މާލޭ، ބިއްލޫރި ޖެހިގޭ ޕާކިން ޒޯންގައި ޕާކްކޮށްފައި ހުރި ސައިކަލްތަކަކަށް ގެއްލުން ދީފިއެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޕާކިން ޒޯނުގައި ހުރި 12 ސައިކަލަކަށް ގެއްލުން ދީފައިވާ ކަމަށެވެ.

ސައިކަލްތަކުގެ މަޑި ދަށުން ވައްކަން ކުރަން އުޅުނު ކަމުގެ ރިޕޯޓްވެސް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންތައް ފުލުހުން ދަނީ ބަލަމުންނެވެ.

ބިއްލޫރީގޭގެ ޕާކިން ޒޯނަކީ ދާދި ފަހުން ޕާކް ކުރެވޭ ގޮތަށް ހަމަޖެހުނު ތަނަކެވެ. މޭ ހައެއްގެ ހަމަލާއަށް ފަހު ނީލޯފަރު ހިނގުމުގައި ޕާކް ކުރުން މަނާކޮށް އެ ތަނުގައި ހުރި އުޅަނދުތައްވެސް ޕާކް ކުރަނީ މި ޒޯނުގައެވެ.