ދިވެހި ސިފައިންގެ އެންމެ ބޮޑު އަމާޒަކަށްވާން ޖެހެނީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފައިންނާ މެދު ގެންގުޅުއްވާ ތަަސައްވަރު ހަގީގަތަކަށް ހެއްދެވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސްގެ ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތް ކޮށްދެއްވަމުން މާރިޔާ، ސިފައިންގެ އަރިހުން އެދިވަޑައިގަތީ ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ތަމްރީނު ފުރިހަމަކުރި ސިފައިންނާ މުހާތަބު ކުރައްވައި މާރިޔާ ވަނީ ނަސޭހަތް ދެއްވައި އިލްތިމާސްތަކެއް ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ހަޔާތުގައި ކާމިޔާބު މީހަކަށްވާން ތިމާއާ ހަވާލުކުރާ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން ޖެހޭ ކަމަށާއި، ލިބޭ ފުުރުސަތުތަކަށް އާއެކޭ ބުނަން ޖެހޭނެ ކަމަށެވެ.

ވަކި ކަމެއް ނުވާނެޔޭ ބުނުމުގެ ބަދަލުގައި ކަމެއް ކާމިޔާބުކުރުމަށް ކަނޑައަޅައި، ލަނޑުދަނޑި ހާސިލްކުރުމުގެ ގާބިލްކަން ހުރިކަން އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ޔަގީންކަން ދިރިއުޅުމުގެ މައިދާނުގައި ސިފައިން ނެރެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ތިޔަ ކުދިންގެ އަހުލާގު ވާން ޖެހޭނީ އެންމެ ނަމޫނާ އަހުލާގެއްގައި. ތި ނިކުންނަަނީ ގައުމީ މިނިވަންކަމާއި ސަލާމާތްތެރިކަމުގައި އަބަދަށްމެ ބޭއްވުމުގެ މަތިވެރި ޖިހާދަށް" ސިފައިންގެ ވަޖީބުތައް މާރިޔާ ހަނދާން ކޮށްދެއްވިއެވެ.

އޭނާ ވިދާޅުވީ ހަގީގީ ސިފައިންގެ މީހާ އަބަދުވެސް ހަނދާން ކުރަން ޖެހޭނީ އެމީހާ ހަތިޔާރު ނަގަން ޖެހޭ ސަބަބާ މެދުއެވެ.

"ހަތިޔާރު ނަގަނީ އެ ބިމަކަށް އަލަތު ނޭވާލި އުފަން ފަސްގަނޑާއި އެ ބިމުގެ އުޅޭ މައިންބަފައިންނާ އާއިލާއާ ރަހުމަތްތެރިންނާ އެ މީހުން ފަދައިން މުސްލިމު އަހުންނާއި އުހުތުންގެ ހައްގުގައި" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ސިފައިންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަނީ
ފޮޓޯ: އެމްއެންޑިއެފް

ސިފައިންގެ ކޮންމެ މީހަކަށްވެސް ކުރިއެރުން ހާސިލް ކުރެވޭނީ އޭނާގެ ހިތްވަރާއި ފަންވަރުން ނަތިއްޖާ ނެރެގެން ކަމަށާއި ހުރިހާ ވަގުތެއްގައިވެސް އެކަން ހަނދާނުގައި ބަހައްޓަން މާރިޔާ ނަސޭހަތްތެރިވިއެވެ.

"ސިފައިންގެ އަމާޒަކަށްވާންވީ ދިފާއީ ބާރާމެދު ރައީސް ސޯލިހު ގެންގުޅުއްވާ ދުރު ވިސްނުންފުޅާއި، ވަރުގަދަ ތަސައްވުރު ހަގީގަތަކަށް ހެދުން" މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

ސިފައިންނަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިހުތިރާމު ހާސިލުކޮށްފައިވާ، ގާބިލު، ސިފަވަންތަ އަހުލެއްގެ މަތީގައި ތިބޭ، ޕްރޮފެޝަނަލް އަދި ފައިޓިންގ ފިޓް ފޯސް އެއް ކަމަށް ވިދާޅުވިއެވެ.

ގައުމީ ހިދުމަތުގައި ސާބިތުކަންމަތީ ދެމި ތިބުމަށާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ ބަޔަކަށްވުމާއެކު، އަހުލާގު އެންމެމަތީ ފެންވަރުގައި ދަމަހައްޓައިގެން، ތަފާތު ރޮނގުތަކުން ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ދެމިތިބުމަށް މާރިޔާ، ސިފައިންނަށް ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުރާސިލް

    މާރިޔާއެވެ. ސިފައިންނަކީ ވަކި މީހެއްގެ ތަސައްވަރު ހަޤީޤަތަކަށް ހަދަން މަސައްކަތްކުރަން ޖެހޭ ބައެއް ނޫނެވެ. ސިފައިންނަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރަން ތިބޭ ބައެވެ. ސިފައިންނަކީ ވަކި މީހެއްގެ ސިޔާސީ އެޖެންޑާ ދަމަހައްޓަން ތިބެން ޖެހޭ ބައެއް ނޫނެވެ، . ކިޔޭ ނުކިޔޭ އަމިއްްލައަށް ސާފުވާން ޖެހެއެވެ.

    18
  2. Anonymous

    ތިޔަވާހަކަފުޅުރަނގަޅުތޯ.؟ ސިފައިން ވަކި މީހަކު ބުނާގޮތަކަށް ވަކިމީހަކުގެ އެޖެންޑާ ހާސިލް ކޮށްދޭން ބުނުމަކީ ގޯހެއް؟ އެވެރިމީހާ ބުނެފާނެ އަނދިރިއަނދިރިން ބުނި އިބާރާތް މާދަމާހެދުނު އިރުއަރަންވާއިރު ރާބޮއި ސަލީބަށް ސަލާން ނުކުރާ އެއްވެސް ސިފައިން ގެ ބޭކަލަކު ހުރެގެން ނުވާނެ ކަމަށް. އެގޮތަށް ކަންކުރެވޭނެތޯ؟ ސިފައިން އަމަލުކުރަންވާނީ ވަކިމީހެއްގެ ތަސައްވުރު ރަންފީޒުކުރާކަށްނޫން ސިައިން އަމަލުކުރަންވާނީ ގާނޫނުއަސަސިއާއި ގާނޫނު ތަންފިޒު ކުރުންމައްޗަށް.

    16
  3. ޏަމް

    ސިފައިންތޯ ގައުމުގެ ވެރިކަންކުރަނީ ސޯލިހުކައރީގަބުނޭ ނުވިއެއްނުހޭ ދެންގެޔަށްދާށޭ ހިޔާލީފާލަންއަޅަން....!!!!

    13
  4. މަބޭ

    ރަެީސްގެ ތަސައްވުރެއްނޭންގުނު އިންގުނުހާވެސް އެއްޗަކީ އަިންޑިޔާގެ އަތްދަށުވެނިމިއްޖެކަން

    13
  5. ހަސަނު

    އެއްކަލަ ބާރަށް ކުރިޔައް ގެންދިޔަ ފުލެޓް ނިމުނީތޯ، އަޅުގަނޑުގެ ވެރިކަމެއްގާ އެއް އަހަރުން ނިންމަންބުނި ފްލެޓް ތިން އަހަރުވަނީ. ދެން ކޮބައިތޯ ދުރުވިސްނުމަކީ؟

    14
  6. ތެދު

    ސުބުހާނަﷲް އޭރުންގައުމު އިންޑިޔާގެ އަވަށަކައް ހަދާފަ މިމީހުންފުލާނެ.

    13
  7. ހުސޭނުބޭ

    މާރިޔާ ދައިތާއަށް ހީވަނީ ސިފައިންނަކީ ރައީސް މީހާ ގެންގުޅޭ ބަބުރު އަޅުންތަކެއްކަމަށް!

  8. ސސ

    މިތާގައި އޮންނަން ޖެހޭނީ އުތީމް ބޮޑުތަކުރުފާނުގެ ސިޔާސަތު، ރައީސު އަމީނުގެ ސިޔާސަތު، ދޮންބަންޑާރައިންގެ ސިޔާސަތު ! މިނިވަން ކަމާއި އިސްތިޤުލާލުގެ ސިޔާސަތު ސިޔާދަތު !

  9. ލލ

    ސިފައިންގެ ފުލެޓް ތަށް ނުނިމިގެން އުޅެނީ ކީއްވެތޯ ؟ އެމީހުންވެސް ތޯހިރު ރީތި އުފާވެރި ހަމަޖެހޭ އާއިލީ ދިރިއުޅުމެއް ވެސަ އުޅެންވަނެތާ ؟

  10. ޖާބެ

    ދިވެހިރާއްޖެ އިންޑިޔާއަށް ހިބައިން ދޭން... ވަރައް ސަޅި އަމާޒާކާ ތަސައްވުރެއް ތިޔައީ

  11. މުއާޒު

    މާރިޔާ ތިޔަމަޤާމުގަ ހުންނާނެ ފަހުއަހަރު ތިޔައީ އިބޫވެސް ބަލާފަ މިކަން ނިންމާލާނީ... ގިނަމީހުން ބެރިކޮށްފަ ހަދާނެގޮތެއްހަދާފަ ތިޔަ ވެރިކަންމެއް ދެމިޔެއް ނޯންނާނެ..