އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއް ވާހަކަ ދައްކަވާ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލ ބޭރުކޮށްލަން ފާސްކޮށްފިއެވެ.

ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަހުސަށް ހުޅުވާލަން ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް 20 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންވެ ފާސްވީ އެ މައްސަލައަށް ބަހުސް ނުކޮށް ބޭރުކޮށްލުމަށެވެ.

އާންމު ވެފައިވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއެކެވެ. މި އޯޑިއޯތައް ވަކިވަކިން އާންމު ކުރީ "ވަގުތު" އިންނެވެ. އެއީ މިދިޔަ އާދީއްތަ ދުވަހުގައެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް މި މައްސަލަ ހުށަހެޅުއްވިއެވެ. އެކަމަކު އިތުރު ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި އޮތުމުން ގުރުއަތުން ހޮވުނީ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާއީ ހުށަހެޅުއްވި ރަސްފަރި ފަރަށް އާގު ބޯޓެއް އެރި މައްސަލައެކެވެ. އެ މައްސަލަ ބަހުސަށް ހުޅުވާލަން ފާސްކުރިއެވެ.

އިއްޔެ ވެސް އެ މައްސަލަ ކުރިއަށް ގެންދިއުމަށް ގޮވާލައްވައި ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އަޑު ގަދަކުރައްވައި އިހްތިޖާޖް ކުރެއްވިއެވެ. އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކަވާއިރު ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރެއްވިއެވެ. ރިޔާސަތުގެ ކުރިމަތީގައި ތިއްބަވައިގެން ވެސް އަޑުގަދަ ކުރެއްވިއެވެ.

ހެނދުނުގެ ނާސްތާގެ ވަގުތަށް ޖަލްސާ މެދުކަނޑާލި ވަގުތުގައި ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ބައްދަލު ކުރައްވަން ވެސް މަސައްކަތް ކުރެއްވިއެވެ. އެހެންވިޔަސް ބައްދަލު ކުރެއްވީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. އޯޑިއޯތަކުގައި ވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އަލީ ޒާހިރު އެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މައްސަލަ ތަހުގީގު ފެށި ކަމަށާއި، އެ ތިން ގާޒީންގެ ފަރާތުން މައުލޫމާތު ސާފު ކުރި ކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އަދި ތިން ގާޒީން ވެސް އެއީ ސައްޚަ ނޫން އޯޑިއޯތަކެއް ކަމަށް ވިދާޅުވި ކަމަށް އެ ކޮމިޝަންގެ ބަޔާނުގައިވެއެވެ.

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ހައިލަމްއެވެ. ނަމަވެސް އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ގާޒީ ކަމުން ހައިލަމް ސަސްޕެންޑް ކުރިއެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވައިގެންނެވެ.

މި މައްސަލަ ޖޭއެސްސީއިން ތަހުގީގުކޮށް، ހައިލަމް ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުވިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ޖޭއެސްސީން އެ ކަމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވެސް ކަނޑައަޅައި ތަޅުމަށް ފޮނުވިއެވެ. ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން ހައިލަމް މަގާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ކަމަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.

ދެން ޔާމީން މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ދަށު ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރިއިރު، މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ. ޔާމީންގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެމަނިކުފާނުގެ ޝަރީއަތް ހިނގާފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފޮނު

    ޔާމީނު ގެޔަށް ބަދަލުކުރިއިރުވެސް އެނގޭ މިކަހަލަ ޖަރީމާތައް ހިންގާނެކަން. އިތުރު ބައެއްގެ އަބުރުކަތިލާ ނުރައްކަލަކަށް ހުށަހެޅުމުގެ ކުރިން އަވަހަށް ޖަލަށް ގެންދަވާށެވެ.

  2. އަންނާނެއޭ

    ގާޒީންގެ އޯޑިއޯ މައްސަލަ މަޖްލީހުން ފާސް ނުކޮށް ބޭރު ކުރި ނަމަވެސް ތިޔާ މައްސަލަ ބެލޭނެ ދުވަހެއް އަންނާނެއޭ ތަމެން އެކަން ހަދާން ކުރާތި ބެލޭނެ ދުވަހެއް އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ އަންނާނެއޭ

  3. ހުސެންދީ

    18 ވަނަ މަޖިލިސް އެކޭ 19 ވަނަ މަޖިލިސް އެކޭ ތަފާތެއްނެއް. ރައްޔިތުންގެ ހަގުގައި ކަމެއްކުރުމުގެ ބަދަލުގައި ދެ މަޖިލިހުންވެސް ކުރަނީ އެބައެއްގެ ސިޔަސީ މަންފާއަސް މަސައްކަތް

  4. ޖާބެ

    އިންސާފުގެ ދަތުރު ފެތިއްޖެ