އިންޑިއާ ސަރުކާރުގެ އެހީގައި ނ. ޅޮއްސާއި ރ. ކިނޮޅަހުގައި ކްލާސް ރޫމްތަކެއް އަޅައިދީފިއެވެ.

މި މަސައްކަތް ނިންމުމަށް ފަހު މިއަދު ވަނީ އެކަން ފާހަގަ ކުރުމަށް ފަތުހުﷲ ޖަމީލް ބިލްޑިންގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އަދި ޅޮއްސާއި ކިނޮޅަސް އެއްދަންފަޅި ކުރުމުގެ މަޝްރޫއު ވެސް ވަނީ އިފްތިތާހުކޮށްދީފައެވެ. މި މަޝްރޫއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިޖްތިމާއީ ފައިދާ ކުރާނެ ކަންކަން ހިންގުމަށް އިންޑިއާ އިން ދިން 200 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހިންގި މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ހަ ކްލާސް ރޫމް އެޅިއިރު، މިކަމަށް 12 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މި ސްކޫލް ތަކުގައި ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ މި މަޝްރޫއުގެ ސަބަބުން ދަރިވަރުންނަށް ވަށާ ޖެހޭ ތައުލީމު އުނގަންނައިދީ އެކުދިންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. އަދި އެއް ދަންފަޅިއެއްގައި ކިޔަވައިދެމުން އިތުރު ހަރަކާތްތަކުގައި ބައިވެރިވެރި ކުރެވޭނެ ކަން ފާހަގަކުރިއެވެ.

ކްލާސްރޫމްތައް ބިނާ ކުރެވުމުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކި ކްލާސް ރޫމްތަކެއް ލިބި ކިޔަވައިދޭ މާހައުލެއް ބިނާ ކުރެވޭނެ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

ރައީސް އިބްރާހިމް ސޯލިހްގެ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ރާއްޖޭގެ ހުރިހާ ސްކޫލްތަށް އެއްދަންފަޅި ކުރުމަށް ބޭނުންވާ އުމްރާނީ ތަރައްގީ ކޮށް ޓީޗަރުން ތަމްރީނުކުރުމުގެ ވަޢުދު ފުއްދުމުގައި އިންޑިއާއިން އެހީވެދެވުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް އިންޑިއާ އިން އިސްކަން ދީގެން ރާއްޖެއަށް މީގެކުރިން ވެސް އެހީތެރިވެފައިވެއެވެ. އެގޮތުން ބ.ފެހެންދޫ އާއި ބ. ގޮއިދޫ އާއި ދޭތެރޭގައި ދަތުރު ކުރާނ ދަރިވަރުންގެ ފެރީއެއް ގާއިމު ކުރުމާއި 67 ރަށެއްގައި ޕާކް ތަރައްގީ ކުރަން ބޭނުންވާ ސާމާނު ހަވާލު ކުރުމާއި ކުޑަކުދިންގެ ފިޔަވަތި އިމާރާތް މަރާމަތު ކުރުން ފެށުމާއި ޏ. ފުވައްމުލަކާއި ހދ. ކުޅުދުއްފުށި ސްކޫލްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓު ޔުނިޓްތައް ގާއިމު ކުރަން ފެށުން ހިމެނެއެވެ.

ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ ތެރޭގައި އއ. ރަސްދޫ ރަށް ގިރުން ހުއްޓުވުމާއި ބ. ދަރަވަންދޫ އެމަޖެންސީ ސިއްހީ ހިދުމަތްތައް ގާއިމު ކުރުމާއި ގދ. ފަރެސްމާތޮޑާގައި ވެޓްލޭންޑް ޕާކް ތަރައްގީ ކުރުމާއި ށ. ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް އެޅުމާއި އައްޑޫ ސިޓީގައި ފަސް އިކޯ ޓޫރިޒަމް ޒޯން ތަރައްގީ ކުރުމާއި ޑްރަގް ޑިޓޮކްސް ސެންޓަރު އެޅުމާއި ހއ. ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ގާއިމު ކުރުމާއި ހދ. ހަނިމާދޫ ރިސާޗް ސެންޓަރުގައި ވެލި ޓެސްޓް ކުރާ ލެބެއް ހެދުމާއި ނ. ކެނދިކުޅުދޫގައި މަސް ބަންދު ކުރާ ފެކްޓަރީއެއް ބިނާ ކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖސޖސ

  އިންޑިއާގެ އެހީގަ ދިވެހި ދައުލަތުގެ ޚަރަދުގައި. ދެއްތޯ.

 2. އިބްރާ

  އިންޑިޔާގެ އެހީގައި ފާޚާނާއެއް ހަދައިފި. މިއީ ދިވެހިންނަށް ޖަހާ ޖޯކެއްތޯ؟ ހާދަ ބޮޑެތި ޕްރޮޖެކްޓްގެ ވާހަކައޭ މިއިވެނީ؟

 3. މެކް

  އިންޑިއާގެ އެހީގައި ތުންދިގް މެޓައަކާއި ފުއްޕާހަމެއްދީފި............................؟

 4. އިންޑިއާ އައުޓް

  އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް