ރާއްޖޭގެ ސިޔާާސީ ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި އދ އިން ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް ފިޝަރީޒް މިިނިސްޓަރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވީ އދ އިން މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށާއި، ރައީސް ޔާމީން ހުޅުވާލެއްވި އެ ދޮރު ބަންދު ކުރައްވާފައި ނުވާ ކަމަށެވެ.

މިނިސްޓަރ ޝައިނީގެ ޓްވީޓުގައި ވަނީ ޕާޓީތަކުގެ މަޝްވަރާގައި އދ އިން ބައިވެރިވުމަށް އެދިލެއްވީވެސް ހުދު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޕާޓީތަކުން އެއްބަސްވުމަށް ޔޫއެންއިން މީގެ ކުރިންވެސް އެދިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި އެކަމަށް އިދިކޮޅުގެ ފަރާތްތަކުގެ އެއްބާރުލުން ލިބިފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް އިދިކޮޅަށް ދައުވަތު ދެއްވާފައިވާއިރު އެފަރާތްތަކުން ވަނީ އެ ދައުވަތު ގަބޫލު ނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްލަމު

    ބަލަގަ ށައިނީ ކަލޯ އަކައް ނޭގޭނެ އަދުރޭ އޭ މިހާރު ސަރުކާރުގެ ފަރާތުން ބަސްބުނާނީ

  2. ޢާސްތު

    ޢަދުރޭ ބުނެފައޮތީ ނޫނެކޭ. ބައިވެރި ނުކުރެވޭނޭ.

  3. މިނިވަންމީހާ

    ފައިނޭންޝިއަލް އެކްސްޕްރެސް ނޫހުން ބުނެފައިވާ ގޮތުގައި އދގެ އެ ހުށަހެޅުމަށް ސަރުކާރުން ނޫނެކޭ ބުނީ މި ސްޓޭޖުގައި މެދުވެރިއަކު ބޭނުން ނުވާ ކަމަށް ބުނެއެވެ.

    ދެންކޮންސުޓޭޖެއްގައިތޯ އދ ބައިވެރިވާންބޭނުންވަނީ؟ ހުރިހާ ޕާޓީތަކުގެ އިސްވެރިން ޖަލުގަ، ކުރީގެ ރައީސުންނާ ނައިބު ރައީސުން ޖަލުގަ، ޑިފެންސް މިނިސްޓަރުން ޖަލުގަ، ޕުރޮސެކިޔުޓާރ ޖެނެރަލް ޖަލްގަ، އުއްތަމަ ފަނޑިޔާރު ޖަލުގަ، އެހެނިހެން ފަނޑިޔާރުންވެސް ޖަލުގަ އަދިވެސް މިސަރުކާރާ ދެކޮޅަށް ބަސްބުނި ސިޔާސީ އެތައްބައެއް ޖަލުގަ. އެހެންކަމުން 10000ރ މަސްވެރިންނާ ދޭވާހަކަ ބުނާ މިނިސްޓަރު ބުނާ އދ ބައިވެރިވެވޭ ސުޓޭޖް އަންނާނީ މިހުރިހާއެންމެންގެ ކަރަށް މަޅިތިރިކޮށްފަތާ.