ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް ރާއްޖޭގައި އުފުލާފައިވާ ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު އިނގިރޭސިވިލާތުން ހައްޔަރު ކޮށްފައި ވަނީ ވިސާ ހަމަވުމުން ކަމަށް އިތުބާރު ކުރެވޭ މަސްދަރަކުން "ވަގުތު" އަށް މައުލޫމާތު ދީފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ފަރާތުން ބުނާ ގޮތުގައި އަލީ ވަހީދަށް ވިސާ ލިބިފައި އޮތް މުއްދަތާއި. އަލީ ވަހީދު ދިރިއުޅެމުން އައި ތަން އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެނގެއެވެ. އެމައުލޫމާތުތައް މިއަދު އިނގިރޭސިވިލާތުގެ ފުލުހުންނަށްދީ، އިނގިރޭސިވިލާތުގެ ފުލުހުން މެދުވެރިކޮށް އަލީ ވަހީދު ހައްޔަރު ކުރުވީ ހައިކޮމިޝަނުން ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ހައިކޮމިޝަން މެދުވެރިވެގެން އަލީ ވަހީދު ހައްޔަރު ކޮށްފައި ވަނީ އޭނާ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް އާއި ރައީސް ސޯލިހާއި އަދި ސަރުކާރުގެ ވެރިންގެ ބައެއް ސިއްރު މައުލޫމާތު ހާމަކުރާނެކަމަށް އަލީ ވަހީދު އޭނާގެ ގާތްބައެއް މީހުން ކައިރީ ވިދާޅުވެފައި ވެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މައުލޫމާތު އެނގޭ ފަރާތަކުން ބުނީ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުރުމަށް ލިބިފައި އޮތީ ހަމަސް ދުވަހުގެ ވިސާއެކެވެ. އޭނާ ފެބްރުއަރީ މަހު ރާއްޖެ އިން ފުރައިގެން ފުރަތަމަ ދިޔައީ ތުރުކީވިލާތަށެވެ. ތުރުކީވިލާތުން އިނގިރޭސިވިލާތައް ދިޔައީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އެހެންކަމުން މިމަހުގެ 10 ވަނަ ދުވަހު އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަން ލިބިފައި އޮތް ވިސާގެ މުއްދަތު ވަނީ ހަމަވެފައެވެ.

އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާ ގޮތުގައި އެގައުމުގައި ހާއްސަ ވިސާއެއްގައި ހުންނަ މީހެއްގެ ވިސާގެ މުއްދަތު ހަމަވުމުން ގައުމު ދޫކޮށް ދިއުމަށް 14 ދުވަހުގެ މުހުލަތެއް ލިބޭނެއެވެ. އަލީ ވަހީދަށް ލިބުނު 14 ދުވަހުގެ މުހުލަތު އިއްޔެ ވަނީ ހަމަވެފައެވެ.

އަލީ ވަހީދު ހައްޔަރު ކޮށްފައިވާކަން ދިވެހި ފުލުހުންނަށް ނޭނގޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދެމަސް ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން ފުލުހުން ވަނީ އިންޓަޕޯލް މެދުވެރިކޮށް ނުވަތަ އިނގިރޭސިވިލާތުގެ ފުލުހުންގެ އެހީތެރިކަން ހޯދައިގެން އަލީ ވަހީދު ރާއްޖެ ގެންނާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް އަލީ ވަހީދު ރާއްޖެ ގެންނަން ދިވެހި ފުލުހުން އިންޓަޕޯލްގެ އެހީއަށް ވެސް އަދި އިނގިރޭސިވިލާތުގެ ފުލުހުންގެ އެހީއަށް ވެސް އެދިފައި އޮތްކަމެއް ދިވެހި ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

އިނގިރޭސިވިލާތުން ދީފައި އޮންނަ ވިސާގެ މުއްދަތު ހަމަވާ ފަހުން އެގައުމުގައި ހުރެއްޖެނަމަ ޖިނާއީ ދައުވާއެއް އުފުލުމުގެ ބާރު އެގައުމުގެ ޕްރޮސެކިއުޓަރުންނަށް ލިބިގެންވެއެވެ. އެފަދަ ދައުވާއެއް އަލީ ވަހީދުގެ މައްޗަށް އުފުލައިފިނަމަ ހަމަސް ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އައުން އެކަށީގެންވެއެވެ.

ޓްއަރިޒަމް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް ރާއްޖޭގައި ވަނީ އުފުލާފައެވެ. އެމައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ އުފުލައިފިނަމަ ދައުލަތް އޮރިޔާން ވާނެ ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށް ރައީސް އޮފީހުން ވަނީ ރިޔާސީ ކޮމިޝަނުން ހިންގި މަހްލޫފްގެ ތަހްގީގު ގޯސްކަމަށް އެކޮމިޝަނަށް އަންގާފައެވެ.

މަހްލޫފާއި އަލީ ވަހީދު ދެކެ ދައުލަތުގެ ވެރިން ބިރުގެފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނާއިންސާފު

    ބޭނުމަކީ އައްޔަގެ އަނގަބަނދުކޮށް ފްރޭމްކުރުންކަން މިހާރު ކަށަވަރުވެއްޖެ.

    86
    9
  2. ނިކް

    ތިޔަ ބޮމެއް ނުގޮއްވާ ހުރީ ކީއްވެހޭ މިއޮއްހާ ދުވަހު..ތިޔަ ވަރުގެ ބޮމެއް އޮތިއްޔާ އަދިވެސް ގޮއްވޭނެ.. ހުމާމު ހެދިހެން ކޯޓުގަވެސް ބުނެވިދާނެ.. ނޫނީ ވަކީލުން މެދުވެރިކޮށް ބަޔާނެއްވެސް ނެރެވިދާނެ.. ހިނގާ ބަލަމާ..ސަރުކާރުން ކާމިޔާބު ހޯދީމަ ކަޑަވާނެ އަސަރުވެސް ކުރާނެ ހަހަމު ނުވެގެން ކިތަންމެ ގޭހެއް އަނބުރާނެ ހެޔޮ އެއްގޮތެއްވެސް ނޯންނާނެ..

    52
    16
    • ޜަނާ

      ބަލަ އެފަދަ ބޮމެއް އޮތީމަ ނޫންތޯ އަލީވަހީދުގެ ޝަރީޢަތް ބޭއްވި އިރު ސިއްރު ކުރީވެސް .އަދީބުުގެ ޝަރީޢަތްވެސް ސިއްރު ކުރަނީ ސަރުކާރުގެ މަތީފަޑީގަ ތިބި މީހުނާ ރައީސްމީހާ ވެސް ބޭޒާރު ވެދާނެތީ .

      38
      4
    • ތެދު

      ނިކް ދެންކިހިނެއްތޯ އަލީވަހީދުފުރައިގެންދިޔައީ.؟؟!! ހެހެ މޮޔަނުގޮވާ.

      26
  3. ޑޮގު

    ހުންނާނެ ރާކަނިމަސް ކެވިފަ

    15
    2
  4. ޙައްވަ

    އަލީވަހީދު ފުރޭމްކުރީ 13 އަންހެނުންދޮގުހަދައިގެން މީހަކައް ދެރައެއް ދީފައި އެއްވެސްމީހަކައް އުފަލެއްނުލިބޭނެކަން ހަނދާންކުރަން ޖެހޭނެ

    13
    10
    • ހަހަހަހާ

      ތިއީ އިޑުބަރޭ ދޯ އައްޔަގެ ދިފާއުގަ

      6
      5
    • އަލި ދީދީ

      އަލީވަހީދު ފްރޭމް ކުރި މީހުންނަކީ ސަރުކާރުގެ ވެރިންގެ ތުންފިހި ތަކެއް..

      12
      1
  5. ނަސީ

    ހުސް ހޮޅިވާހަކަ

    8
    4
  6. Anonymous

    ދެން ކަޑަވެފަ ތިބޭ!

    12
    4
  7. ޢާލިމް

    ވިސާ ހަމަ ވީމަ ހައްޔަރު ކުރާނެ ކަން އެނގި ގޭސްގަނޑެއް އަނބުރާލީ. މިހާރު ބުނެވޭނެތާ ކޮންމެ އެއްޗެއްވެސް ސަރުކާރު ބްލޭމް ކޮށްފަ. ސަޅި

    12
    8
  8. ޢަބްދުﷲ

    އަލީ ވަހީދު "ގޮއްވާލަން އުޅުނު ބޮމުން" ސަލާމަތްވާން، ވިސާގެ މައްސަލަ ރިޕޯޓް ކުރީ ދިވެހި ސަރުކާރުން

    1 ގަޑިއިރު ކުރިން ( އޮގަސްޓް 25, 2021 )

    މުޖްރިމުންނާ މުޖުރިމުން.

    18
    1
  9. އަޅުގަނޑު

    ބޮމަކީ ވޯޓް އޮޅުވާލިވާހަކަ.

    25
    2
  10. އަބުދު

    ވަގުންނަކަށް އަބަދަކު ފިލައިގެން ނޫޅެވޭނެ

    17
    2
  11. ކަހުރަބު

    ލާދީނީ އެމ ޑ ޕ ގެ " ބޯގޯސް ބައިގަނޑު " ދެންްވެސް ތިބޭނެ އަތް ޖަހަން އިންސާފޭ ތިލަފަތޭ ބަރަވައްޔޭ ކިޔާފަ ފެލޭނެ

    11
    1
  12. ރަން ރީނދޫ

    މިއީ ހާދަހާ ވަގު ސަރުކާރެކޭދޯ. ސަހަނރޯ. ހިންނަވަރު ކުޑަ މޯދީ.

    15
    2
  13. އަހުމަދު55

    ތީ ނަހުލާއޭ ކިޔައިގެން ރޯބުހުތާނު ވާހަކަ ދައްކާފަހުރި މީހެއް. މީނަ ތެދެއް ނަހަދާނެ.

    5
    4
  14. ކޮވިޑް

    ކަންތައްކެއް ރައީސް މީހާއާއި ޕީޖީ ކޮށްފައިވާކަން މިކަމުން ކަށަވަރުވޭ.މަހުލޫފް ވެސް ގައުމެއްގެ ސަރުކާރު ބިރުދައްކާލަން އެއްޗެއް ބުނެލާއިރަށް އެހުރީ. އަދިވެސް އުންސުރު ނުފެންނާތީ ދައުވާ ނުކުރެވިފަ. ޖަރީމާ ޖަރީމާ،....... ދެން މި ހުރިހާކަމެއް އޮއްބާލަން އަނިޔާ މިދެނީ ޔާމީން އަށް ވަޓައަ ޒީރޯ ޓޮލަރެންސް......

  15. ސުންބުލި

    ދެން މިއޮރިޔާނަކާއި ޖެހި ޢަދުލުއިންސާފެއް ރާައްޖެއަކު ނުހިންގުނެވެ.މަހުލޫފު ސަރުކާރަށް އިންޒާރުން ދިނުމުން މަހުލޫފު ސާފު ހުދުކޮޅަކަށް ވެއްޖެ. އަދި ޢަލީ ވަޙީދު މިހާރު އެހެރީ ހުދުކާފޫރު ކޮޅަކަށް ވާމަގުމަތީގައެވެ.ދެންމިކުޅެނީ ބޮޑު ޑްރާމާއެއްނޫންތަ؟ސަރުކާރުން މިއުޅެނީ ޑްރާމާގެ ޑައިލޮގް ލިޔެގެންނެވެ.މިސަރުކާރަކަށް ވެސް މިސަރުކާރަށް ނިޞްބަތްވާ އެއްވެސް މީހަކު ކިތަންމެ ބޮޑު ކުށެއްކުރިޔަސް ކުއްވެރިއެއްނުވާނެވެ.