މި ހުކުރު ދުވަހުގެ ރޭ ސިޔާސީ ގިނަ ހަރަކާތްތައް އޮތުމުން، މީސް މީޑިއާ އެޕްލިކޭޝަން "ކްލަބް ހައުސް" މެދުވެރިކޮށް "ވަގުތު" އިން ކުރިއަށް ގެންދާ "ހަވާސް" ޕްރޮގްރާމް މާދަމާ ކަމުގައިވާ ހޮނިހިރު ދުވަހުގެ ހެނދުނު ގެންދަން ނިންމައި، އެ އެޕިސޯޑްގެ މެހެމާނަކަށް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

މާދަމާ ހެނދުނު 9:30 ގައި އޮންނަ އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަބްދުﷲ ޖާބިރު ވަރަށް އަވަހަށް ކްލަބް ހައުސް އެޕްލިކޭޝަން ބޭނުން ކުރައްވަން ފައްޓަވާނެ ކަމަށް "ވަގުތު" އަށް އޭނާ ވިދާޅުވެފައިވެއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ސިޔާސީ ޝަޚްސިއްޔަތުންނާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި "ވަގުތު" އިން ކުރަމުންދާ ސުވާލުތަކަށް ވެސް ޕްރޮގްރާމްގެ ބައިވެރިން ޖަވާބު ދެއްވާނެއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް އާންމުންނަށް ވެސް މެހެމާނާއާ ސުވާލުކުރަން ފުރަސަތު ލިބޭނެއެވެ.

މި ޕްރޮގްރާމްގައި މާދަމާ ބައިވެރިވަޑައިގަންނަވާ ޖާބިރަކީ، ރާއްޖޭގައި ދެވަނަށް އުފެދުނު ސިޔާސީ ޕާޓީ ކަމުގައިވާ ޑީއާރުޕީގެ ލީޑަރެވެ. ޖާބިރަކީ އެ ޕާޓީގެ ލީޑަރު ކަން ކުރައްވާ ހަތަރުވަނަ ބޭފުޅާއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ސިޔާސީ ޕާޓީގެ ލީޑަރު ކަން މައުމޫންއާއި، އަހުމަދު ތަސްމީން އަލީއާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް އަދާ ކުރެއްވިއެވެ.

އެމްޑީޕީން ސިޔާސީ ހަޔާތް އެންމެ ފުރަތަމަ ފެއްޓެވި ޖާބިރު ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ކާށިދޫ ދާއިރާ ތަމްސީލް ކުރައްވާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ސަތާރަވަނަ ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ ގޮނޑި ޖާބިރަށް ލިބިވަޑައިގަތް އިރު، އޭނާ ފަހުން އަނެއްކާ ވެސް އެމްޑީޕީއަށް ގުޅިވަޑައިގަތެވެ. އެކަމަކު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިގެން އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިޚާބުވެވަޑައެއް ނުގަންނަވައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ކާށިދޫ ދާއިރާގެ ގޮނޑި ވާދަކުރައްވަން ވެގެން އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ޖާބިރު ވާދަ ކުރެއްވިއެވެ. އެކަމަކު އެތެރޭގެ އިންތިޚާބުން ބަލިވެވަޑައިގަތުމުން އެމްޑީޕީގެ ޓިކެޓެއް ލިބިވަޑައެއް ނުގަތެވެ.

ޕްރައިމަރީން ބަލިވާ ގޮތަށް ގާނޫނު އޮތުމުން،ި އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ދުސްތޫރީ މައްސަލަ ޖާބިރު ކާމިޔާބު ކުރައްވައި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވިއެވެ. އަދި ކާށިދޫ ދާއިރާގެ ގޮނޑި ވެސް ކާމިޔާބު ކުރައްވައި، ޕާޓީއެއްގެ ޕްރައިމަރީއަކުން ބަލިވި ކެންޑިޑޭޓަކު ވާދަކުރައްވައިގެން ކާމިޔާބު ހޯއްދެވި ފުރަތަމަ ކެންޑިޑޭޓަށް އޭނާ ވެވެވަޑައިގަތެވެ.

"ވަގުތު ހަވާސް" ޕްރޮގްރާމްގައި ސިޔާސީ މަސްރަހާއި ގުޅޭ ގޮތުންނާއި ޖާބިރުގެ ސިޔާސީ ހަޔާތާއި، އަންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން އަމާޒު ކުރެވޭ ސުވާލު ތަކަށް ޖަވާބު ދެއްވާނެއެވެ. އަދި ކްލަބް ހައުސް މެދުވެރިކޮށް އާންމުންނަށް ސުވާލު ކުރުމުގެ ފުރުސަތު ވެސް ދެވޭނެއެވެ.

"ހަވާސް" ގެ މެހެމާނުންގެ ލިސްޓު

  1. އަލީ އާޒިމް (އެމްޑީޕީ ޕީޖީ ލީޑަރު، މެދު ހެންވޭރު މެންބަރު)
  2. ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (ޕީޕީއެމްގެ އެޑްވައިޒަރު، ކުރީގެ އިސްލާމިކް މިނިސްޓަރު)
  3. އަލީ ހުސައިން (ކެންދޫ ދާއިރާގެ ޖޭޕީގެ މެންބަރު)
  4. އުމަރު ނަސީރު (ޑީއެންއޭގެ މުއައްސިސް، ކުރީގެ ހޯމް މިނިސްޓަރު)
  5. އަހްމަދު މަހްލޫފް (ޔޫތު މިނިސްޓަރު، އެމްޑީޕީގެ މެންބަރު)
  6. އަހްމަދު އާމިރު (އެމްޑީއޭގެ ނައިބު، ކުޑަހުވަދޫ ދާއިރާގެ މެންބަރު)
  7. ޝިދާތާ ޝަރީފް (އެމްއެންޕީގެ މެންބަރު، ކުރީގެ ޖެންޑާ މިނިސްޓަރު)
  8. އަބްދުﷲ ޖާބިރު (ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޮޅާލާ

    އޯއް އޯއް ޗޮއް ޗޮއް ޗޮއް ބަރުލަމާނީ ބަރުލަމާނީ އޯއް އޯއް އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޯއް އޯއް އޯއް އޯއް ބަރު ބަރު ބަރު ބަރުލަމާނީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ޖަހާ ބޮންޑޭ ބެކަށް އޯއް އޯއް އިޓްސް ދަ ރިދަމް ދަ ރިދަމް ރިދަމް ރިދަމް އޮފް އޯޑިއެންސްދޯ..

  2. އޭކު ސަވާލް

    ޖާބިރު ހިއްޕަވާ ގަހުވައިގެ އިނގްރިޑިއެންޓް ސާފުކޮށްލައްވައްޗޭ!

  3. ރައުޔެއް

    ޖާބިރަކީ ގެރެންޓީ ހަމަ ވެފައި ހުރި ހުސް ތޮށިގަނޑެއް