ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި މަހުގެ 06 ވަނަ ދުވަހު ދިން ހަމަލާގެ ތަހްގީގު ކުރިއަށްދާ ގޮތާއި އަދި އެހަމަލާ އާއި ގުޅުންހުރި އެހެންކަން ބެލުމަށް އެމްޑީޕީން އުފައްދާފައި އޮންނަ މެއި ހައެއް ކޮމެޓީން، ކޮމެޓީގެ މަސައްކަތްތައް ގައުމީ މަޖިލީހާއި ހިއްސާ ކުރަން މިރޭ ބޭއްވި ޖަލްސާ ކޯރަމް ހަމަނުވެގެން ނިންމާލަން ޖެހިއްޖެއެވެ.

ގައުމީ މަޖިލީހުގެ ޖަލްސާ ކޯރަމް ގެއްލިގެން ހުއްޓާލަން ޖެހުނީ ޖަލްސާގައި މެއި ހައެއް ކޮމެޓީން މައުލޫމާތު ހިއްސާކޮށް އަދި ހާޒިރުވި މެންބަރުން ވާހަކަ ދެއްކެވުމަށް ފަހު ވޯޓަށް އަހަން ބެލިއިރު ކޯރަމް ގެއްލިފައި އޮތުމުންނެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުންތައް ކޮންމެ ހަފްތާއަކު އެއް ފަހަރު އަންނަނީ ބާއްވަމުންނެވެ. އެމްޑީޕީ ގައުމީ މަޖިލީހުގައި 148 މެންބަރުން ތިބެއެވެ. ނަމަވެސް މިރޭގެ ޖަލްސާ ފެށިއިރު ވެސް ޖަލްސާގައި ބައިވެރިވީ 38 މެންބަރުންނެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ ކޯރަމަކީ 37 މެންބަރުންނެވެ.

އޭގެފަހުން ބައްދަލުވުމުގައި ހުށަހެޅުނު ދެ ހުށަހެޅުމަކަށް ވޯޓަށް އެހުމަށް ރިޔާސަތުން ބެލިއިރު ކޯރަމް ވަނީ ގެއްލިފަ އެވެ. ބައްދަލުވުން ނިންމާލިއިރު ބައްދަލުވުމުގައި ތިބީ 34 މެންބަރުންނެވެ.

މިރޭގެ ޖަލްސާގައި ވެސް ގިނައިން ބައިވެރިވީ ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެމްޑީޕީ އަށް ނިސްބަތްވާ ވަޒީރުން ވެސް ހިމެނެއެވެ. ނަމަވެސް އެއްވެސް ވަޒީރަކު ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިއެއް ނުވެއެވެ. މިރޭގެ ގައުމީ މަޖިލިސް ޖަލްސާ ވެސް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލައި ނަޝީދު ގައުމީ މަޖިލީހަށް މިދިޔަ މަހު ހުށަހެޅި ގަރާރަށް ބަހުސް ކުރަން އޮތް ޖަލްސާގައި ވެސް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ބައިވެރިއެއް ނުވެއެވެ. އެރޭގެ ޖަލްސާގައި ބައިވެރިވީ 39 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަބްދުﷲ

    ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ދޭން ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ކޯރަމް ގެއްލިއްޖެ

    7 މިނެޓް ކުރިން ( އޮގަސްޓް 11, 2021 )

    ރާއްޖެއަޑިއަށް ދާއިރު ކޮންކޯރަމެއް އޮންނީ. ؟ މިހާރު އޮންނާނީ ނަފްސީ ނަފްސީ .

    މިކަލޭގެ މިހާރު އެހެރީ ހިކިފަހަށް އަރާ. އަހަރެމެން މިހާރު ތިކޯރަމް ގެވާހަކަ ހުއްޓާލާފަ

    އުރުވާގަނޑެއް ނުވަތަ ކަނދު ފަށްޗެއްލިބޭތޯ ބަސެއްކަތް ކޮށްބަލަ ؟

    India out‬ #India out #India out‬ #India out #India out #

    16
  2. ޑޯނާ

    ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލުނީ، ނަޝީދު ދެން ރަގަޅުވާނީ އާ ވާ ހަކެއް ފެށުން.

    24
  3. އެފެންޑީ

    މުއުތަބަރު ފަރާތަކުން ހަބަރު ލިބިފައިވާ ގޮތުގަ ނަޟީދު އާއި އެކު މިހާރު ތިބީ 33 މެންބަރުން.. 😂😂😂

    21
  4. އަލީ

    އަލީވަހީދަށް ކުރި ހުކުމުގައިވެސް އޮތީ އޮންލައިކޮށް ޖަލައްލާވާހަކަ . އެހެނވީމަ އޯކޭ އެންނު

    18
    1
  5. ޢަލިބެ

    ބަންގާޅު މީހުން ވައްދައިދެން ނަމަވެސް ކޯރަމް ހަމަކޮއްލާ. ނެނެރީގެ ނަޝީދުއަށް އެއްޗެއް ވިސްނޭނެކަމަށް ހީކުރަން

    22
  6. ސސ

    އެމްޑީޕީގެ ޒުވާނުން އެމްޑީޕީގެ މުސްކުޅި ލީޑާޝިޕް ދޫކޮށްލާފަ މުޅިން އާ ޒުވާން ނިއު އެމްޑީޕީއެއް ހޯދަންވީ، މުސްކުޅި އެމްޑީޕީ އަކީ 30 އަހަ ރުގެ ތެ ރޭގައި އުފެދުނު ނަފުޜަތުގެ ބައިގަޑެއް،

  7. ބިންގޯ

    މި ނަސީދު ބޭނުމީ ވެރިކަން އެކަނި. އަފީފޫ ކަލޭ އިންނަ މަޖިލިހެއްގަ ދުވަހަކުވެސް ކޯރަމެއް ހަމައެއްނުވާނެ. އަބަދުވެސް ދުނިޔެދެކެ ރުޅިއައިސްސަހުންނަ މީހެއްތީ. މުއްސަދިމީހެއް ހޯދައިގެން އެމީހެއްގެ ފައި ބުޑުން އުޅެވޭތޯ ބަލާމީހެއް އަފީފަކީ.

  8. ސަފަރު ކައްދަގެ ތިއްތިބެ

    ނުފުއްޕޭނެ ތިޔަހެނެއް! ރައީސް ނަޝީދު މިފަސްގަޑުގައި ފައި ޖެއްސުމާ އެކު ހުރިހާ މެއްސެއް ހަކުރަށް ބުރާނެ. ހަކުރު ދަޅު ދޮވެފަ އަވީގަ ލީމަ މިހާރު ބުރާނެ މެއްސެއް ނެތިގެން ތިއުޅެނީ. ކޮއްކޯ މީ ދިވެހީންނޭ . ޢެވެސް ފަޚުރުވެރި. ހާސްކަނޑާލާ

    1
    1
  9. ފައުންޑާރސް އޮފް ނަފްރަތް

    ނަފްރަތް ބިލް ފާސްކުރަން ތެޅިމަރުވި ފަހުން މިހާރު އޮންނަނީ އަމެއްލަ ޕާޓީތެރޭ ނަފްރަތު އުފައްދާ ޕާޓީއަކަށް ވެފަ. އެލެކްސް، އަފީފް ފަދަ ބޭފުޅުންގެ ކަމަކީ މިހާރު މީހުންގެ ތެރޭ ނަފްރަތު އުފެއްދުން. ކޯރަމް ކީއްކުރަން އެހެންއެއްޗެއް ނުގެއްލުނީޔާ ދެރަ.