ގއ. ވިލިނގިލީ ކައުންސިލް އިދާރާއިން ކަރަންޓުގެ ހިދުމަތް ކަނޑާލައިފިއެވެ.

ވިލިނގިލީ ކައުންސިލް އިދާރާގެ ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވާކަން އެ ކައުންސިލްގެ މެމްބަރުންތަކެއް ވަނީ "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވަނީ މިއަދު މެންދުރު 12:00 ގައި ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

އެހެން ނަމަވެސް ވިލިނގިލީ ކައުންސިލް އިދާރާގެ ކަރަންޓުގެ ހިދުމަތް ކަނޑާލި ސީދާ ސަބަބެއް ކައުންސިލުން ހާމަ ކޮށްފައެއް ނުވެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވަނީ ކައުންސިލް އިދާރާ ހިމެނޭހެން ކައުންސިލްގެ ބެލުމުގެ ދަށުގައި ތިބި ބައެއް ތަންތަނުގެ ކަރަންޓު ބިލް ނުދައްކާ ހުރުމުގެ ސަބަބުންނެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި މަގުބައްތި އަދި ކައުންސިލް ގެ ބެލުމުގެ ދަށުގައި ހުންނަ އެހެނިހެން ތަންތަން ހިމެނެއެވެ.

މިކަމާއި ގުޅިގެން ފެނެކާގެ ބަހެއް ވެސް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ވިލިނގިލީ ކައުންސިލް އިދާރާގެ ކަރަންޓުގެ ހިދުމަތް ކަނޑާލާފައިވާއިރު، މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބިލުތައް ނުދައްކައިގެން ކަމަށް ބުނެ ފެނެކާއިން ވަނީ ގދ. ތިނަދޫ ކައުންސިލް އިދާރާގެ ކަރަންޓް ވެސް ވަނީ ކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުﷲ

    ވިލިނގިލި ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލައިފި

    26 ސިކުންތު ކުރިން ( އޮގަސްޓް 25, 2021 )

    މިއޮތީ ލާމަރުކަޒީ ކީއްކުރަން ލާހޫރޭ މަރުކަޒީވެފަ.

    India out‬ #India out #India out‬ #India out #India out #