އައްޑޫސިޓީ މަރަދޫ ފޭދޫ ތާރު މަގުތައް ނުނިންމިގެން އުޅެނީ މޫސުން ގޯސްވެ، މަގުތަކަށް ވާރޭ ވެހި ނުހިއްކި ހުރުމުން ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ ފޭސްބުކުގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ ވެސް އައްޑޫގެ މަގުތަކުގެ މަސައްކަތް ކުރެވޭތޯ ބަލާފައިވާ ކަމަށެވެ. ނަމަވެސް ވާރޭ ވެހުމުގެ ސަބަބުން އިއްޔެ ވެސް ޕްރައިމް ކޯޓު ސްޕްރޭ ކުރެވޭ ވަރު ނުވެފައިވާ ކަމަށް ކޮންޓްރެކްޓަރުން މިނިސްޓްރީއަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ކައުންސިލުން ވަނީ އެކަން މިނިސްޓްރީއަށް ކަށަވަރު ކޮށްދީފަ. މިނިސްޓްރީން ވަނީ ސްކޫލް ހުޅުވެންވާއިރަށް މި މަގު ނިންމުމަށް ވަރަށް ބޮޑަށް ކޮންޓްރެކްޓަރަށް ބާރު އަޅާފައި"

ރޮޒެއިނާ ވިދާޅުވީ، ތާރު މަގުތަކާއި އެއްގޮތަށް ވެލި މަގުތަކުގެ މަސައްކަތް ވެސް ނުކުރެވިގެން އުޅެނީ ވާރޭގެ ސަބަބުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

"މިކަމުގެ މައުލޫމާތު ހޯދާ ރައްޔިތުންނަށް ދެއްވަން ޖެހޭ ފަރާތުން މި މައުލޫމާޔު ރަނގަޅަށް ނުހޯއްދަވާ އެކި ފަރާތްތަކުގެ ބޮލުގަ މިކަން އަޅުއްވަމުން ދާކަމާ މެދު ހިތާމަ ކުރަން. މަގު ހެދުމާ ބެހޭ ޓެކްނިކަލް ކަންކަން އަޅުގަނޑަށް ވެސް ނޭނގޭތީ އެކަމުގެ މައުލޫމާތު ހޯދުމަށްފަހު މި ހިއްސާ ކޮށްލީ"

ރޮޒެއިނާ ވިދާޅުވީ، ކައުންސިލުން ކަމެއް ނުވެގެންނޭ ކައުންސިލަރަކު ވިދާޅުވީމަ ކުޑަކޮށް ހެއްވާ ގޮތެއް ހުންނަ ކަމަށާއި އެއީ ކައުންސިލަކީ އެކީ ހުރިހާ ކައުންސިލަރުންގެ މައްޗަށް އެކުލެވިގެންވާ ތަނެއް ކަމަށްވާތީ ކަމަށެވެ.

އެހެންކަމުން އެތަނުން ނިންމާ ކަންކަން ނިންމާނީ ހުރިހާ ކައުންސިލަރުން ވެސް އެނގިގެން ކަމަށާއި ނޭނގުމަކީ މައްސަލައެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"މަރަދޫ ފޭދޫގެ ކަންކަމުގައި ވާހަކަ ދައްކާ އެކަންކަން ހައްލު ކުރުމަކީ މަރަދޫ މޭދޫ ކައުންސިލަރުގެ ޒިންމާއެއް. އެކަން މޭޔަރު ނުވަތަ އެހެން ކައުންސިލަރެއްގެ ބޮލަށް ޖެހުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް"

އައްޑޫގެ މަގުތަކުގެ ވާހަކަ ހިއްސާ ކުރަމުން ރޮޒެއިނާ ވަނީ މަގުތައް ހަދަން ހަވާލު ކޮށްފައިވާ ކޮންޓްރެކްޓަރު މިނިސްޓްރީ އާއި ހިއްސާކޮށްފައިވާ ފޮޓޯތައް ވެސް އާއްމު ކޮށްފައެވެ. އެ ފޮޓޯތަކުން ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެފައިވާ މަންޒަރު ވެސް ފެނިގެން ދެއެވެ.

އައްޑޫގެ މަގުތައް ނުހެދި ދިގު ދެމިގެން ދާތީ ގިނަ ބަޔަކު ވަނީ ސަރުކާރަށާއި ސިޓީ ކައުންސިލަށް ފާޑު ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ރަން ރީނދޫ

  އެއީ ވަރަށް ބޮޑު ތެދެއް. މި ތިން އަހަރު އައްޑުއަށް ވަރަށް ސުނޯ ފައިބާތީ ކުޑަ ދޮރުން ބޭރަށް ބޯ ވެސް ނުނެރެވޭ.

  34
 2. ައަބޫ

  އެމްޑީޕީ އަދިއިބޫ ހުވާކުރީއްސުރެވެހެނީވާރޭ މިފަސްއަހަރުނިމޭނީތިހާލެއްގަ އެޖެންޑާ19 އޮޅާފަ ޖަޒީރާނެރުނީ އެވެސް ގޮވީއަތައް އިބޫ ބަލިއަރުވާނެ ރައްޔިތުން ވޯޓްއިން މިފަހަރުކުރިމަތިލާފިނަމަ މުޅިގައުމުގެ އާބާދީ ބޮލުގަ ދަރަނި ލޯނުތައް ތަރައްގީކުރީ ރައްޔިތުމީހާ ޖީބުފުރާ ލޯނު ތާހިރުދިރިއުޅުގެ ވައުދު ފުއްދުނީ ވީ100 ދުވަހުގެ ވައުދުތައް މަހާޖައްރާފައްވީ

  18
  1
 3. ކޮވިޑް

  ކުރަން ބޭނުން ނުވަނީ ރޮޒޭނާ މެނަށް އެންގޭ އައްޑޫގަ ތިބެނީ ގަޅިންކަން. ޗިޕް ނެތް ބަޔެއްކަން. އެހެން ވީމަ ކޮވިޑޭ މޫސުމޭ އެމެއްނާރައޭ މަހެއް ނުބޭނުނޭ ކީމަ އައްޑޫ މީހުން އަތް ޖަހަން ތިބޭނެކަން. އެހެންވެ ރޮޒޭނާ މެން އެމްޑީޕީ މީހުން އައްޑުއަށް ތިހެން ތި ހަދަނީ.

  27
  1
 4. ނާދިރާ

  3 އަހަރުވަންދެން މޫސުމް ގޯސް. ދައިތައަށް ސަލާމް

  21
  1
 5. ހުސޭނުބޭ

  މި މަންޖެ ކުރީ ސަރުކާރު މަތިން ހަދާންނެތީކަން ނޭގެ!
  ރޮޒޭ........... އަވަހަށް ބުނޭ އައްޑޫ މަގު ނުހެދެނީ ކުރީ ސަރުކާރުގެ ސަބަބުންނޭ
  އެޔެއްނު ރޮޒޭ ދުލު ކުރިޔަށް އެންމެ ފުރަތަމަ އަންނަ އެއްޗަކީ!

  23
  1
 6. ދޯ

  އައްޑޫގެ މަގުތައް ނުނިންމިގެން އުޅެނީ ކުރީ ސަރުކާރާ - ރޮޒެއިނާ

 7. ހައިޖަންޕު

  ދެރިސޯޓުވެސްނުހުޅުވިގެންމިއުޅެނީ މޫސުން ގޯސްވެގެންދޯ.

 8. ކުޑަކާށި

  ތި ޑޮނާޑް އާދަމްފުޅުގެ ދަރި ނުހަދާނެ ތެދެއް

 9. މޮހާ

  ރޮޒޭ މެން ކޮންމެ ސަކަރާތެއް ޖަހާލިޔަސް އައްޑުކުދިން ސޮނި ވެއްޓޭނެ! ވެރިކަން ގާތްވީމަ ނަށާލާ އެކުގައި ލަވަކިޔާލާ ނައިޓް ހަދާލާ އުޅެލީމާ ވޯޓް ލިބޭނެ! ރޮޒޭ މެން ބުނާނީ ތެދަށް! މިއަދު މިއޮތީ ވިއްސާރަ ކޮށްފަަަަައި! ކަރަންޓް ބިލްވެސް ކުރިން ބުނީ ހޫނު ގަދަ މޫސުމެއްވީމަ ބޮޑުވީއޭ! މިމަހު އޭގެ 3 ގުނަ ބޮޑު! މާ ވިއްސާރަކޮށް ފިނި ގަދަވީމަ އައުޓްޑޯ ގެ ފަންކާ ވަޔާ މާގދަޔަށް އެނބުރޭތީ ބިލްބޮޑުވީ!. އެކަމަކާ ސްޕަމެޖރިޓީ ތިބީ ހަމައިން ނެއްޓި ނިދާފަ! އައްޑޫ ކުދިންނަށް ވެސް މި ދައްކަނީ މިކަހަލަ ޗަރުކެސް 2023 އަށް އެކަމު ކޮލިފައިވާނެ!

 10. މަސްއޫދު

  ރުޒޭނާ އެމްޕީއަށް ކަމަކު ނުދޭ ރަގަޅި ފިލްމުކުޅެން! ނޫނިއްޔާ މާމައަކަށް!

 11. މަލިކާ

  އެއީ ދޮގެއް

 12. Anonymous

  ތީ އިންދައިން ކެނޑިފައިހުރި މަގުތަކެއް.