ލީކުވި އޯޑިއޯތަކުގައި އަސްލެއް ނެތް: ސަރުކާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ގޮތާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރުން ދައްކަވާފައިވާ ވާހަކަތަކާއި ގުޅޭ ގޮތުން ލީކުވި އޯޑިއޯއަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.

ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ބެންޗްގައި އިންނެވި ގާޒީ އަލީ އާދަމް އާއި ހުސައިން ފާއިޒް ރަޝާދު ދައްކަވާފައިވާ ވާހަކަތަކުގެ ވަކި ވަކިން ދެ އޯޑިއޯ އާއްމުކުރީ "ވަގުތު"އިންނެވެ.

އޯޑިއޯތައް ލީކުވެ އޭގައި ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ ވާހަކަތަކެއް ހިމެނޭތީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ރައީސް އޮފީހަށް މިއަދު ވަޑައިގެންނެވުމުން ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ އެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ރައީސްއާ ސަރުކާރުން އަދި ހާއްސަކޮށް އަލީ ޒާހިރު ޝަރީއަތަށް ނުފޫޒުފޯރުވާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެފަދަ އޯޑިޔޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ.

ތުހުމަތުތަކަށް ރައްދުދެއްވައި އަލީ ޒާހިރު ވިދާޅުވީ މީސް މީޑިއާ އާއި މީޑިއާތަކުގައި ފެތުރޭ އޯޑިޔޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއްދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަސްލެއްނެތް ވާހަކަތަކަކަށް ވާތީކަމުގައެވެ.

އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖޭއެސްސީގައި އެދިވަޑައިގަންނަވާފައި ވާނެކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އަލީ ޒާހިރު ވަނީ ސަރުކާރުން، ޔާމީނުގެ ޝަރީއަތަށް ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަގީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އަލީ ޒާހިރު އެދިވަޑައިގަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި އަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސް އޮފީހުން ބައެއް ހުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ މިނިވަން މުވައްސަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށް ގެންދިއުމަށް ފުރުސަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ.

އަދި މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާޙުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި އަލީ ޒާހިރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    ސަރުކާރުގެ ނުފޫޒެއްނެތްކަން އިނގޭނީ ސް ޕްރީމްކޯޓުގެ މަރުހަލާ ނިމުނީމަ

    56
  2. މާޟީ

    ފާ ފަޅޮޅޭ މޭހިގޫ ކިއާލަބަލަ. ކޮން ދޮގުތަކެއް ތިހަދަނީ

    49
    2
  3. މިިނިވަން ކުރޭ

    ލީކްވި އޯޑިއޯ ތަކުގައި އަސްލެއް ނެތް ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަމިއްލަ އަށް ކޮށްފައިވާ ކުށް އޭނާ ގަބޫލެއް ނުކުރާނެއޭ އެއީ ޔަގީން ކަމެކޭ ސަރުކާރުން މިވަނީ އެއްވެސް އަސާސެއް ނެތް މައްސަލަ އެއްގައި ރާއްޖޭގައި ރައީސް ކަން ކުރެއްވި ރައީސް ޔާމީން ހައްޔަރު ކޮށް ފޭކް ހުކުމެއް ކޮށްފައޭ އެކަން އެގޮތަށް ނުކުރެވޭނެއޭ މަމެން ތިޔާ ކަމެއް ބަލައެއް ނުގަންނާނަމޭ ސަރުކާރުން މިހާރު ސްޕްރީމް ކޯޓުގެ ގާޒީން ނަށް ދައްކާ ބިރު އެއީ މިހާރު މަމެންނަށް އިނގޭ އެއްޗެކޭ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރަންވީއޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ މިިނިވަން ކުރޭ

    40
    1
  4. އިސްތިއުފާ

    ރައީސް އޮފީސް ޗީފް އޮފް ސްޓާފް އަލީ ޒާހިރު އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    43
    2
  5. ރަބަރޭ

    މީސްމީހުން ހޮޓާ ހޮޓަލުގައި ސައިބޯން ކޮފީބޯން ތިބެގެން ތަޅާ އަގަ ބޮޑުވާހަ ކައަ ކަށް ހަދައިގެން އެއީ މާބޮޑު ކަމަ ކަށް ހަދައިގެން ބޯހަލާ ކު ވެދާނެ އެހުންނަނީ
    ތާ ކުންތާ ކު ނުޖެހޭ ވާހަ ކަ

    3
    64
  6. ރައްޔިތުމީހުން

    އެހެން ކިހިނެއް ބުނެވޭނީ އިންވެސްޓިގޭޓް ނުކޮށް؟

    44
    1
  7. ޖަސްޓިސް

    ޒާހިރު ކަލޭ މުރުތައްދު ވެއްޖެ. الله އަށް ބިރުވެތިވޭ. މި ނޫން ދުވަހެއް އަންނާނެ.

    51
    2
  8. ގޯނބިލި

    ގޯންޏަށްލާ ތުންފެހީމަ ސޭކުކަން ފައިބުޑަށް ވެއްޓޭ. ދުނިޔޭގެ އެދުމުގަ ދަތްއެޅުނީމަ ނުހައްގު ވާހަކަ ދެއްކޭ. ޖުޑިޝަރީ އާއި ޕޮލިހުން މައްސަލަ ބަލައި ނިންމުމުގެ ކުރިން މިއީ "އަސްލެއްނެތް ވާހަކައެއް" ކަމަށް މީނަޔަށް ބުނެދިނީ ދުނިޔޭގެ އެދުންވެރިކަން ފިޔަވާ ކޮން އެއްޗެއްބާ! އަސްލެއްނެތް ކަމެއް ޤައުމުގައި އިންސާފުގެ ކަންކަން ބަލަން އޮންން އެންމެ ބޮޑު ދެ މުއައްސަސާއާ ހަވާލުކުރީ ކީއްވެބާ! އަޅެ މީސްތަކުން ހައިރާނެއް ނުވޭތަ؟ 😂😂😂😂

    28
    3
  9. އަހްމަދު

    ޢަލީޒާހިރު މަނިކުފާނުހަނދާނުގަބަހައްޓަވާތި އޯޑިއޯތަކުގައެވަނީ ހަގީގަތެއްނަމަ މަނިކުފާނާ ރައްޔިތުންބައްދަލުކުރާނެ

    28
    1
  10. سبحانﷲ ކޮންފަދަނުބައިވެގެން ވާޢަމަލެއް ކޮބާތިމާމެންގެ އީމާންތެރިކަން

    އަދިވެސް ހަދަންވީދޮގުތަ ދޮގުމަށްޗަށް ދޮހެދިޔަސް ދެން ސަލާމަތެއްނުވެވޭނެ ވިސްނާތިބޭތި ވެރިކަންކުރާށޭކިޔާފަ ބޮޑު ވެގެންވާޖަރީމާއެއްތިހިންގާލީ ވިސްނާތިބޭތި ބަލާބަލަ އެމްޑީޕީ މީހުންގެގައިގަހުނަވަގުމަ ކަރުން އެވަރުންވެސް އަދިވެސް އެއްގޮތަ ކުން ނުވިއްޔާއަނެއްގޮތަލުން ވެސް އޮޅުވާލެވޭތޯ ތިޖާހިލުން ތިމަސައް ކަތް ކުރަމުންތިދަނީ ދިވެހިރައްހިތުންނަށް މިހާރުން މިހާރަށް މިޖަރީމާސަރު ކާރު ބަދަލު ކުރުމުގެ ޚައްޤުއެބައޮތް އެ ކަމަ ކަށް އެއްވެސްހުރަހެއްނެތް މިހާރުންމިހާރަ ރައްޔިތުންނި ކުމެ އިބޫވެރި ކަމުންބާލަންޖެހޭ އެންމެ ހިދުކޮޅަ ކުވެސްއިބޫއަށް ވެރި ކަމުގައި މިހާރުހުރުމުގެ ޙައްޤެއްނެތް ހާދަގޮތެއްފޮތެއްނެތްބައެ ކޭ އެމްޑީޕީމީހުންނަ ކީ އަދިއެވަރަކުން އެބައިގަނޑު ނުދާނެ މާތްﷲ ޙައްޤަށްނަށދެއްވާނެ މާޝާﷲ

    26
    2
  11. ރައީސްޔާމީން ރަހީންކޮށްފަ

    ޙަޤީޤަތް އޮޅުވާލަން މަސައް ކަތް ކުރާމީހުންނަ ކީ މުސްލިމުންގެ ތެރެއިންވާބައެއްނޫންް ހަމަ މިހާރުން މިހާރަށް މިސަރު ކާރުބަދަލު ކުރުމަ ކީ އިލާމްދީނަށް ޓައި ކަކުރެވޭ ޖިހާދެއްފަދަ އެންމެ ހިދު ކޮޅަ ކައްވެސް މިސަރު ކާރު ދެމެހެއްޓުމުގެ ޙައްޤެއް ރައްޔިތުންނަ ކަށްނޯންނާނެ!

    24
    1
  12. ކޮވިޑް

    ޗީފް އޮފް ސްޓާފް އަލީ ޒާހިރު . މީ މިކަން ކުރިކަމަށް ފަޑިޔާރުން ބުނާމީހާ މީނާ އެއްބަސް ވާނެތަ ކަމެއް ކުރިކަމަށް؟ ބަލަ މީނާނު ހައިލަމް އަށް ޑައިންގް ދަތުރަކާ މަސްދަތުރެއް ދިނީ؟ މި އަލީ ޒާހިރު އާއި އިމްރާން މި އުންމަތަށް ތެދެއް ނުހަދާނެ . އިމްރާން އެއް ނޫންތަ މާތްﷲ ގަންދީ ހުވާކޮށްފަ ބުނީ އަންނިއަކީ ލާދީނީ މީހެކޭ؟

    27
  13. ހުސޭނުބޭ

    އެހެންވިއްޔާ ތިއީ މިހާރު ހަޤީޤަތެއްކަން ޤަބޫލުކުރެވިއްޖެ! ހަދާންއެބަހުރިތަ ރޯޔަލް ރޭޕް ގެމަތިން

    29
    1
  14. Anonymous

    ސަރުކާރުގެ ނުފޫޒެއް ނެތް. އެކަމަކު ޖޭއެސްސީގެ ނުފޫޒު އެބައޮތެންނު. ޖޭއެސްސީގަ ތިބީ ހުސް އެމްޑީޕީއަށް ނިސްބަތްވާ މީހުން. އެހެންވީމަ ޔާމީނަށް ކޮށްފައިވާ ހުކުމަކީ ރަނގަޅު ހުކުމެކޭ ނުބުނެވޭނެ. ޖޭއެސްސީން މިމައްސަލައިގަ ޖެހި އަނެއް ދަންމަޅިއަކީ ކްރިމިނަލް ކޯޓުން ޔާމީނަށް ހުކުމްކުރި އަލީ ރަޝީދު ސުޕްރިމް ކޯޓުގެ ބެންޗަށް ލުން. ބޭނުމަކީ ސުޕްރިމް ކޯޓުންވެސް ޔާމީނުގެ ހުކުމް ދެމެހެއްޓުން.

  15. ޙހހހ

    އަނެއްކާ ރާއްޖޭގެ ރައީ ސް އަކީ އިބޫ އޭ މީހުން ކިޔަނީ އަ ސްލެއްބާ

  16. ކުމުންޑޫ

    ހީލަތާ މަކަރުހަދައިގެން އަދިވެސް އަޅުވާލާތި ވަގުސަރުކާރު އިސްތިއުފާ

  17. ޢަލިބެ

    .މިނިވަން ތަހުގީގެއް ކޮފިކަމުގަ ވާނަމަ ޔާމީނު ކޮއްފަހުރި ކުއްތަކަށް 100 އަހަރުގެ ޖަލުހުކުމް އަންނާނެ.ޔާމީނުގެ ދިފާއުގަ މި ވާހަކަ ދައްކާ ބައިގަޑަ ހަމަ ނޭގެނީތޯ ޔާމީނު ހިޔާނާތް ތެރި ވެފަ ހުރިކަން ނޫނީ ޔާމީނު ވައްކަން ކުރީމަ
    ޢެވެ ސް ރަނގަޅީ ތޯ؟ ޔާމީނު ވަގައްނަގާގެން މިއުޅެނީ ޕީީޕީއެމް ގެ ލާރި ގަޑެއް ނޫނޭ ހަމަ ދިވެހި ކޮންމެ ރައްޔަތެއްގެވެ ސް ލާރި. ހަމަ ކުޑަކުޑަ މި ސާލެއް ޔާމީނުގެ އެކައުންޓުގަ ހުރި 100 މިލިއަނައްވުރެ ގިނަ ރުފިޔާ ހޯދިގޮތެއް ތިބޭފުޅުން ވިދާޅުވެލައްވާ؟ދުވަހަކުވެ ސް ވިޔަފާރި ކުރެއްވި ބޭފުޅެއް ނޫން

  18. މުޖޫ

    މަޤާމެއްގެ ދަހިވެތި ކަމުގަ އުޅޭ ބަދެވިކާރެއް މަ ނުދެކެން ތި އަލީ ޖާހިލު ނޫނީ! ރައީސް އޮފީހަށް ވަދެ އުޅޭ ބަހުލޫލެއް އެއީ

  19. ބަސަރު

    ސަރުކާރު ބުނާ އެއްޗެހި، ދެން ރައްޔިތުން ޖެހެނީ މި އެއްްޗެހި ހިތުން ތެދުކޮއް ގަބޫލް ކުރަން ކުރަން :

    މިއަދު އިރު އެރީ ހުޅަންގުން - ސަރުކާރު-

    މީ ވައްްކަން ކުރާ ސަރުކާރެއް ނޫން -ސަރުކާރު-

    ހުރިހާ މައިންނަކީ ން - ސަރުކާރު-

  20. ހަކީމާ

    ސަރުކާރު ބަދު ނާމު ވެދާނެތީވެސް ސަރުކާރުން ތިކަން ބަލަންވެސް ނުއުޅޭނެ.އަޑު އަރުވާފައިވަނީ ފޭކް އޯޑިއޯތަކެއްކަމަށް. ވަރަށް ރީއްޗެއްނު.ތިމާކުރާކަންތައް އެނބުރި ފަސްބަލަން ޖެހިލުންވަނީ ކީއްވެ؟. ވެރިކަންހޯދަން އުޅުނުއިރު ބުނެފައިވަނީ ،ިރާއްޖޭގައިއެމްޑީޕީ ގެ ވެރިކަމުގައި ކުރާނީ އިންސާފުވެރިޝަރީޢަތެއް ކަމަށް. ކޯޓްތަކަށް އަތްނުބާލާނެކަމަށް.ޝރީޢަތަށް ނުފޫޒް ނުފޯރުވާނެކަމަށް.އެކަމަކު ވާހަކަޔާ މުޅީން އިދިކޮޅު ސިޔާސަތެއް އަބަދުވެސް އެމްޑީޕީ ގެންގުޅޭނީ. މުޅި ކޯޓްތަކަށް އެމީހުންބުނާގޮތަށް ކަންތައްކުރާ އެމީހުންނަށް ސަނާކިޔާ ގާޒީން ލައްވާ މުޅި ޖޭއެސްސީއަށް އެމްޑީޕީ އެކްޓިވިސްޓުން ލައްވައިގެން މިކުޅޭ ޑްރާމާ އަކީ އެއްވެސް ދިވެއްސަކު ބަލައިގަންނާނެކަމެއްނޫން. މިސަރުކާރަށް ކުރެވުނު ކަމަކީ ޔާމީން ޖަލަށްލުން. ދިވެހިރައްޔިތުންނަށް ކޮށްދެވުނު އެއްވެސް ކަމެއްނެތް. ކޮންކަމަކާ ޖެހިލުންވާ ޖެހެނީ. ޔާމީން އަކީ ދިވެހިރާއްޖެ ރައްޔިތުންންަށް އެތަކެއް ޚިދުމަށް ކޮށްދެއްވާ ހުރި ވެރިއެއް. އެމަނިކްފާނުގެ ފަހަތުގައި އެތަކެއް ރައްޔިތުންނެއް އެބަތިބި.އެމަނިކްފާނުގެ ޝަރީޢަތް ކޮށްފައިވަނީ ނުރަނގަޅަށް ކަމަށް އެމަނިކްފާނުގެ ވަކީލުން ވިދާޅުވޭ.އަދި ޓީވީން ލައިވްކުރި ޝަރީޢަތް ދިރާސާކުރި އެތަކެއް ރައްޔިތުންނެއް އެބަބުނޭ. އެކަމަކު ފުރަތަމަވެސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދަކަށް ޔާމީން ޖަލަށް ލުން ވީމަ. އެމަނިކްފާނުގެ ވަކީލުން ދައްކާ އެއްވެސް ވާހަކައަކަށް ނުބައްލަވާ އެމަނިކްފާނު އެއްވެސް ވާހައެއްގެ އަޑު ނައައްސަވާ ވަކި ބަޔަކު ޙުކުމް ކުރަން ބޭނުންވީ ގޮތަށް ޙުކުމް ކޮށް އެމަނިކްފާނު ނުޙައްޤުން ޖަލަށް ލައިގެން ތިބެވޭނީ ކިތަށް ދުވަހަކަށް ކަމެއް ކަންނޭގޭ. ކޮންމެ ފަދަމީހަކަށް ވެސް ޙައްޤުތަކެއް ލިބިގެންވާނެ.ނަޝީދު ޖަލަށް ލީ ނަޝީދު ކުރިކުށް ކުރީ ހުރިހާ ދިވެހިރައްޔިތުންގެ ކުރިމަތީގައި.ބަދަލުހިފުމުގެ ރޫޙު ޔާމީނާ ދޭތެރޭގެންގުޅެ ފާސިޤުންހެކިބަހަށް އެމަނިކްފާނު ޖަލުގައި އޮތުން އެއީ ޢަދުލު އިންސާފަށް ރައްޔިތުން އޮތްތާއިދު ކުޑަވެގެންދާނެ ކަމެއް. އެކަމުގެ ސަބަބުން ޔާމީނަށް އޮތްތާއީދު ބޮޑުވުންނޫން އެއްވެސް ކަމެއްނެތް.