކަތް ކުރާ ދެ މީހުން ކަމަށް ވެއެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ، މާމިގިލީގައި ދެ ބިދޭސީންގެ ދެމެދުގައި މާރާމާރިއެއް ހިންގި ކަމުގެ މައުލޫމާތު މިއަދު މެންދުރު 2:30 ހާއިރު ލިބުނު ކަމަށެވެ.

އަދި މި މާރާމާރީގައި ދެ މީހުންނަށްވެސް އަނިޔާވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެެވެ. އަދި ދެ މީހުންނަށްވެސް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަަމަށް އޮފިޝަލް ވިދާޅުވެފައިވާއިރު، އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ.

މި މާރާމާރީ ހިންގާފައި ވަނީ ބަންގްލަދޭޝް ދެ ފިރިހެނެއްގެ ދެމެދުގައެވެ.