މާލެ ރައްޔިތުންނަށް ގޯތި ދޭއިރު އޭނާއަށް ގޯތި ނުލިބެންވީ ސަބަބެއް ބުނެދެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފިއެވެ.

މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި، ރޮޒެއިނާގެ ދެކަނބަލުންނަށްވެސް މާލެއިން ގޯތި ލިބިފައިވެއެވެ.

'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު، މިއަދު ގޯތި ލިބޭ މީހުންގެ ގުރުނެގުންވެސް އޮންނާނެއެވެ.

އެ ލިސްޓުން ދައްކާ ގޮތުގައި ރޮޒައިނާ އާދަމް އަދި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް (އެމްޑީޕީ) އަށްވެސް ވަނީ މާލެއިން ގޯތި ލިބިފައެވެ.

ރޮޒެއިނާ އާއި ނާޝިޒްއަށް ގޯތި ލިބިފައިވަނީ ޖުމްލަ ތިން މީހަކު ހިމެނިގެން ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 71.59 މާކްސް ލިބިގެންނެވެ.

މިކަމާއި ގުޅިގެން ރޭ މީހަކުު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުން ރޮޒެއިނާ ވިދާޅުވީ، އޭނާގެ ގޯއްޗެއް ނެތް ކަމަށާއި، ބައްޕަ ގެ އޮތީ 12 ބަޔަށް ބަހަން ޖެހޭ 2000 އަކަފޫޓުގެ ގޯއްޗެއް ކަމަށެވެ.

"އަޅުގަނޑަކީވެސް މާލެ ރައްޔިތެއް، އެކަމަކު މާލެ އިން 100 އަކަފޫޓުވެސް ނުލިބޭ، އެހެންވީމަ މާލެ ރައްޔިތުންނަށް ގޯތި ދޭއިރު އަޅުގަނޑަށް ނުލިބެން ޖެހޭ ސަބަބެއް ބުނެދެއްވާ.".ރޮޒެއިނާ ވިދާޅުވިއެވެ.

އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކޮށްގެން ހުރި ނަމަ ވެސް އޭނާއަށް ވުރެ ގޯތި ހައްގު މީހެއް މި އުޑުދަށުގައި ނުހުންނާނެ ކަމަށެވެ.

ރޮޒެއިނާ އާއި ނާޝިޒަށް ގޯތި ލިބުނުއިރު ދެބޭފުޅުންނަކީ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ، ދެބޭފުޅުންނެވެ. ނާޝިޒްގެ އާއިލާގެ ރިސޯޓްތައް އެބަހުއްޓެވެ. އަދި އެހެނިހެން ވިޔަފާރިތައް ވެސް އާއިލާ އިން ކުރެއެވެ. ރޮޒެއިނާގެ އާއިލާ ވިޔަފާރި ޑޮނާޑް އަކީ ވެސް މަޝްހޫރު ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ކަނޑުކޮސް

    ކަލޭމެން ދެމަފިރިންނަށް ގޯތި ދޭކަށް ނުޖެހޭނެ. ދިރިއުޅެން ފްލެޓްވެސް ދެވިދާނެ. ކަލޭވަރުގެ ފަގީރުން ޖެހޭނީ ގޯތި ގަންނަން. ގޯތި ދެނީ ދިރިއުޅެން. ކޮންމެ ދެފރިއަކަށް ފްލެޓާ ގޯއްޗާ ދޭކަށް ނުޖެހޭނެ. ކަލޭ ޖެހޭތަ ދައުލަތުގެ ޚަރަދުގަ ހައްޖަށް ދާން. އެކަމަށް ޖަވާބު ދީބަލަ. ބަލަ ކަލޭ ހީކުރަނީ ތިގޮތަށް އަވަގުރާނަ ގޮވައިގެން އަބަދު އުޅެވޭނެތަ؟

    10
  2. އައްލާގެ އަފީފް

    ކަލޭގެ ވަންނާނެ އެއްވެސް ގޯއްޗެއް ގެދޮރެއް ނެތީމަ އޯކޭ ދެއްތޯ؟

  3. ނަމަ

    ރޮޒެއިނާ ތީ އިންސާނަކައްވީތީ މުލި ދުނިޔެ ވެސް ނުލިބެންވީ ސަބަބެއް އަޅުގަޑު އަކައް ހަމަ ނުވިސްނުނު

  4. ގުއިދައިތަ

    އާނ އާނ ކަލެއަށް ކޮންމެހެން ވެސް ލިބެން ވާނެ. ލިބެން ޖެހޭނެ. މާލެ ރައްޔިތުން ކީއްކުރަން ކޮންމެ ދިވެހި ރައްޔިތަކަށް އެއްޗެއް ދިނަސް ކަލެއަށް ލިބެން ޖެހޭނެ. ކަލޭމެންނަކީ މިޤައުމުގެ އެންމެ ބޮޑެތި ނިކަމެތިން. ޤައުމު ފެންފޮދަކާ ނުލާ ދިރުވާލައިގެން ހުރެގެން ވެސް އަދިވެސް ސަބަބޭ ސަބަބޭ އެބަ ކިޔައެއްނު. ލަދު ހަޔާތުގެ ކަންފުޅެއް ވެސް ހުރި އަންހެނެއް ނޫނޭ މީކީ. ހޯދާ އެއްޗެއް މިހާރު ހޯދާ ބައް ކުރޭ. ކަލޭމެންގެ ދުވަސް ނިމެނީ

  5. ޖަމަލު

    ދެމަފިރިން ނަށް ލިބެންޖެހޭނީ ކޮން ގާނޫނަކުން ތޯ. އަތޮޅު ތެރޭގައި ދެމަފިރިން ނަށް ނުލިބޭ. އިންސާފު އޮޅާލާ

  6. މަތަރަސް

    ބަލަ މިހިރަ އައުރަނިވާނުކުރާ ނުހައްގުން މުއްސަދިވާ އަދި ނުވިތާކުން އިބޫއައް ބިރުދައްކާގެން ހުޅުމާލޭއިން ބިންތަކާ ގޯތިތަކާ ފިރިމީ ދައްކާގެން ފަޅުތަކާ ލާރި ހޯދަމުންދާއިރު ރައްޔަތުންގެފައިސާތިއީ މިހާރުމުވެރިކަން ނިމެނީ ދެން އަނަވެރިކަމެއްގާ ތިއަ ތަންތަ ގާނޫގެ ތެރެއިން އަތުލެވޭނެ މިރު ރޮޒޭ ތެޅެނީތަ؟؟

  7. ޖާނޭ

    ކަލެއަކީ (އެބުނާ ކަހަލަ) މާލޭ މީހެއް ނޫން. ބައްޕައަކީ އަތޮޅެއްގެ މީހެއް. މަންމަ އަކީ އަތޮޅެއްގެ މީހެއް. އެކިތަންތަނުގައި 5 ގޯތި އެބަ އޮަތް. ހުޅުމާލޭގައި ކްލިނިކް އެޅުމުގެ ނަމުގައި ބޮޑު ކޮއްޓެއް ހިލޭ ލިބިފައި އެބައޮތް. ދެން އެމަދު ގޯތިކޮޅުންވެސް ބައެއް ޖަހައިގަނެގެން ނޫނީ ބަނޑެއް ނުފުރޭތަ؟ ތިޔައީ ފަހެ " މިނިކަ ދައިތަ" ތަ؟

  8. ޕޮގުބާ

    ވަގުންނަކަށް ނުދޭ ގޯއްޗެއް

  9. މިރާއްޖެ

    ނިކަމެތިންނައް ނިކަމެތިކަން ސަރުކާރުން ލުއިގޮތުގަ ގޯތިދެނިވެސް މުއްސަދި މަހުޖަނުންނަށް. ރާއްޖެތެރޭ މީހާއަށް ގޯތިގަނޑެއްދެނީ ރޮއިހޭރި އާދެސްކޮށްގެން އެތައް ރުއްގަހަކަށް ބަދަލުދިނީމަ ަ

  10. އައްލާގެ އަފީފު

    ކަލޭގެ އައްމަޔާ އައްޕަގެ އަތަކެއް ގޯއްޗާއި ގެތައް އައްޑޫގަޔާއި، މާލޭގެ އިތުރުން އެހެންތަންތާ ހުރުން. އަދި ކެލޭގެ ފިރި އެތި އަތުގަވެސް ގޯތި ހުރުން. ކަލެޔަކީ އެތަނުން އެންމެ ގޯއްޗެއްވެސް ލެބެންޖެހޭ މީހެއްނޫން. ކަލޭ ގޯތި ހޯދަން އުޅުމަކީވެސް ލަދުވެތި ކަމެއް ބޮޑޮ ބީތާ..

    4
    0
  11. އަދުހަމު

    3 ގޯތި 5 ގެސްތު ހައުސް 3 ރިސޯޓު 8 ފިހާރަ 7 ކަންނެލި އޮޑި

    17
  12. އައްމި

    މުދާ ގިނަ ކުރެވޭތޯ ބަލާ، ކޮންކަމެއް ނުވެގެން، ކޯއްޗެއް ނެތިގެން ތޯ ތިއުޅުއްވަނީ،

    12
  13. ޙާމަ

    މުޅި ރާއްޖޭގެ ހުރިހާރަށަކުން ތިކަމަނާ ގޯތިތައް ހޯދަފަވާތީ...ޓީޗިން ދާއިރާދޫކޮއް ސިޔާސީ ދާއިރާއަށް ވަތް މަގުސަދަކަކީ ތިއީނުން..އަމިއްލަ ފައިދާއައް..ރ

  14. މުކޮސް

    ބޯހިޔާ ވަހިކަން ހުރީމަ

  15. މަންތިރި

    އަޅުގަޑު އެމްޑީޕީގަހުރެ ގޯތިދޫކޮއްލަން ކެރޭނެތައް އަމިއްލައެދުން އަދި ފައިސާއައް ވިކިފަ

    8
    1
  16. ހުސޭނުބޭ

    ހަޔާތްކުޑަވިޔަސް މީދެން ބޮޑުވަރު! މަންޖެއާއި މަންޖެގެ ފިރިމީހާއަށް ސޯލިބޭ ބަދަލުގެ ގޮތުގައި ދީފައި އޮތް ބިންތައް މަދީތަ؟ އަދި ނުވިތާކަށް ދެމީހުން ފަޤީރުންނަށްވެގެން މި ފަހަހަރު ރައްޔިތުންގެ ހައްޖު ކީޓާއިން ހިލޭ ހައްޖުވެގެން ތި ތިބީ!

  17. ހަގީގަތް

    ތިބޭ ފުޅުންނަށް ލިބިފަ އެހެން މީހުންނަށް ލިބެންޖެހޭނީ.
    އެއީ ތިބޭފުޅުން މާނިކަމެތިވާނެ ފަގީރު ވާނެ އެހެން މީހުންނަށް ވުރެން

  18. މަންތިރި

    އަޅުގަޑު އެމްޑީޕީގަހުރެ ގޯތިދޫކޮއްލަން ކެރޭނެތައް އަމިއްލައެދުން އަދި ފައިސާއައް ވިކިފަ ނިކަމެތިންނަ މޫދުން ގޯތި ތިކަމަނައަށް އެއްގަމުން ތީވެސް ޗޯރެއް

  19. ސަނާ

    އެއްކަލަ އައްޕަން އަނގަ މިއޮށްގެން ނޫސްތަކުގެ ސުރުޚީއަށް އަރުވަނީ!

    11
  20. ސަބަބު

    ގޯތިގެދޮރަކީ ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް ދޭ އެއްޗެއް. އެއީ ބޯހިޔާވަހިކަން ލިބި އިތުރުވެފައިވާ މަހުޖަނުންނަށް ދޭ އެއްޗެއް ނޫން.

    21
    1
  21. މަޗާ

    ގޯތި ގަނެވޭ ވަރަށް ފައިސާ ހުރިމީހުންނަކަށް ނަކަށް ދިނުމަކީ ހަމަ ޖެހޭކަމެއް ނުން. އަދި ރައަޔަތުނގެ ހައަގުގަ މޖުލިސް ތަކުގަ ރައަޔަތުން އެތަ ބުރައެ ނަގައިގެން ހޮވައިފަ ތިބިމިހުން ރައްޔަތުން ނަށްވުރެ ކުރިން ގޯތި ހޯދުމަކީ އެމީހުން ކުރާ ކަމަކާ ދިމާވާކަމެއް ވެސް ނުން. ގޯތި ލިބުމުގެ ހައްގަ ކަށް ވާން ޖެހޭނީ ހަމަ އެކަނި މައިންބަފައިންގެ ކިބައިން ކުޑަ ތަން ކޮޅެއް ނުލިބުމެއްވެސް ނުން އޭގެ އިތުރުން ކެރިކުޅަދާނަަ ނުވުން.

  22. ރަން ރީނދޫ

    އެއީ ކަލެއާއި ކަލޭގެ ފިރިމީހާގެ ނިކަމެތި ކަމާއި އުޅޭ ދަތިކަން ބޮޑުކަމުން ،ޗޯރު އިބްރާހިމް ދޭ ހަދިޔާއެއް.

    10
  23. އިބިލީސް

    އުސޫލު އޮންނަ ގޮތުން ކަލެޔަށް ގޯތި ލިބޭނެ. އެކަމަކު ތިމާ މީހާ ގައިގަ އެއްވެސް ވަރެއްގެ ޑީސެންސީއެއް ހުރިނަމަ ކަލޭ ކުރިމައްޗެއްނުލާނެ. މިކަހަލަ ގޮލައިން ރައްޔިތުން މިތިބެނީ މަޖިލިހަށް ހޮވައިގެން. ލާރިމަތީ އުދުހެނީ އެކަމަކު ގެދޮރުނެތް ނިކަމެތިންނަށް ލިބުން އެންމެ ހައްޤު އެތީގެ ބަޔެއްވެސް ދަމަގަނެވޭތޯ ބަލަނީ

    14
  24. ޝާން

    ކަލެއަށް ދޭންނުޖެހޭ ދަބަބަކީ ކަލޭގެ ބައްޕަ އާއި ފިރިމީހާގެވެސް މާލޭ ގެދޮރުހުރުމާއި އަދި ކަލޭގެ ނަމުގަ އައްޑޫސިޓީ ފޭދޫ ގައާއި ލ.ގަމުގަވެސް ގެދޮރުހުރީމަ. މިހާރު އެނގިއްޖެތަ؟

  25. އިމާ

    އެމުޑީޕީ އައް ޓާކަާ ގުރުބާންވި ނިކަމެތިން ތިއްބާ ޑީއާރުޕީ ގަ ހުރެފަ އެމުޑީޕީއައް އއިްސް އެމުޑީޕީ ތެރޭގަ ފިތުނަ އުފައްދާތީ

  26. ޙެހެހ

    އަމިއްލަ ރައްޔިތަކަށް ނުލިބޭ ކިތަންމެ ހައްޤެއް އެބައޮތް ، އަމިއްލައަށް ބިންގަނެގެން އުޅެވޭނެ ތަނަވަސްކަން އެބަހުރި ، މީ ދިރިއުޅޭނެތަނެއްނެތިގެން އުޅެންޖެހޭ މީހަކަށް ނުވާނެވަރެއް ، އަދި މިޤައުމުގައި ގެދޮރު ބޭނުންނުވާމީހަކު ނެތީކީ ނޫނޭ ، އެކަމކަު މީ ގެދޮރު ހޯދޭނެ ގޮތެއްނެތް ނިކަމެތިންނަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތެއް ، އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލަ ތިމާގެ މުދަލާއި ފައިސާއިން އަމިއްލަ އަށް ގެދޮރެއް ނޫނީނބިމެއް ނުގަނެވޭނެތޯ

  27. އަވަށުމީހުން

    ކަލެއަށް ގޯތި ލިބެންވީ ސަބަބެއް ބުނެބަލަ..

  28. ދާންދޫ

    ކަމަނާފާނަށް ނުދޭންވީ ސަބަބަކީ " ނުދިނަސް ނަގާނެތީ " އިނގޭތޯ ؟ އެހެންނޫންތޯ ؟

  29. ބީތާވެދާނެ

    ކަށްވަޅަށްދާއިރުވެސް ޖެހޭނެ ގޯތިތައް ގެންދަން.. ދުނިޔެއާއި ހެދި މޮޔަވެފައި ހުރި އަންހިނެއްމީ.. ރާއްޖޭގެ ހުރިހާވެރިންގެ ކައިރީގައި އުޅޭކޮޔެއްމީ.. މިފަހަރު ހޮވޭމީހެއް ފަހަތުންވެސް ޖެހޭނެ ދުއްވާގަންނަން.. ލަދުވެސް ގަންނައެއްޗެއްނޫން..

  30. ﷲބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ދުނިޔެބަގުޑިލާންއުޅުނަސް އެކަމެއްނުވާނެ މިދުނިޔޭގަ ތިމާއަށްލިބިފައިވާ މުއްސަދިކަމާ ތަނަވަސްކަންމަތީ ދިރިއުޅެމުންދާއިރު ނިކަމެތިމީހާއަށްވުރެން މިައަދުނިކަމެތިތިވީ މަކަރުވެރިވިޔަސްތީބޮޑުވަރު ރައްޔަތުމީހާއަށް ހުރިހާހަގީގަތްމިއަދުއެގޭ މަރުވެގެންދާއިރު ދާނީއެންމެ ނިކަމެތިހާލުގަ ވސަލާން

  31. ނަގޫރޯޅި

    މައިން ބަފައިގެންގެ ގެދޮރުން ކުންދިން މައްޗައް ބަހާލީމަ 600އަކުފޫޓައްވުރެ ބޮޑުތަނެއްލިބެ. ނުވިތާކައް އަމިއްލަ ބިން ދެމަފިރިންގެވެސްއެބައޮތް. އެހެންވީމަ ޜޮޒޭނާމެނައް ސަރުކާރުން ހިލާތަނެއްދޭންވާނީ ގެދޮރުނެތް އެންމެގެ ކަންކަންނިންމާފަ އޭގެފަހުން.

  32. ޖިހަން

    ސ.ފޭފޫ ގަވެސް ރޮޒޭގެ ގެނެސް ހުރޭ.

  33. ޖިހަން

    ސ.ފޭފޫ ގަވެސް ރޮޒޭގެ ގެވެސް ހުރޭ.

  34. ޙައްގު

    ވަކިވަރަކަށް ވުރެ މުއްސަދިންނަށް އާމުއް ރަޔިތުނަށް ހިންގާ ބޯ ހިޔަވަހި ކަމުގެ ސްކީމް ތަކުގަ ބައިވެރި ނުވެވޭ ގޮތް ހަދަން ޖެހޭ!!

  35. އަލިފް

    2023 ޕީޕީއެމް

  36. ޑޮން

    ރޮޒޭ އަށް ގޯތި އިއްތިފާގަކުން ލިބޭނީ ހުޅުމާލެއިން

  37. ކޮންތާކުން ގޯތި ލިބެނީ

    ވަގުތު ނޫސްވެރިން ބަލާލަދީބަ އޭނާއަށް ގޯތި ލިބޭނީ ސީދާ ކޮންތަނަކުންތޯ؟ ހުޅުމާލޭގެވެސް ހިއްކާފަ އޮތް ތަނުންތޯ