ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ނަގައިދޭން ސިވިލް ކޯޓުގައި އެދުނީ، އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފް ކުުރުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ނޫން ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު 28 ގައެވެ.

ޔާމީންގެ ވަކީލުން ވަނީ އެ މައްސަލަ އިސްތިއުނާފްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެހެން ހުށައަޅާފައި އޮއްވާ އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅިކަން އިއްޔެ ހާމަކުރެއްވުމާއެކު ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މައްސަލަ އިސްތިއުނާފުކޮށްފައި ވަނިކޮށް، ދަށު ކޯޓުގެ ހުކުމުގެ ޖޫރިމަނާއާއި ގުޅޭ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ޔާމީނަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑަގަންނަވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމުގައި ވަކީލުން ވިދާޅުވިއެވެ.

އަދި މިއީ މިވަގުތު ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ފޯކަސް ބަދަލުކޮށް، އަދި، ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވޭ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތުތައް "އޮއްބާލުމުގެ ބޭނުމުގައި ދެބޯގެރި ދުއްވުމުގެ" ގޮތުން ދައުލަތުގެ ވަސީލަތްތަކާއި ބާރުތައް ބޭނުންކޮށްގެން ހިންގާ ފިނޑިއަމަލެއް ކަމަށް ވަކީލުން ތުހުމަތުކުރިއެވެ.

ވަކީލުން ދެއްކި ވާހަކައަށް ރައްދުދެއްވަމުން އޭޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައެއް އިސްތިއުނާފުކުރެވުމަކީ، ދަށު ކޯޓުން ނިންމާފައިވާ މައްސަލައެއް ހުކުމް ތަންފީޒުކުރުން އޮޓަމެޓިކުން ފަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފު ކުރުމަށްފަހު އެ ނިންމުން ތަންފީޒުކުރުން ނުވަތަ ފަސްކުރުމުގެ އަމުރެއް އިސްތިއުނާފީ ކޯޓުން ނުނެރޭހާ ހިނދަކު އެ ނިންމުން ތަންފީޒުކުރުމަށް ހުށަހެޅުމަށް ހުރަހެއް ނެތް ކަމުގައި ސުޕްރީމު ކޯޓުން ނިންމަވާފައިވާ މީރާގެ މައްސަލައިގައި ކަނޑައަޅުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ހުކުމުގެ އެ ބައި ތަންފީޒްކުރުމަށް ދައުލަތުން ސިވލް ކޯޓަށް ހުށަހަޅާފައިވަނީ ޔާމީނަށް ލިބިފައިވާ އިސްތިއުނާފުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ނޫން ކަމުގައި ދަންނަވަން" އޭޖީ އޮފީހުން ވިދާޅުވިއެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް، ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒްކުރުން ފަސްކުރުމުގެ އަމުރެއް އެ ކޯޓުން ނެރުއްވާފައިނުވާ ކަމަށް އޭޖީ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސިމާ

    ޔާމީނު އެކަނިތައް ސަރުކާރަށް ރުފިޔާ ދައްކަން އޮތީ؟ސިޔާސީ ބޭނުމެއްގަ ތިއުޅެނީ.އަދި އަނެއްކާ އެމްއެންޕީއާރުސީ ރުފިޔާ ކާލާއިގެން އުޅެނީ ޔާމީނު އެކަނިތަ؟ކޮބާ އައްޑޫ މޭޔަރ ނިޒާރުމެން؟

    8
    1
  2. މަބޭ

    ބޭންކްލޯން ނުދައްކާ ދައުލަތައްދައްކަންޖެހޭ ޓެކްސްފައިސާނުދައްކާ ނަމަވެސް އެމީހުންގެރިޒޯޓްތަކުން ބަރާބަރައް ލާރިލިބޭ އެތައްބަޔަކު މިސަރުކާރުގެ ބޮޑުންގެގޮތުގަ އެބަތި

    9
    1
  3. ހަސަނާ

    ދެންކީއްކުރަން ! މުސާރަދޭނެ ފައިސާ ނެތިގެންތަ! ތިޔައީ ދިވެހި ދައުލަތާ ދެކޮޅަށް ޖީއެމްއާރުއަށް ވަކާލާތުކޮށްދިން ބާގީއެއްނޫން!

  4. ޢަލީ

    މިރާއްޖޭގައި އެތައްބަޔަކު ޖުރިމަނާކޮށްފައި އެބަހުރި އެތައްދުވަހެއްވީއިރުވެސް އެފައިސާ ހޯދާކަން ކޯޓަކަށް ނުދޭ. މި މައްސަލަ މިއުޅެނީ ކޯޓްގެ މަރުހަލާތައްވެސް ނުނިމިގެން. ތިވަރު ތަންކޮޅެއްބޮޑު،
    ޖާބިރު، ޤާސިމް ދެންވެސް ރިސޯޓް ހިންގާ ގިނަ ބަޔަކު އެބައުޅޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ. އެކަމަކު އެމީހުންނަށް ހިނދުކޮޅާ މުއްދަތުދީދީ އެތިބެނީ، ނޫޅޭ ކޯޓަށް ދާކަށް.

  5. ރައްޔަތު އަހުމަދު

    މީނާގެ މި ގޮނޑީގައި އިށީދެ ފުރަތަމައިނުންވެސް ކުރިކަމަ މީނާގެ ލޯފާމުން ބެލި ހުެރިހާ މައްސަލަ އަކަށް ދައުލަތުން ފައިސާ ދައްކާގޮތަށް ނިންމީ އަމިއްލޔަ މަންފާ ލިބިގަތުމަކަން ނޫންތަ؟

    މާރޯ ދުވާލު ދައުލަތް ދަވާލަނީ.. މިއީ ދިވެހީންބާ؟

  6. Hussain

    އެމް.އެމް.ޕީ.އާރު.ސީ. އިން ވަގަށް ފައިސާ ނެގި 300 އެއްހާ މީހުންގެ ލިސްޓެކޭ ކިޔާފައި ނެރުނު ލިސްޓްގައި ވާ މީހުންގެ މައްސަލަ ވެސް ބައްލަވާލަ ދެއްވައްޗޭ. ހާދަ ފައިސާ އެކޭ ދޯ ދަވާލައިގެން އަރާމުގައި އެތިބެނީ. ލަދެއް ހަޔާތެއްގެކަންފުޅެއްވެސް ނެތީ.

  7. އަބްދޫ

    މައްސަލަ ނިމޭނީ ސްޕްރީމްކޯޓުން ހުކުމް ދެމެހެއްޓުމުން. މައްސަލަ ނުނިމެނިސް ޖުރިމާނަ ހޯދަން އުލެގަތުމުން އެގެނީ އަދީބާއި ޒިޔަތު ހިޔާނާތްވި ފައިސާ ޔާމީނު ޖުރިމާނާ ކޮށްގެން ހޯދަން އޭޖީ ފައި ވިއްދާފަ ހުރިވަރު. ކީއްވެތޯ މަގުމަތިން ފުލުހުންކުރާ ޖުރްމާނާހޯދަން އޭޖީ ކޯޓަށް ހުށަނާޅައިގެން އުޅެނީ.ޚީއްވެބާ؟ މަގުމަތީގެ ޖުރްމަނާ ގެ އެތައް މިލިއަނެއް ނުލި އެބަހުރި.