މެދު ޒިޔާރާތްކޮޅަށް ލިބިފައިވާ ގެއްލުންތަކުން ތާރީހީ އެ ބިނާ ހިމާޔަތް ކުރުމަށްޓަކައި އެތަނުގައި ހުރި ބޮޑު ގަސް ކަނޑާލަން ނިންމައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީއިން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އެއިދާރާގެ ސީނިއާ އެކްސެކިއުޓިވް ޑިރެކްޓަރު، މުހައްމަދު ނާޒިމް ވިދާޅުވީ އެ ގަހުގެ ސަބަބުން މެދު ޒިޔާރާތަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާ ކަމަށެވެ.

އެގޮތުން އެތަނުގައި ހުރި ބޮޑު ދިދަ ދަނޑީގެ ބުޑުގަނޑަށް ގަހުގެ މޫތައް ވަދެ، ބޮޑެތި ގެއްލުންތައް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ ގާތްގަނޑަކަށް 30 ހަކަށް އަހަރު ވެފައިވާ އެ ގަސް އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށްޓަކައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެކުވެސް މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.

ނާޒިމް ވިދާޅުވީ އެގަހުގެ ސަބަބުން މެދު ޒިޔާރާތް ކޮޅުގެ އާސާރީ ތަރިކައަށް ބޮޑެތި ގެއްލުން ލިބެމުންދާތީ އެކަން އެންވާރެމެންޓް މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނައި ކަމަށެވެ. އަދި އެ މިނިސްޓްރީއާއި މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ އެގަސް މެދު ޒިޔާރާތްކޮޅުން ނަގަން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ ގަސް އެތަނުން ނަގަން ޖެހޭނީ ބުރިބުރި ކޮށްލައިގެންނެވެ. އެއީ އެގަހުގެ މޫތައް މުޅި މެދު ޒިޔާރާތް ކޮޅަށް ފެތުރިފައިވާތީ ކަމަށްވެއެވެ.

"މި ގަހުގެ ސަބަބުން މެދު ޒިޔާރާތްކޮޅަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުން. ދިދައިގެ ބުޑުގަނޑު ތެރެއަށްވެސް ގަހުގެ މޫތައް ވަދެ، ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުރި. ގަސް ހިމާޔަތް ކުރަން ބޭނުންނަމަ މެދު ޒިޔާރާތްކޮޅެއް ހިމާޔަތް ނުކުރެވޭނެ. ކޮންމެސް އެކެއްޗެއް ހިމާޔަތް ކުރެވޭނީ." 100 އަށް ވުރެ ގިނަ އަހަރުވެފައިވާ އެ ތާރީހީ ބިނާއަށް ލިބިފައިވާ ގެއްލުންތަކަށް އިޝާރާތްކޮށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯއާއި ގުޅިގެން އެތަން މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި އެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ސަގާފަތާއި ތަރިކަ ހިމާޔަތް ކުރުމަށްޓަކައި ހެރިޓޭޖް އެންޑް ކަލްޗާގެ ނަމުގައި ވަކި މިނިސްޓްރީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އުފެއްދެވިއެވެ. މި މިނިސްޓްރީގެ ބެލުމުގެ ދަށުގައި މިހާރު 462 ތަނެއް ގެޒެޓް ކުރެވިފައިވާއިރު، އެތަންތަން ހިމާޔަތް ކުރުމަށްޓަކައި އެކަށޭނެ މަސައްކަތެއް ނުކުރެވޭ ކަމަށް ވެއެވެ. އެއީ ތާރީހާއި ސަގާފަތް ދިރުވާ އާލާކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަކަމުން ކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.

އެހެންކަމުން މިހާރު އެ މިނިސްޓްރީއިން މިފަދަ މަސައްކަތްތައް ކުރަމުން ދަނީ ސަރުކާރުގެ އެކި ކުންފުނިތަކާއި ގުޅިގެންނެވެ. އެ މިނިސްޓްރީއިން އެދެނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ސަގާފީ ތަންތަން ހިމާޔަތް ކުރުމަށްޓަކައި، އާންމު ފަރާތްތަކާއި ކުންފުނިތަކުގެ އެހީތެރިކަމަށެވެ.

ހެރިޓޭޖްގެ އަމާޒަކީ މިފަދަ ތާރީހީ ބިނާތައް ހިމާޔަތްކޮށް، ކަލްޗަރަލް ޓުވަރިޒަމް ރާއްޖޭގައި ފުޅާކުރުމެވެ.

މާލޭ މެދުޒިޔާރަތަކީ ރާއްޖެއަށް އިސްލާމްދީނުގެ އަލިކަން ގެނެސްދެއްވި އައްޝައިޚް އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ. ދިވެހިރާއްޖެއަށް އިސްލާމްދީން ތަޢާރަފްވީ މީލާދީން 1153 ވަނަ އަހަރުއެވެ. މެދުޒިޔާރަތް، މި ނަން ޒިޔާރަތަށް ކިޔުނީ އިހުގައި މާލޭގެ ބޮޑުމިނުގެ ނިސްބަތުން ޒިޔާރަތް ހުރީ ރަށުގެ މެދުގައި ކަމަށްވެފައި އެ ޒިޔާރަތަކީ އެހެން ޒިޔާރަތްތަކަށްވުރެ ޚާއްޞަ ޒިޔާރަތަކަށްވީތީއެވެ. މި ޒިޔާރަތަކީ ރާއްޖޭގެ ރައްޔިތުން އެންމެ ގިނަ ޢަދަދަކަށް ނަދުރު ބުނަމުން ގެންދިޔަ ޒިޔާރަތެވެ.

އެހެންނަމަވެސް މިފަދަ ތަންތަނަށް ނަދުރުބުނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމަކަށް ނުވާތީ 1957މ. ވަނަ އަހަރުން ފެށިގެން މި ކަން ވަނީ ސަރުކާރުން މަނާކުރައްވައިފައެވެ. މެދުޒިޔާރަތުގެ ގޯތިތެރޭގައި އައްޞުލްޠާނު ސައްޔިދު މުޙައްމަދު ޝަމްސުއްދީނު (ރަސްކަންކުރެއްވީ 1692މ. ގައި) ގެ މަހާނަފުޅުވެސް އެބަހުއްޓެވެ. މި ރަދުންނަށް ދިވެހިން ނިސްބަތްކުރާ ނަންފުޅަކީ ސައްޔިދު ރަސްގެފާނެވެ. މި ރަދުންނަކީ ޢަރަބިކަރައިގެ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހައްހައްހަ

    ޔުމްނާ އިސްތިއުފާ

  2. ކޮމެންޓު

    ގަސް ބަހައްޓާފަ ޒިޔާރަތް ތިތަނުން ނަގާ ބޭނުން ތެރިކަމަކަށް ބިން ބޭނުން ކުރަންވީ. ހެރިޓޭޖޭ ކިޔާފަ ކުރެވިފަ ހުރި ގޯސް ކަންތައްތައް ބަހައްޓާކަށް ނުޖެހޭ.

  3. މުބީނު މާރނީ

    ޔުމްނާ ކުރާ ކަމަކީ ހުކުރު މިސްކިތު ވަޅުދިޔަ ހިތްކުމާއި، ގަސްކެނޑުން. މައުމޫނު ގެ ދަރިއެއް ވީމާ ހައްދަވައިގެން އެއްވެސް މަސައްކަތެއް ނުކޮށް އަހަރުމެންގެ ޖީބުން 5،8500 ރުފިޔާ ޔުމްނާ އަށް ދީގެން ނުވާނެ. ޔުމްނާ-މެން އުޅުނީ މައުމޫން ޖަލުން ސަލާމަތް ކުރަން.

  4. ޝާފީ

    މި އޮފީހު ގަ އުޅޭ ބައުންޓީ ގެ ނިންމުމަށް މި ގަސްކަނޑައިގެން ނުވާނެ. ހަޤީޤަތު ގައި ވެސް މިގަހުގެ ސަބަބުން ގެއްލުން ވޭތޯ ލަންކާ އިން އެކްސްޕާރޓުން ގެންނަން ގޮވާލަން. އޮފީހުގަ ސައި-ބުޔުން ނޫން ކަމެއް ނުކުރާ ބައެއް ތިޔަ މިނިސްޓްރީ އަކީ. އެހެން ތިބެތިބެފަ މުޅި ޤައުމަށް މިދެނީ ގެއްލުން. ޔުމްނާ މަޤާމުން ވަކި ކުރުމަށް ގޮވާލަން. އެކްސްޕާރޓުން ގެނެސް ބަލަން ޖެހޭނެކަން ޔުމްނާ އަކަށް ނުވިސްނުނު.

  5. ސސ

    ތިޒިޔާރަށް ތިޔަތަނުން ނަގާ ތިތަން އެއްކޮށް ސާފުކޮށްލާފަ ކުޑަވަރެއްގެ ބަގީޗާއެއް ޕާކެއް ހަދާލުން ރަގަޅުވާނެ ! ޒިޔާރަށް ހެދުމަކީ ބޮޑު ބިދުއަވެރި ޝިރުކުގެ ޢަމަލަށް މަގުފަހިވާކަމެއް !

  6. ހަސަދު

    މިގަސް ބަހައްތައިގެން މެދުޒިޔާރަތް ހިމާއަތް ކުރެވޭނެ ގޮތެއް ނުވިސްނުނީބާ!!!. ހެހެ. ހާދަ ނާތަހުޒީބު ބަޔެކޭ!!!!.

  7. ޕާކް

    ތިތަންވެސް ނގާފަ ޕާކް އެއް ހަދަންވީ. ނޫނީ ޕާކިންޒޯނެއް. 🙄