ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ބަންދުކޮށްފައިވާ މަގުތަކާއި ގޯޅިތައް ހުޅުވަން މާލޭ ސިޓީ ކައުންސިލުން މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒި މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މާލޭގެ ބައެއް މަގުތަކާއި ގޯޅިތައް ޢާއްމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފައިވާތީ ދިމާވާ ދަތި އުނދަގޫތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ޝަކުވާތައް ލިބެމުން އަންނާތީ އެ މަގުތަކާއި ގޯޅިތައް ހުޅުވުމަށް އެ ދެ ކުންފުންޏަށް މިއަދުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަަމަށެވެ.

މިވަގުތު ބަންދު ކޮށްފައިވާ ބައެއް މަގުތަކަށް ބަލާއިރު ހިމެނެނީ އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާ ޖެހިގެން އޮންނަ ގޯޅި އާއި އެ އޮފީހާއި ކުޑަކުދިންގެ ބަގީޗާ ފަހަތަށް އޮންނަ ގޯޅިއާ ގުޅިފައިވާ ފެންމީރު ހިނގުން، ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައިވާ ދޮންއަދަރާދަ ހިނގުމުގެ ބައި އަދި އެމްޑަބްލިއުއެސްސީން އާސަހަރާ ކައިިރިން ބަންދުކޮށްފައި އޮންނަ ފަޅުމަތީ މަގުގެ ސަހައްދާއި ނިކަގަސް ހިނގުމުގެ ބަންދުކޮށްފައި ހުރި ބައެވެ.

ބަންދު ކޮށްފައިވާ މަގުތައް ހުޅުވުމަށް ކައުންސިލުން އަންގާފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކައުންސިލުން ވަނީ ހަލާކުވެފައިވާ އުޅަނދުތަކާއި ދުވަސް ވެފައިވާ އުޅަނދުތައް ވެސް މާލޭ މަގުތަކުން ނެގުމުގެ މަސައްކަތް ފަށާފައެވެ. އެހެން ނަމަވެސް މިހާރު އެކަން ވަނީ މަޑު ޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހާސިމް

    ވަރަށް އުފާވެއްޖެ. ސާބަހޭ ސަބާހޭ

    14
  2. ނަސީމާ

    ވަރަށް އުފާވެރި ޚަބަރެއް. އަދި ކިރިޔާ ބަޔަކު އައި ތިޔަ

    14
  3. އާތިކާ

    ވަރަށް އުފާވެރި، ހާދަ ފަސޭހަވާނެއޭ އަހަރެންގެ ސަކުވާ އަޑުއަހާފި، ވަރަށް އުފާވެއްޖެ ދެން އަމިނީ މަގަށް ނުކުންނަންވީމާ ލާވަށާލާފައި ދުއްވަން ނުޖެހެނެ

    14
  4. ޝިލް

    .ނުވާނެ ތިކަމެއް..

    12
  5. ސޫއޫދު

    ޢެގޯޅިތަކުގަ ހުރީ ތެޔޮޓޭންކުތަކާ އިންޖީނުތަކާ ފެންޕުލާންޓް ތަކެއް މިހާރު ކާރީގަހުރި ބިލްޑިންގުތަކައްއެރީމަފެނޭ އެގޯޅިތައް މުއީޒް ވެސް އެގޯޅިތަކުގެ ފޮޓޯއެއް ހިއްސާނުކުރީމަ ސުވާލުއުފެދޭ ޔާގީން ކުރިއަށްއޮއް 10 އަހަރުގަވެސް ތިކަމެއްނުވާނެކަން ވާނަމަ ގޯޅިތަކުގެ ކުރެހުމުގެ ބަދަލުގަ ހިއްސާކުރާނީ ފޮޓޯތަކެއް.

    4
    8
  6. ބުއްޅަބެ

    ވަރަށް ރަނގަޅު ނަމަވެސް ކޮބައިތޯ ޕޮލިހުން ބަނ ދު ކޮއްފައިވާ މަގު އެއީވެސް ހުޅުވަންޖެހޭ މަގެއް ހަމަހަމަ އުސޫލު ގެންގުޅުއްވާ

    9
    2
  7. ޢަލިބެ

    ފުލުހުން ބަންދުކުރި މަގުވެސްހުޅުވަން ޖެހޭ

  8. މޮލީ

    އިސްކަންދަރު ކޮށީގެ ހުޅަގުން އޮންނަ ރިޔާސީ ހިނގުން ވެސް ހުޅުވައިދެއްވާ ބަލަ. ވަރަށް އުދަގޫ ވެ އެމަގު ބަންދު ކޮށްފަ އޮތީމާ.

  9. ތަފާތު

    މަ މިހުރިހާ ދުވަހު ހީކުރީ މާލޭ ކައުންސިލަކީ ކައުންސެލިންގ ދޭ ތަނެއްކަމަށް. މުއިއްޒު އައިމަ މިއެނގުނީ އެއީ މާލެއަށް ހިދުމަތްތަކެއް ފޯރުކޮށްދޭ ތަނެއްކަން. މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިންގ ޒޯނުހެދުމާއި، ގިނަ ދުވަސްވީ ވެހިކަލްނެގުމާއި، އުނދަގޫވާ ހަސްތައް ކޮށުމާއި، މަގުތަކުގެ ދެފަރާތުގައި ޕާރކުނުކުރެވޭގޮތް ހެދުންފަދަ އެތައް ކަމެއް މިހާރު އެބަފެނޭ. ރައީސަކަށް ގެންނަންވީ މުއިއްޒު