ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގއ. ކޮނޑޭ ސްކޫލަށް ޕްރޮޖެކްޓާ ސިސްޓަމަކާއި ލެޕްޓޮޕް ހަދިޔާކޮށްފި އެވެ.

މި ތަކެތި ކޮޮނޑޭ ސްކޫލަށް ހަދިޔާ ކޮށްފައި ވަނީ ބީއެމްއެލްގެ "އަހަރެންގެ ބޭންކް" މަޝްރޫއުގެ ދަށުންނެވެ. މި މަޝްރޫއުގެ ދަށުން އިއްޔެ ކޮނޑޭ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބީއެމްއެލްގެ މުވައްޒަފުން ވަނީ އެތަކެތި ސްކޫލާއި ހަވާލު ކޮށްފައެވެ.

މުޖްތަމައުއަށް ފައިދާ ހުރި ގިނަ ކަންކަން ކުރާ "އަހަރެންގެ ބޭންކް" މަޝްރޫއުގެ ދަށުން މީގެ ކުރިން ވަނީ ކޮންމެ އަތޮޅެއްގައި އިޖުތިމާއި ޒިންމާގެ ހަރަކާތެއް ހިންގާފައެވެ. މީގެ އިތުރުން "ލައިފް ސްޓައިލް ލޯނު" ތައާރަފު ކުރުން، އިންސްޓްގްރާމުގައި ހާއްސަ ޗެލެންޖެއް ފެއްޓުން، މާލީ ދާއިރާއަށް ސްކޫލް ކުދިން ހޭލުންތެރި ކުރުވުން ފަދަ ފައިދާ ކުރަނިވި ހަރަކާތްތަކެއް އެ މަޝްރޫއުުގެ ދަށުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބީއެމްއެލްގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކަށް މިދިޔަ އަހަރު އެކަނި 300 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެ ބޭންކަކީ މި ނޫންވެސް އިތުރު އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދާ ކުންފުންޏެކެވެ.