ޕީއެންސީގެ ނައިބް ރައީސް އަދި ހުޅުމާލެ ކައުންސިލަރ އިބްރާހިމް ޝުޖާއު ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ.

ޝުޖާއު މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކައުންސިލްގެ މެންބަރަކަށް ވުމަށް ކެމްޕޭނަށް އޭނާ ނުކުމެ އުޅުނުއިރު، ރައްޔިތުންގެ ހާލު ބަލާނެ މީހަކަށް އޭނާ ވާނެތޯ ރައްޔިތުން ސުވާލު ކުރި ކަމަށެވެ.

އެއިރު ޖަވާބެއްގެ ގޮތުން “އާދޭހޭ އަޅުގަނޑަކީ އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންގެ ހާލު އަބަދުވެސް ބަލާނެ މީހަކަށް ވާނަމޭ!” ވިދާޅުވެފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވި އެ ވައުދާއި އެއްގޮތަށް އޭނާ މިއަދު ވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުންގެ ހާލު އޭނާ އޮޅުން ފިލުވިއެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރަކަށް ޝުޖާއު ހޮވިވަޑައިގެންނެވި ފަހުން، އޭނާ ގެންދަވަނީ ދާއިރާގެ ރައްޔިތުންނާއި ގުޅުން ހުރި ގިނަ ކަންކަން ހައްލުކޮށްދެވޭތޯ މަސައްކަތް ކުރައްވަމުންނެވެ.

ޝުޖާއު ވިދާޅުވީ، ކުރިން ވެވަޑައިގެންނެވި ވައުދުތައް ފުއްދޭތޯ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

އެގޮތުން މީގެ ކުރިން އޭނާ ވަނީ ހުޅުމާލެ ރައްޔިތުންނަކީ ހިދުމަތުން މަހްރޫމްވެފައިވާ ބަޔަކަށް ނަހަދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. 13ވގ

    ތީ ދެއްކުން ތެރިކަން ހުސް ވަގުން ތެދުވެރިކަމެއް ނެތް

    3
    7
  2. .......

    އަހަރެމެން ގެއަކަށް ނާދޭ ދުވަހަކިވެސް

    5
    2
  3. Anonymous

    ފޮޓޯއިން އެފެންނަ ގޮތަށް ރައްޔަތުންގެ ހާލުބަލާ ނިމޭއިރު ކިހިނެއްބާ ވާނީ؟ ހެހެހެހެހެ.

    3
    2
  4. ވާނުވާ

    ނާދެ މިގެއަކަށް

    4
    2
  5. ޢަބްދުﷲ

    ވައުދުވި ގޮތަށް ޝުޖާއު ހުޅުމާލޭގެ ރައްޔިތުންގެ ގާތަށް!

    2 ގަޑިއިރު ކުރިން ( އޮގަސްޓް 6, 2021 )

    ނަމޫނާއެއް ދޯ ؟

    indaout #indaout #indaout #

    4
    1