ކުރިޔަށް އޮތް ތަނުގައި ސިޔާސީ މައިދާނުން ފެނި ދާނެ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރ އުގެއިލް މިހެން ވިދާޅުވީ ރ.މީދޫ ޒުވާނުންގެ އުންމީދު ޖަމިއްޔާއިން ކުރިޔަށް ގެންދާ އުންމީދީ ސައްލާގެ 3 ވަނަ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި އޭނާ ބައިވެރިވަޑައިގަތީ ހާއްސަ ޕެނަލިސްޓެއްގެ ގޮތުގައެވެ.

ގައުމު ބިނާކުރުމުގައި އިލްމާއި ހިލްމުގެ މުހިންމުކަމުގެ މައްޗަށް ކުރެވުނު މި ސައްލާގައި އާންމު ފަރާތަކުން ކުރި ސުވާލަކާއި ގުޅިގެން އުގައިލް ވިދާޅުވިީ ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް އޭނާ އަކީ ދިވެހިންނާއި ދުރުގައި ހުންނަ މީހެއް ނޫން ކަމަށެވެ.

އެގޮތުން ދިވެހި ކުދިންނަށް ކިޔަވައި ދިނުމާއި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް އިލްމީ އެހީތެރިކަން އަބަދުވެސް ފޯރު ކޮށްދެއްވާކަން ފާހަގަކުރެއްވިއެވެ. އުގައިލް ވިދާޅުވާ ގޮތުން ގައުމަށް ޚިދުމަތްކުރުމުގައި ކުރިޔަށް އޮތް ތާނުގައި އޭނާ ސިޔާސީ މައިދާނުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

"ގައުމަށް ކުރިއެރުން އެދި ގައުމީ ޚިދުމަތް އަބަދުވެސް ކުރިޔަށް ގެންދަން. އެ ގޮތުން ކުރިޔަށް އޮތް ތާނގައި ސިޔާސީ މައިދާނުން ފެނިދާނެ." އުގައިލް ވިދާޅުވިއެވެ.

އުގެއިލް ވިދާޅުވީ ގައުމު ބިނާކުރުމުގައި ތަޢުލީމީ މީހުންނަށް އިސްކަންދޭން ޖެހޭކަމަށެވެެ. އަދި ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ދެނެގަނެ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އެންމެންނަށް ހަމަހަމަ އިންސާފުވެރި އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރުން މުހިންމު ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން އުގައިލް ފެނުން ވަރަށް ގާތްކަމަށް އޭނާ ވިދާޅުވެފައިވާއިރު 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓެއްގެ ގޮތުގައި އުގައިލް ފެނިދާނެ ކަމުގެ އަޑުތައް މިހާރުވެސް ވަނީ ފެތުރެން ފަށާފައެވެ. އެހެންނަމަވެސް އެކަމަށް އުގައިލް އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އުގައިލް ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނެވެ.

އުގައިލް ފަހަކަށް އައިސް ސިޔާސީ މަސްރަހުގައި ހިނގާ ބައެއް ކަންކަމާއި ގުޅޭ ގޮތުން ހިޔާލު ފާޅުކުރައްވައެވެ. އަދި ކަންކަން ރަނގަޅު ކުރަން ސިޔާސީ ބޭފުޅުންނަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން ވެސް އެކި ފޯރަމްތަކުގައި ވާހަކަ ދައްކަވައެވެ.

އައްޑުއަށް ނިސްބަތް އުގައިލް ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މަރުވާން ބަޝީރު/ހ.ދ ކުޅުދުއްފުށި

    ޕްރޮފެސަރ އުޤެއިލް 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނަމަ އަޅުގަނޑުމެންފަދަ ޒުވާނުން މަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގައި ދަންނަވަން. މުޅި ރާއްޖޭގެ ޒުވާނުންވެސް ތަރައްޤީ ބޭނުންވާ ފަދައިން އުތުރުގެ ޒުވާނުންވެސް ބޭނުންވަނީ ޤައުމަށް ދިމާވެފައި ހުރި މައްސަލަތައް ހަޤީޤީ މާނައިގައި ހައްލުކުރާނެ ތެދުވެރި ވެރިއެއް. އުޤެއިލް ރިޔާސީ އިންތިޚާބުގައި ވާދަކުރާކަމުގެ އަޑުތައް ކުޅުދުއްފުށީގައިވެސް ވަރަށް ބާރަށް އެބަދެކެވޭ.

    41
    11
    • ނައިކް

      ސިޔާސީ ކަންކަމަށް ކުފޫ ހަމަވާ ގޮލައެއް ނޫންތި.. މީހުން ގޮވައިގެން އުޅޭކަށް ނޭނގޭ.. ކުރީކޮޅު ވަރަށް ރަނގަޅަށް އުޅޭނެ ފަހުން ހިތް ގޯސްވެ ޝައްކު އުފައްދާނެ އެހެން މީހުންނަށް ރެސްޕެކްޓުކުރުމުގެ ބައި ވަރަށް ކުޑަ.. ދެން ނުބޮވި އޮތް ބޮނޑި ބޮވި އަމިއްލަޔަަށް ފުނޑުމަށްވުރެއް ޢިލްމީ ކަންކަމާގެން އުޅުން މާ ރަނގަޅުވާނެކަމަށް ފެނޭ.. އެކަމަށް ވަރަށް ބަރާބަރު އެމީހެއްގެ ފިލްޑުން ކުރިޔަަށް ގޮސް ޚިދުމަތްކުރުން އެންމެ ބުއްދިވެރިވާނި

      2
      3
  2. ޢާދަނުބެ

    މިގައުމަށް ވެރިކަމަށްބެނުންވަނީ ތައުލީމީ މީހެތް ވެރިކަމަށް ޕާޓީ މީހަކަށްވީމަ ނުކިޔާވާ ހުއްޓަސް ހަމަ ވެރިކަން ދޭންވީ އެހެން ވާތީ ގައުމު ހަލާކުވެގެން މިދަނީ

    41
    6
    • އަލީ

      އަޑު އެހިން މިވެރިކަން ގެންނަން ވަރަށް ބާރުއެޅި މީހެއްކަމަށް މީ. ތެދެއްތަ މީ؟

      7
      3
      • ނިއަކް

        އެއްވެސް ކަމެއް ނުކުރޭ.. ވޯޓު ދީފަ އޮވެދާނެ.. އެއްވެސް ކެމްޕޭނަކުން ނޫނީ ޕުރޮގްރާމެއްގަ ވެސް މިސަރުކާރު ގެންނަން ވާހަކަވެސް ދެއްކި މީހެއް ނޫން.. ކުޑަ މިނުން ތާޢީދު ކުރާކަންވެސް ހާމަނުކުރޭ.. އަބަދުވެސް ހުންނަނީ އޭރަކު އޮންނަ ސަރުކާރަކާ ދެކޮޅަށްކަން އެނގޭ...

  3. އހ

    ތީ ކަޑަ ގޮލައެއް، މިރާއްޖޭގެ ރައްޔިތުންނަށް އޮލުވާލާ، ރޯމާދުވާލު ބުހުތާން ދޮގު ހަދާފަ، މި ގަމާރު ވެރިކަން ގެނައުމުގައި ( ރައްޔިތުންނަށް 9 ގައްދާރު ވެފައި ހުރި މީހެއް. ކިޔަވާއިގެން ހުއްޓަސް މަ ތާއީދެއް ނުކުރަން.

    1
    2
  4. އަލިތައްހާނު

    އަނެއް ހެން ގޯސް ކަމެއް ނޫން. ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އޮވޭ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ އެންމެ އިސް މަޤާމަށް އައުމަށް މަސައްކަތް ކުރުމުގެ ފުރުސަތާ ހައްޤު. މީނަ ފުރަތަމަ އަހަންނަށް ފެނުނީ އެމެރިކާގެ ޓީވީ ޕްރޮގުރާމެއްގައި "އެޗް.ޖީ.ޓީ.ވީ" ގައި ރާއްޖޭގެ ކޮންމެ ވެސް ރަށެއް ކުއްޔަށް ހިފައިގެން ދޮން މީހެއްގެ ބޯއި އަކަށް ހުރެގެން އެރަށުގައި ކަންކުރާނެ ގޮތް ކިޔަައިދޭން ހުއްޓާ. އެރަށް ވީ ގޮތެއް ނޭންގޭ. މީނަގެ އިތުރު މައުލޫމާތެއް ނެތް. ރަގަޅު އިސްހްލާސްތެރި ތެދުވެރި މީހެއް ނަމަ ރަގަޅުވާނެ.

    1
    1
  5. މިތުރާ

    ބަދަލަކަށް އެދި މަގޭވޯ ޓު ހިތުން ރުހުމުން ދީފިން، އުގައިލުއަށް ،

  6. ޢަގީލަންބާ

    -/500 އަށް ވޯޓެއް.

    3
    6
  7. އިސްމަތު

    މަގޭވޯޓް މަގޭ ބާރުހިނގާ އެންމެންގެވޯޓް އޮންނާނީ ޕީޕީއެމް ޕީއެންސީގެފަރާތުން ދައްކާ ކެނޑިޑޭޓކަށް! އެހެޔޮ ޢުޤައިލްކަމުގަވިޔަސް!

  8. ޖާނޭ

    ވަރަށް އުފާވެރި ޚަބަރެއް ތިޔަ ދެއްވީ. އަބަދުވެސް ބޭނުންވަނީ ތަރައްޤީ، ހަމަޖެހުން، އިސްލާމީ ވަހުދަތު، މިނިވަންކަން. މަރުހަބާ އުޤައިލު

    10
    3
  9. ބޮލުރޮދި

    ވޯޓް ދެވޭނީ އިންޑިޔާ މިލިޓަރީ މިތަނުން ބޭރުކުރާނެ ކަމުގެ ޔަގީންކަން ދޭ މީހަކަށް.

    13
    1
  10. މަސްއޫދު

    އަޅުގަޑުގެ ޚިޔާލަކީ އުގައިލު މުޑުދާރު ސިޔާސަތުގެ ތެރެއަށް ނުވަނުން ! އުގައިލުގެ ހުނަރަކީ ޓެކޮނޮލަޖީ! ދިވެހިންގެ ސިޔާސީވިސްނުން ބަދަލުކޮށްލާނެ ހުނަރެއް ނުހުންނާނެ! ދިވެހިންގެ ގާޑިޔާ ދަމަން އެގޭނީ ދިވެހިރާއްޖޭގައި އުޅޭ ދިވެހިންނަށް!

  11. އަބްދޫ

    އެމީހެއްގެ ކެރިއަރުގާ އެމީހަކު ކުރިޔަށް ދިއުން ރަނގަޅީ. ސިޔާސީ މައިދާން އެހާރަނގަޅެއްނޫން.

    1
    1
  12. ށަލި

    ބޮޑު ކޮން އާޓިސްޓް އެއް

  13. ޢަބްދުﷲ

    ކުރިއަށް އޮތް ތަނުގައި ޔާސީ މައިދާނުންނިދާނެ: އުގައިލް

    7 ގަޑިއިރު ކުރިން ( އޮގަސްޓް 8, 2021 )

    ޕްރޮފެސަރ އުޤެއިލް ޔާސީ މައިދާނުން ފެނުމަކީ ދެކެން ހެއުވާވަރުގެ ކަމެއްނޫން

    އެއީ ޕްރޮފެސަރ އުޤެއިލް އަށް މީހުން ލައުނެއްދީ ޕްރޮފެސަރ އުޤެއިލް ގެ އަގު ވެއްޓޭތަން

    ބަލަން ބޭނުން ނުވާތީ؟