ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުން ކަމަށް ބެލެވޭ ފަނޑިޔާރުންނާ ގުޅޭ ގޮތުން ލީކްވި އޯޑިއޯތަކުގެ ވޮއިސް އެނާލަސިސް ރިޕޯޓް ހަފްތާއެއްގެ ތެރޭގައި ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފިއެވެ.

ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދުއާއި، ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްގެ އަޑު ހިމެނޭ ތިން އޯޑިއޯއެކެވެ. އެއީ ސީދާ އެ ފަނޑިޔާރުންގެ އަޑުކަމަށް އެ ބޭފުޅުންގެ ގާތް ބައެއް ފަރާތްތަކުންވެސް ވަނީ ބުނެފައެވެ. ނަމަވެސް ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ޖޭއެސްސީއަށް ހާޒިރުކުރުމުން ތިން ފަނޑިޔާރުންވެސް ވަނީ އެެއީ އެ ފަނޑިޔާރުންގެ އަޑު ނޫން ކަމަށް ވިދާޅުވެފައެވެ. އެއަށް ބާރު ދެއްވުމުގެ ގޮތުން ފުލުހުންގެ ތަހުގީގަށް ތިން ފަނޑިޔާރުން ވަނީ އަޑުގެ ސާމްޕަލްވެސް ދެއްވާފައެވެ.

ޖޭއެސްސީގެ އޮފިޝަލަކު "ވަގުތު"އަށް މިއަދު ވިދާޅުވީ އޯޑިއޯ އެނާލަސިސްގެ ރިޕޯޓް ވަރަށް އަވަހަށް ލިބޭނެ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ. ސީދާ ވަކި ދުވަހެއް ވިދާޅުވެފައި ނުވިޔަސް އުއްމީދަކީ ވީހާވެސް އަވަހަކަށް އެ ރިޕޯޓް ލިބުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އުއްމީދު ކުރަނީ ހަފްތާއެއްގެ ތެރޭގައި ރިޕޯޓް ލިބޭނެ ކަމަށް" އޮފިޝަލް ވިދާޅުވިއެވެ.

އެއަށް ފަހު ޖޭއެސްސީން އެ މައްސަލާގައި ނިންމާ ގޮތަށް އާއްމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލީކުވި އޯޑިއޯއާއެކު ސިޔާސީ މަޝްރަހު ވަަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އެ އޯޑިއޯތަކަކީ ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ލިބޭ އިތުރު ހެއްކެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދަނީ ބުނަމުންނެވެ. އެ ވާހަކަތަކަށް އިތުރަށް ބާރު ދެއްވާފައިވަނީ ކުރީގެ ބައެއް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު ވިދާޅުވީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރާފައި އޮތް މިންވަރު ގާތުން ފެނިވަޑައިގެންނެވި ކަމަށާއި އެކަން ތަޖުރިބާ ވެސް ކުރެއްވުނު ކަމަށެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅަކީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. އަލީ ޒާހިރު، ބައެއް ފަނޑިޔާރުންނާ ގުޅުއްވައި ވަކި ގޮތަކަށް ޝަރީއަތް ކުރިއަށް ގެންދަަވަން އިރުޝާދު ދެއްވަމުންދާ ވާހަކަ އޭނާ ގެންދަވަނީ ތަކުރާރުކޮށް ދޮގުކުރައްވަމުންނެވެ.

ކުރެވޭ ތުހުމަތުތައް ސާފުކޮށް ދިނުމަށް އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އަލީ ޒާހިރު ވިދާޅުވީ އެ ވާހަކަތައް ދައްކަނީ ޔާމީންގެ ޝަރީއަތަށް އިދިކޮޅުން ނުފޫޒު ފޯރުވަން ކަމަށެވެ. ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙާލަތު

    ޖޭއެސްސީ މިކަމުހެ ތެރެއަށް ވަދެގެން ނުވާނެ... ފަނޑިޔާރުން ސަސްޕެންޑް ކޮށްލަން ނުކެރުން މިފަދަ ބޮޑު މައްސަލައެއްގެ ތުހުމަތުވާއިރުވެސް.!!!

  2. ވާނުވާ

    ތީ ފައްކާ 3 މުނާފިޤުން ދުވަހަކުވެސް އިސްލާހެއްނުވާނެ، ހަރާން ފައިސާ ބަނޑުއަޅައިގެން އުޅޭނީ ޖައްބާރުކަން ނިކަންދެކިބަލަ. އިސްލާމްދީނުގައި އޮންނަ އެންމެ ހަރުކަށި އަދަބު މިމީހުންނަށްދޭންފޭނޭ. ޝަރުތުފުރިކަމަނުވާ ތިން ޙާއިނުނުން. މި ކޮމެންޓް ޝާއިރު ކޮށްދެއްވާ

    10
  3. އިސްޢާފް ސަލީމް

    އޯޑިޔޯތަކުގައި އެވަނީ މި ތިން ފަނޑިޔާރުންގެ އަޑުކަމީ ޝައްކެއް ނެތްކަމެކެވެ. އޯޑިޔޯތަކުން ދައުލަތް އޮރިޔާންވުން އިހުނަށްބޮޑުވާނެއެވެ. އެހެންވީމާ ތިޔަހަދާ އެނަލަސިސްތަކުން ނުކުންނަނޭކަމަށް ދައުލަތުން ނެރޭނޭކަމަށް ފެންނަ ނަތީޖައަކީ އެއީ އެ ތިން ފަނޑިޔާރުންގެ އަޑު ނޫންކަމުގައެވެ. އެހެނަސް މަތްﷲ އީ މޮޅަށް ދެނެވޮޑިގެންވާ ، އިންތިޤާމުހިއްޕެވުން ގަދަފަދަވެގެންވާ ރަސްކަލާންގެއެވެ.

    13
  4. އައްމަޑޭސަމީރު

    އޯޑިއޯތަކުގެ ފޮރެންސިކު އެނަލައިސްއެއް ރާއްޖެއިން
    ބޭރުން އަމިއްލަ ފަރުދަކަށްވެސް
    ހެދިދާނެ ހަގީގަތެއްނުފޮރުވޭނެ

  5. ސަނީމާ

    ތިޔަ ރިޕޯޓް އޮންނާނެ އެއްޗެއް ނޭނގޭ ކުޑަ ކުއްޖަކުވެސް ނޫޅޭ..

  6. ނާދިރާ

    މޮސާޑުންތަ އެނަލިސިސް ހެދީ

  7. ދޮނާ

    މި ތިން މިހުނަށް ކިތަށް މިލިޔަން ޔަމިނުގެ ފަރާތުން ލިބިފަވޭތޯ ކަށްވަރުކުރަން އެބަޖެހޭ. ތިން ދިގު ޓައި އަޅައިގެން ތިބެ ބުހުތާނު ދޮގު ހަދާ މީހުނަށް އަދަބެއްވެސް ދެވޭނެ ނިޒާމެއް މިރާއްޖޭގައި ނެތޯތޯ؟ ބަލަ ޔާމިނުއަށް ސްޕްރީމް ކޯޓުްން ހުކުމް ކުރަން ކައިރިވީމަތޯ ތިބޭފުޅުންނަށް ނުފޫޒު ފޫރުވިކަމަކަށް ވަނީ. މަގާމުން ދުރުކުރި ދުވަހުވެސް ތިހެން ބުނެވެން އޮތްވަ ނުބުނެ ތިބެފަ ޔާމީނުގެ ހުކުމަށް ނުފޫޒު ފޯރުވުމަށް ތިދައްކާ ވާހަކަ ތަހުގީގު ކުރެވި ހެކި ނުލިބުނިއްޔާ ތިބޭފުޅުންވެސް ތިއްބަވާނެ ތަނަކީ ހަމަ ޔާމިނުވެސް މިހާރު ހުންނެވި ތަން.

  8. މަންޖެ

    އިންސާފާ ހަމަކަމާއެކު ޔާމީންގެ ޝަރީޢަތް ބެލުމަށް ގޮވާލަން.އެތަނެއްގައި ފިތުނަޔާ ފަސާދައާ ހަމަހަމަކަން ގެއްލިއްޖެތަނެއްގެ ނިމުން ރަނަގަޅެއްނުވާނެ.