ރިޔާސީ ކެންޑިޑޭޓް އެމްޑީޕީ އަށް، ރަނިން މޭޓް ޖޭޕީ އަށް ދޭން އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ދައުލަތް ހިންގުމުގެ މުޅި ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ބޭނުންނަހަމަގޮތުގައި ހިފައި، ރައްޔިތުންނަށް އަނިޔާވެރިވެ، ދިވެހިރާއްޖެއަށް ތަޢާރަފުކުރި ޑިމޮކްރެޓިކް ނިޒާމު ވެއްޔާ މޮޑެލައި، އިންސާނީކަރާމަތާއި އިންސާނީ ޙައްޤުތައް ނިގުޅައިގަނެ، އަދުގެ ސަރުކާރުން ކުރަމުންދާ ޚުދުމުޚްތާރު، އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސް، ގުޅިފައިވާ ސިޔާސީ ޕާޓީތައް (ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި، ޖުމްހޫރީ ޕާޓީއާއި، ޢަދާލަތު ޕާޓީ އަދި ރައީސް އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމު) ގުޅިގެން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިހުރިހާ ޕާޓީތަކެއް ތަމްސީލު ކުރުމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކާއި، ޖޭޕީގެ ރަނިންމޭޓަކު ނެރެ، އިންތިޚާބު ކާމިޔާބު ކުރުމަށް އެކުގައި މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

މިފުރުޞަތުގައި މި މުހިންމު ނިންމުމުގެ އިންތިޒާރުގައި ކެތްތެރިކަމާއެކު ތިއްބެވި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީން މީގެ ކުރިން ބުނަމުން ދިޔައީ މިފަހަރު ވެރިކަމަށް އައުމަށް އެންމެ ރަނގަޅީ އެ ޕާޓީ ކަމަށާއި މިއީ އެ ޕާޓީގެ ފަހަރު ކަމަށެވެ. އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރުމަށް ފަހު ރިޔާސީ ކެންޑިޑޭޓް އެއްގެ ގޮތުގައި ކުރީގެ ރައީސް ނަޝީދު ދިޔައީ އިންތިހާބަށް ކެންޕެއިން ކުރައްވަމުންނެވެ. ނަމަވެސް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ލަންކާ އަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ކުރީގެ ރައީސް ނަޝީދާއި ބައްދަލު ކުރުމަށް ފަހު ނަޝީދު ފަހަތަށް ފިޔަވަޅެއް އަޅުވައި އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިއުލާން ކުރައްވާފައިވަނިކޮށެވެ.

އެމްޑީޕީގެ ޓިކެޓް ދޫކޮށްލެއްވުމަށް ރައީސް ނަޝީދު ނިންމެވީ ރައްޔިތުންގެ ކަންބޮޑުވުންތައް ދުރުކޮށްދެއްވުމަށް ކަމަށް ވިދާޅުވި ނަމަވެސް ނަޝީދު ރިޔާސީ ޓިކެޓު ދޫކޮއްލެއްވީ އެމްޑީޕީގެ ކޮންގްރެސްގައި އިބޫއަށް ރިޔާސީ އިންތިޚާބުގެ ޓިކެޓް ދޭން ނިންމާފައިވާ ކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް އިދިކޮޅު އެއް ކެންޑިޑޭޓްގެ ގޮތުގައި ނެރެން އިދިކޮޅު ޕާޓީތަކުން މިރޭ އެއްބަސްވެ. ޖޭޕީއިން ރަނިންމޭޓަކަށް ނެރެ ވެސް ވަނީ އެއްބަސްވެފައެވެ. އިދިކޮޅު ކެންޑިޑޭޓް އަކަށް ނެރޭނެ ކަމަށް ބޮޑަށް ބެލެވެނީ އިބުރާހިމު މުހައްމަދު ސޯލިހުއެވެ.

ނަމަވެސް އެމްޑީޕީން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ މާދަމާ ބާއްވާ އެ ޕާޓީގެ ކޮންގުރެސްގައެވެ. އެއް ކެންޑިޑޭޓަކަށް އިދިކޮޅު ހުރިހާ ޕާޓީތަކަކުން އެއްބަސް މިރޭ ވެފައިވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކަކަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. Anonymous

  ވެރިކަން ލިބޭތާ 3 މަސް ފަހުން ބަޢާވާތް ކުރަން ޖޭޕީން ތައްޔާރުވޭ!

  • Anonymous

   މުސްތަގުބަލްގައި ތިހެންވާނެ ކަންކަން ހީއެއްގެ މައްޗަށް ބިނާކޮށް ވާހަދެއްކުމަކީ ރަނގަޅުކަމެއް ނޫން ހާއްސަކޮށް ބައެއްގެ ގުޅުމާ ބެހޭ ގޮތުން

   • އޮޅުންއަރާމީހާ

    ބަލަ ތިޔަބޭފުޅާައަކީވެސް އެތައް ވާހަކައެއް ހީއާ ވެދާނޭ ކިޔައިގެން ދައްކަވާ ބޭފުޅެއް! މިމީހުންނަށް މަސްތުޖެހުނީމަ މިމީހުންގެ ގަމާރުކަން އާއްމު އުޞޫލުތައް ވެސް "ބައެއް ފަހަރު" ގަބޫލު ނުކުރާ ހިސާބަށް ދެއޭ ދޯ!

 2. އަލިބެ

  ރިއާސީ ކެންޑިޑޭޓަކަށް އިބޫތަ އީވާތަ ޝާހިދުތަ ރަނިންމޭޓަކަށް އައިޝާތަ ހުސެންރަޝީދުތަ މަޢުސޫމްތަ ކެންޕޭންގެ ހަރަދުތައް ކޮންގޮތަކަށްބާ

 3. ބަލާތި

  ޕީޕީ އެމް އިން ވެރިކަމުގައި ތިބެމެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކަމުގައިވާ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅަެ ބިދޭސަިންގެ މައްސަލަ ހައްލު ނުކޮށް އަދި ރިސޯރޓްސް ތަކުން ބޭރު މަިހުންނަށް ވާރކް ވިސާ ދިނުމާއި އަދި މާލެ ސަރަހައްދުން ފްލެޓްސް ތައް ދިނުމުގެ ކަންކަން ސރުކާރުން ގިއަރ އަޕް ކުރަންވީ އިކޮނޮމިކް މިނިސްޓަރަށް އިމިގްރޭޝަން ނުހިންގެއޭ މިކަން ސަރުކާރުން ނުބަލަނީ އެއީ ކީއްވެތޭ.

 4. 3ނިރު

  އެެމްޑީޕީން ނިންމިގޮތް ގަބޫލެއް ނުވަަނެ

  • ހުސައިން

   މަރުޙަބާ. މޑޕ. ޖޕ. އދލތ. ރއސ މއމނ.

 5. ދެބުޅަލުގެ އަރާރުން

  ބޯކިބާ ބަހާނެގޮތެއްނޭގިގެން ތެޅޭބަޔެއް...އިމިއްލަ އެދުމާއިގެން ގޮސް ތިޔޮއްނިމެނީ..ސާބަސް! ގައުމު ވިއްކާލފަވެސް އަންބޮނޑި ބޮޑުކުރެވޭތޯ އުޅޭބަޔެއް..ތިބައިމީހިންނަކަށް ކާމިޔާބެއްނުވާނެ..ތެލާއި ފެނާއި އެކުނުވާނެ! ރައްޔިތުން މިހާރު ތިބީ ޗަރުކޭސް ކުޅެން ދޫކުރާގޮތަކަށްނޫން..ރައްޔިތުން ބަލަނީ ނަތީޖާޔަށް...މިހާތަނަށް ނަތީޖާ ދއްކެވި ރައީސަކީ ރައީސް ޔާމީން. ތި ދެޕާޓީގެ ކޯޅުމުގެ ތެރެއިން ގައުމަށްވަނީ އެތަށްބޮޑު ގެއްލުންތަކަކާއި ކުރިމަތި ކުރުވާފަ..އެހުރިހާ ގެއލުންތަކަކުން ގައުމު ސަލާމަތްކޮށް ރއްޔިތުންގޮވައިގެން ކުރިޔަށް ވަޑައިގަންނަވަނީ ރައީސް ޔާމީން...ޝުކުރިއްޔާ ރްއީސް ޔާމީން..ތިޔަ އުފުއްލަވަމުން ގެންދަވާ ބުރަ މަސްއޫލިއްޔަތު އުފުއްލެވޭނެ ގާބިލްކަމެއް ހުރި އިންސާނެއް އަދިޔެއް ނެތް...މޑޕ އަކުވެސް ނެތް، ޖުމްހޫރީޔަކުވެސް ނެތް!

  • ޗުޕް

   ޔމނ ވެސް އނނ ކައިރިން ފިލާވަޅު ލިބި ފަހަތަށް ފިޔަވަޅު އަޅަންވީ... ނޫނީ ވަރަށް ހުތުރުކޮށް އެކަނި ވާނީ.. !!! ބްރޯ ކަމިނގ ސޫން

 6. ައަބުދުއްލޯ

  އިންސާނީ ކަރާމާތަކީ އައްނި ޔާ މައުމުމޫން ކަމައް ވެއްޖިއްޔާ ބާކީ ޖަލުހަތިބި މީހުން ނާ މިދިޔަ 35 އެކި ކޮންކަހަލަ ކަރާމާތެއް ގެ ބައެއް

 7. ސިޔާސީ ލަފާ

  ޖޭޕީތިޔަ އެޅީ ޅައެއްޗެކެވެ ވެރިކަމަށް އައުމުގެ
  އެންމެބޮޑު ފުރުސަތެއް މިފަހަރު އޮތީ ޖޭޕީ އަށެވެ ޖޭޕީގެ ފަހަރު ޖޭޕީ ހަމައިސްކޮޅަށް ތެދުވެ އިންތިޚާބު ކާމިޔާބު ކުރުމަށް ގޮވާލަމެވެ
  އެމްޑީޕީ ރަނިންމޭޓެވެ ޖޭޕީ ރިޔާސީ ކެނޑިޑޭޓެވެ.

 8. ޢަށްކަރޭ

  ޓެސްޓްކޮށްލަން މަޖުބޫރުނުކޮށް ޕޕ ކުދިން ޖަލްސާއެއްރާވާލަބަލަ 100% ޗޮކުހުންދާނެކަން މި ކަމުގައި އުޅޭ އިސް މީހުންވެސް ގަބޫލުކުރޭ

 9. ލުކްވެލް

  އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް، ޖޭޕީގެ ރަނިންމޭޓަކަށް އެއްބަސްވެއްޖެ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ޕީޕީއެމް އިން ޖެހޭނެ މިކަމުގައި ވަރަށް ބޮޑަށް ވިސްނަން. ޕީޕީއެމް ކެމްޕެއިން ޓީމް އިން ގޭގެއަށް ގޮސް މަސައްކަތް ކޮށް އަދި ޓީޗަރުން މުލިއާގެ އަށް ގެންގޮސް އިދާރީ މަސައްކަތް ކުރުވުން އެއީ މައްސަލަ އެއް ނޫން އެކަމަކު އެއިން ލިބޭނެ އާ ވޯޓް އެއް ނެތް މަމެން އެ އެކްސަސައިޒް 3 ދުވަސް ވަންދެން ބަލާ ދިރާސާ ކޮށްފީމެވެ. އެ އެކްސަސައިޒް އިން ނިކުންނާނެ ނަތީޖާ އަކީ ޕީޕީއެމްގައި މިހާރު ތިބި މެމްބަރުންނާއި ޕީޕީއެމްގެ ސަރުކާރާއި ކައިިރި ކޮށްދިނުން އެކަމަކު އެމެންގެ ހިތް ތަކުން ވިންވިއޭ އަދި ނުބުނެވޭނެއެވެ. އެކަން އިނގޭނީ އިދިކޮޅު ޓީމް އިން ކެމްޕެއިން ކޮށް އެމެން ރައްޔިތުންނާއި ގުޅިފައިވާ ކަންކަން ކަމުގައިވާ މާލެ ސަރަހައްދުން ފްލެޓްސް ތައް ދިނުމަށް ޓަކައި އެމެން ރާވާފައި ރޭވުން ހާމަ ކުރުމުން. އެމެން ހާމަ ކުރުމުން ދެން ސަރުކާރުން އެއާއި ވިއްދާ ނެރޭ ފޯރމިއުލޭ ނުހިނގާނެ ކަން އެއީ ކަށަވަރު ކަމެއް.

 10. ކުރެވޭނެއޭ

  އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް، ޖޭޕީގެ ރަނިންމޭޓަކަށް އެއްބަސްވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން ޕިންކީންގެ ސަރުކާރުން ބާރުގައި ސަރުކާރު ހިންގަން އޮވެމެ ރައްޔިތުންނާއި ސީދާ ގުޅިފައިވާ ކަންކަން ހައްލު ކުރުމުގެ ބަދަލުގައި ހައްލު ކުރަން ނިހާން މެން ވެސް ދިމާ ކުރަނީ ރަށުތެރޭގައި އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށް އުޅޭ ޒުވާނުން ކަމަށް ހެދިގެން އުޅޭ މީހުން ދައްކާ ވާހަކަ ތައް ކަމަށްވާ ޕާރކިންގް ސްޓިކާ މާފުކޮށް ދިނުން ފަދަ ކަންކަމެވެ. އެއިން ރިޔާސީ އިންތިޚާބުގެ ވޯޓަށް %1 ވެސް ގެއިން ނުކުރާނެއެވެ. މިހުންނަނީ ދެން ވަރަށް ޕެޓީ ކަން ކަން ކުރިއަސް ހެޔޮ ނުކުރިއަސް ހެޔޮ އެއީ ސިޔާސީ ގޮތުން ބަލާނަމަ މަކްރޫހަ ކަންކަން މިހުންނަނީ. މީގައި ގޭމް ޗޭންޖް ކުރެވޭނީ ބިގް ތިންގްސް އިންނެވެ. ބިގް ތިންގްސް އަކީ މިސާލަކަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އެމެން ފުރުވާލާނެ ގޮތުގެ ރަނގަޅު ނިޒާމެއްގެ ދަށުން އެކަން ސެޕް 23 ގެ ކުރިން ހައްލު ކޮށްދީ ސަރުކާރުން. މިކަން ކުރެވޭނެ.

 11. ދަވޭ

  އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ނެރޭނަމަ އެއިން ދޭނެ ވަރުގަދަ ފައިޓެއް ޕީޕީއެމް އެމްޑީއޭ ކޯލިޝަނަށް އެއީ ކަށަވަރުވެ ޔަގީން ވާ ކަމެކެވެ. ކަން މިހެން ހުރުމުން ޕީޕީއެމް އިން ޖެހޭނެ އުމަރު ނަސީރު އޮން ބޯރޑް ކުރަން އެއީ ވަކި ބްލޮކެއްގެ ގޮތުގައި ނުސީދާކޮށް އެއީ ސިޔާސީ ޕާރޓީ އެއް ކަމަށް ބަލައިގެން. ދެން އަނެއް ކޮޅުން ޕީޕީއެމް ވެރިކަމުގައި އޮވެމެ ސަރުކާރަށް ވެސް އިނގެންވާނެ ޕީޕީއެމްގެ ޕީޖީ ގްރޫޕް ވެސް ދަންނަން ޖެހޭނެ ޓްރެޑިޝަނަލް ކެމްޕެއިން ކޮށްގެން މިފަހަރު ޕީޕީއެމް އަށް ގޭމް ޗޭންޖް ނުކުރެވޭނެ ކަން ސެޕް 23 ގައި. އެއީ ޔަގީން ކަމެއް. މިކަން ކުރެވޭނީ ބިގް ތިންގްސް އިން. މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ އަމިއްލަ ފަރާތް ތަކަށް ތިލަފުށި އަދި ގުޅިފަޅު ހިއްކައިގެން ކޮންމެ ކުންފުންނަކަށް 4 ހާސް އަކަފޫޓް މަހަކު އަކަފޫޓަކަށް 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ދޭން ކެބިނެޓް އިން ނިންމާ އެކަމަށް އެދޭ ހުރިހާ މީހުންނަށް އެފަދަ ލިޔުން ހަވާލު ކުރަންވީއެވެ. އިދިކޮޅުގައި ވެސް އަދި ރޫލިންގް ޕާރޓީގައި ވެސް ތިބޭ ސިޔާސީ ފިގަރސް ތަކަށް ވަނީ އިގްނޯރ ކުރެވިފައި ވިޔަފާރި ވެރިން. އެއީ ރަނގަޅަށް ޕޮލިޓިކަލް ސައެންސް ނޭގޭތީވެ ވާ ގޮތެވެ. ވިޔަފާރިވެރިންގެ ހިތް ތަކުން ވާ ވިންއަކީ އެއީ ރިލަޔަބްލް ވިން އެވެ. އެމެން ނުވާނެ ޒުވާނުން ނަށް ވާ ގޮތެއް އެމެން ސަރުކާރަށް ހަރާމްކޯރު ނުވާނެ ތިޔާ ޒުވާނުން ނަކީ އެއީ ދަ ހަރާމްކޯރު ދަ ބަތާހަރާމީ އުސޫލުން ކަން ކަން ކޮށް ޕީޕީއެމް އަށް ވޯޓް ނުދީފާނެ ބަޔެކެވެ. އެކަން މަމެންނަށް ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އަށް ވޯޓް ދޭނަމޭ ބުނެ ހަރާމްކޯރުވި ޒުވާނުން ގެ ފަރާތުން ފެނިފައެވެ. ދަ ރާއްޖެތެރޭގައި ތިބޭ މީހުންނަކީ އެއީ އެއްވެސް ގެރެންޓީ އެއް އޮންނަ ޒުވާނުންނެއް ނޫން އެމެންނަކީ އެއީ ވަރަށް ބޮޑަށް އީގޯ ސިންޑްރޯމް ޖެހިފައިވާ ބަޔެކެވެ. މިކަން ދަންނަން ޖެހޭނެ ސަރުކާރުން. ސަރުކާރަށް މަޖްބޫރުވާނެ މާލެ ސަރަަހައްދުގައި ވޯޓް ލާމީހުންގެ %95 ވޯޓް އަތުލުން. މިކަން ކުރެވޭނީ ވިޔަފާރިވެރިން ނަށް ކަންކަން ފަހިކޮށްދީގެންނެވެ.

 12. މޭކްއިޓް

  އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް، ޖޭޕީގެ ރަނިންމޭޓަކަށް އެއްބަސްވެއްޖެ ނަމަ މިކަމަކީ މީ ޑެޑް ސީރިއަސް ކޮށް ސަރުކާރުން ވިސްނަން ޖެހޭނެ ކަމެކެވެ. ސަރުކާރަށް މިގޭމް ޗޭންޖް ކުރެވޭނީ ލާރޖް ކޮށް އިގްތިސާދީ އަދި ވިޔަފާރީގެ ކަންކަން މާލެ ސަރަހައްދަށް ޖައްސައިގެން. ދަ ރާއްޖެތެރޭ ހޮޅުއަށި ތަކުގައި ރަނޑު އަނގަ ތަޅާނެ މާލެ ސަރަހައްދަށޭ ހުރިހާ ކަންކަން ކޮށް ދެނީ އެކަމަކު އެމެންނަށް މާލެ ސަރަަހައްދުން ވިޔަފާރި ކުރަން ބިމެއް ކުޑަ އަގުގައި ލިބޭނަމަ އެމެން ފޫގަޅާފައި މާލެ ސަރަަހައްދަށް އައިސް އެކަން ކޮށް ދިން ސަރުކާރަކަށް ވޯޓް ދޭނެއެވެ. އެވްރީތިންގް ހޭޒް އަ ޕްރައިޒް ޓެގް މިތިއަރީ ގަބޫލު ނުކުރާ މީހަކީ އެއީ ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް ދަންނަ މީހެއް ނޫނެވެ. ރާއްޖޭން ބޭރުން ބަންގާޅުން ގެންނަން މިޙާރު ސަރުކާރުން ހަމަޖައްސާފައިވާ ގޮތް އެއީ ޕާރފެކްޓް ގޮތް އެކަމަކު އެބަޖެހޭ ވިޔަފާރިވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން މިހާރު ބަހައްޓާ ޑިޕޮޒިޓް 8 ހާސް ރުފިޔާގެ ބަދަލުގައި 4 ހާހަށް ހަދަން. މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް..

 13. ގޮޓިބޯ

  ކޮބާ ގަޓު ރައީސް ކިހިނެއް ހީވޭ!

 14. ހައިލެވެލް

  އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް، ޖޭޕީގެ ރަނިންމޭޓަކަށް އެއްބަސްވެއްޖެ ނަމަ ޕީޕީއެމްގެ ސަރުކާރަށް ދޭ ވޭކް އަޕް ކޯލް އެކެވެ. ސަރުކާރުން ޖެހޭނެ އިއްޔެ އެމްޑީޕީ ގެ މެމްބަރުންނަށް ދިން ގޮތަށް ވަރުގަދަ ޝޮކް އެން އޯވް އެއް ދޭން އެމެންނަށް އިގްތިސާދީ ގޮތުން. އެމްޑީޕީން ވަރަށް މަލާމާތް ކޮށްފައި ޖޯކް ޖަހާ ދޯ މަމެން ޕިންކީންގެ ސަރުކާރަކީ އެއީ އިގްތިސާދު ދަންނަ ސަރުކާރެކޭ ބުނުމުން. އެކަން މިފަހަރު އެއާލާތް ގަނޑަށް ޖެހޭނެ ދައްކާލަން މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން. ލޯ މަރާލާފައި ދޭން ނިންމަންވީއޭ ގުޅިފަޅު އެއްކޮށް ހިއްކާލާ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އަމިއްލަ ކުންފުނި ތަކަށް 4 ހާސް އަކަފޫޓްގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރަށް ކުއްޔަށް ދޭން ނިންމާ އެކަން އިއުލާން ކޮށް އެފަދަ ލިޔުންތައް ކުންފުނި ތަކާއި ހަވާލުކުރަންވީ 2019 ނިމުމުގެ ކުރިން ގޯތި ދޭނެ ކަމަށް ގުޅިފަޅުން. ނުކުޅެވޭނެ މަމެން ޕިންކީން ނާއި މަމެން މީ ހައިލެވެލް ދޯ.

 15. ޙަފްޞާ / މާލެ

  އެމްޑީޕީއަކީ ކޮބައިކަމާ އެމީހުންގެ މަކަރާއި ޙީލަތް ޖުމްހޫރީޕާޓީއަށް މިހާރު އެނގޭނެއެވެ. ތި ދެބައި އެވިޔަސް އެމްޑީޕީ އެއްވާނީ އެދުންއިސްކޮށްގެންނެވެ. އާޚިރުގައި ކަރުބުޑުގައި ހިތިރަހަ ލައްވާލާނޭކަންވެސް އެގޭނެއެވެ. އެމްޑީޕީންކޮންމެމީހަކު އަޔަސް އެއީ އަންނިގެ ޕްޕެޓަކަށްވާނެއެވެ. މިއީ ތޯތޯ ވާހަކައެއްނޫނެވެ.
  ކިތަންމެވަރަކަށް ބަޔާންތައް ނެރުނަސް 2018 ގެ ރިޔާސީ އިންތިޚާބު އިންޝާއަﷲ ފުރަތަމަބުރުން ރައީސްޔާމީން ކާމިޔާބުކުރައްވާނެއެވެ.

 16. ބަލާތި

  އެމްޑީޕީގެ ތިން ވަނަ ކޮންގްރެސް އުކުޅަހުގައި ފަށައިގެން ކުރިއަށް ދާއިރު މަމެން ޕިންކީންގެ ވެރިކަމުގައި ނޫހުގެ ފަލަ ސުރުޚީ ތަކުން މަމެން ޕިންކީންގެ ސަރުކާރުން ރައްޔިތުންނާއި ގުޅިފައިވާ ކަންކަމުގައި ސަރުކާރުން ރައްޔިތުންނަށް ފަހި ކޮށްދޭ ކަންކަން އިއުލާން ނުކުރަނީ އެއީ ކީއްވެގެންތޭ އެގޮތުން ބަލާއިރު ވަރަށް މުހިއްމޭ ރާއްޖޭގެ ކޮންމެ އަތޮޅަކަށް ހުޅުމާލޭ ދޭކުން 10 ހާސް އަކަފޫޓްގެ ބިމެއް ދޭން އިއުލާން ކޮށް ހަދާ ހުޅުމާލޭ ދޭއްގެ ހުޅަނގުގައި އޮތް ބޮޑު ފަޅު އަނެއްކާ ހިއްކާލަންވީއޭ އެމްޓީސީސީ އަށް ދީގެން އައިސް އެސްޓީއޯގެ ހޮޓަލާއި ޖެހެން ދެން އެއިރަަށް އެތަނުން މި ސައިޒުގެ 20 ބިން ނެގޭނެ ނޫންތޭ އެއިރުން ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގެ ނަމުގައި މިއިން ކޮންމެ ބިމެއްގައި 50 ބުރީގެ ޓްވިން ޓަވަރު އަޅާ އެއަތޮޅުގެ މީހުންނަށް ކުއްޔަށް ދިނީމާ ނިމުނީ އެއް ނޫންތޭ މިފަދަ ކަންކަން ކުރަން ސަރުކާރުން އެބަޖެހޭ ވިސްނާ އިއުލާން ކުރަން މިއަދު. އެއީ މުހިއްމު ކަމެކޭ.

 17. Anonymous

  ދެން އަދާލަތަށް މައުމޫނަށް ކޯންޗެއް؟ ހުސްއަތާ ދާންވީ ދޯ!

 18. ޢަލީ

  ދެން އަދާލަތަށް މައުމޫނަށް ކޯންޗެއް؟