ރާއްޖެ އިން މިއަދު އިތުރު 131 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ފައްސިވީ 21 މީހުންނެވެ. ނަމަވެސް މިއަދު އަނެއްކާވެސް އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 92 މީހުން ފައްސިވިއެވެ. އޭގެ އިތުރުން ރިސޯޓްތަކުން 18 މީހުން މިއަދު ފައްސިވިއެވެ.

މިއަދު ރާއްޖެ އިން 5198 މީހުން ކޮވިޑަށް ޓެސްޓް ކުރިއެވެ. މިއަދު ޓެސްޓް ކުރި މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %2.5 މީހުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު 2543 އަށް އަރައެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި 24 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވީ 100 މީހުންނެވެ.

އޮގަސްޓް މަހުގެ ފާއިތުވި ހަދުސް ތެރޭގައި ރާއްޖެ އިން 698 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން 454 މީހުން ފައްސިވީ އަތޮޅު ތެރެއިންނެވެ. މާލެ އިން ފައްސިވެފައި ވަނީ 159 މީހުންނެވެ. ރިސޯޓްތަކުންނާއި އެހެން ތަންތަނުން ފައްސިވި މީހުންގެ އަދަދަކީ 85 އެވެ. އޮގަސްޓް މަހުގެ އެންމެ ދުވަހެއް ފިޔަވައި އެހެން ހުރިހާ ދުވަހަކު ވެސް 100 އަށްވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު