އެމެރިކާގެ އަސްކަރިއްޔާގެ ޓީމަކުން ރާއްޖޭގެ 36 ސިފައިން ތަމްރީނުކޮށްފިއެވެ.

އެ ސިފައިން ތަމްރީނު ކޮށްފައިވަނީ ދިވެހި ގައުމީ ދިފާއީ ބާރާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ކުރިއަށް ގެންދާ އެކްސަސައިޒް ލެންޓަން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިން އެކްސަސައިޒް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ހުކުރު ދުވަހު ހަވީރު، ލ.ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެކްސަސައިޒް ލެންޓަރން މެޓަލް އަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ މައްޗަށް އޮތް ހެއްކެއް ކަމަށެވެ.

ދެގައުމުގެ ދެމެދުގައި މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވަރކް އެގްރީމެންޓުގެ ސަބަބުން ދިފާއީ ރޮނގުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވިދާޅުވިއެވެ.

ޖޮއިންޓް އެކްސަސައިޒްގައި ދަސްކޮށްދިން މުހިންމު ހުނަރުތަކުގެ ތެރޭގައި ކޮމްބެޓް މާރކްސްމަންޝިޕް، ކައުންޓަރ-އައިއީޑީ އަދި މެރިޓައިމް އިންޓަޑިކްޝަން އޮޕަރޭޝަންސް ހިމެނެއެވެ.

އޭގެ އިތުރުން، މި އެކްސަސައިޒްގައި ހިއުމަން ރައިޓްސްގެ ބައެއް ހިމަނާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް އަޙައްމިއްޔަތުކަން ދެއްވާތީއާއި، ދިފާއީ ބާރު "ޑިމޮކްރަޓައިޒް" ކުރުމަށް މަސައްކަތްކުރަމުން ގެންދާތީ، ސިފައިންނަށް ހިއުމަން ރައިޓްސްގެ ރޮނގުން އިލްމާއި ހޭލުންތެރިކަން ދިނުމަކީ މުހިންމު ކަމެއްކަން މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވަނީ، މިދިޔަ ބުރާސްފަތި ދުވަހު، އަފްގާނިސްތާނުގެ ވެރިރަށް ކާބުލް އަށް ދިން ބޮމުގެ ހަމަލާތަކުގައި މިދުނިޔެ ދޫކުރި އެމެރިކާގެ ސިފައިންނާއި ޒަހަމްވި ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

އަދި 2004 ވަނަ އަހަރު އަފްގާނިސްތާނުން ފާސްކުރި ގާނޫނު އަސާސީން އެގައުމުގެ އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި، ރައްކާތެރިކޮށްދީ، ފޯރުކޮށްދިނުމަށް، އެ ގައއުމުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އައުޓް

    އެމެރިކާ އިން ތަމްރީން ކޮށް ދޭ މީޙުން ތާކުން ތާކު ނުޖެހޭނެއޭ މިހާރު ޑިފެންސް ކޮރަޕްޓް ވެގެން ތިޔާ އުޅެނީ ވެސް އެމެރިކާ އިން މީހުން ތަމްރީން ކުރާތީއޭ ބަދަލުގައި ސިންގަޕޯރ ނުވަތަ ޗައިނާ އަށް ފޮނުވަންވީ ސިފައިން ތަމްރީން ކުރަން އެމެރިކާ އެއޮތީ އަފްއާން އަތުން ބަލިވެފައި ދެން އެމެރިކާ އިން ރާއްޖޭގެ ސިފައިން ތަމްރީން ކޮށްފިނަމަ ވާނެ ގޮތަކީ ސިފައިން ކަމެއް ދިމާވާ ތަނުން ބިރުން ދުވެ ފިލާނެއޭ އިނގޭތޭ އެމެރިކާ އައުޓް އިންޑިއާ އައުޓް...

    2
    1
  2. ޢަހަންމާ

    ތީ މީގެ ކިތައްމަސް ކުރިން ނިމިފައިވާ ކަމެއް. ޢަދި ކިރިޔާތަ ވަގުތައް މައުލޫމާތު ލިބުނީ.

  3. ބަލިވީއޭ

    އެމެރިކާ އިން ތަމްރީން ކުރާ ސިފައިން ވާނީ ކޮރަޕްޓް އެމެން މޮޅެއް ނުވާނެއޭ އަފްއާން ބަލާބަލަ އެމެރިކާ ސިފައިން ބަލިވީ ދޯ ހަމަ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ އަކީ މޮޅު މިލިޓަރީ އެއް އޮތް ތަނެއް ނޫނޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ އެމެރިކާ ބަލިވީއޭ

  4. މަސްބުރި

    އެމެރިކާއިން މިއުޅެނީ ރާއްޖޭ ހިފަން

  5. ހުސެންދީ

    ކަލޯ ތިމީހުން 20 އަހަރުވަން ދެން އަފްޣާން ސިފައިން ތަމްރީން ކުރީ. އައި ތިންކް އައި މޭޑް މައި ޕޮއިންޓް

  6. ޖުހާ

    މުސްލިމުންނަށް ކޮންފަދަ އަނިޔާއެއް ދީފަ ތިބި ބައެއް މިއީ...

    3
    1
  7. މުހައްމަދު

    އެމެރިކާއިން އަފްޢާނިސްތާނުގައިވެސް ބަޔަކު ތަމްރީނުކުރި އެތައް އަހަރެއްވަންދެން.