ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރ. ރަސްގެތީމު ސްކޫލަށް ޒިޔާރަތްކުރައްވައި ލައިބްރަރީއަށް ގަނާކުރުމާ ބެހޭގޮތުންނާ، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވައިފިއެވެ.

އެ ޒިޔާރަތް ކުރެއްވުމުގައި މެޑަމް ފަަޒްނާ ވަނީ މުޖުތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކާއި ދޭތެރޭ ކުދިން ހޭލުންތެރިކުރުމާ، މުޖުތަމަޢުގައި ހިނގާ އެފަދަ ޢަމަލުތައް ހުއްޓުވުމުގައި ޓީޗަރުންނަށް ްކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ގެ ޙާލަތުގައި ޓީޗަރުން ކުރެއްވެވި ބުރަ މަސައްކަތްތައް ފާހަގަކުރައްވަމުން ދިމާވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައި ކުދިންނަށް ތަޢުލީމުދިނުން ހުއްޓާނުލާ ކުރިޔަށް ގެންދިޔުމަށް ޓެކްނޮލޮޖީގެ އެހީގައިވެސް ކޮށްދެއްވި މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ.

އެ ސްކޫލްގެ އިސްވެރިން ވަނީ އެބޭފުޅުންނަށް ކިޔަވައިދިނުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އެކަމަނާއާ ހިއްސާކުރައްވާފައެވެ. މިގޮތުން، ސްކޫލްގައި އެއްދަންފަޅިއަށް ކިޔަވާދިނުމުގައި ދިމާވާ ޖާގައިގެ ދަތިކަން ފާހަގަކުރެއްވިއެވެ. އަދި ކިޔަވާދިނުމުގައި ދިމާވާ ކަންތައްތަކާ ގުޅޭގޮތުން އެކަމަނާއާ މަޝްވަރާކުރައްވައި ޚިޔާލު ހޯއްދަވާފައެވެ.

މަޑަމް ފަޒްނާ ވަނީ މަތީ ވަނަ ތަކެއް ހާސިލުނުކުރެވުނަސް ކުއްޖާ ސްކޫލުން ނުކުންނަ އިރު އެކުއްޖާގެ ގައިގައި ބޭނުންވާ ތަޢުލީމާއެކު ރަނގަޅު ސިފަތަކެއް އަށަގަނެފައިވުމަކީވެސް ސްކޫލަށް ލިބޭ ކާމިޔާބީއެއްކަމަށް ފާހަގަކުރައްވާފައެވެ.

ރަސްގެތީމު ސްކޫލަކީ 125 ދަރިވަރުން ނަށް އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ހާދަ ބައިވަރު ފޮތެއް

    4
    2
  2. މުހަންމަދު

    80 ގެ އަހަރުތަކުގެ ކުރީކޮޅު، މާލޭގެ މަގުތަށް އަކިރި އަޅައިގެން ހެދި ޒަމާނުގަ ރާއްޖޭގެ އެކި ރައްރަށުން އަކިރި ގެނެސް ހަދިޔާކުރި އެވެ. މިގޮތުން ކުޅުދުއްފުށީ މީހުން ދޯންޏެއްގައި ދިދަ ނަގައިގެން އަންނާތީ، ތަކެއްޗާ ހަވާލުވާން ސަރުކާރުގެ ބައެއް ބޮޑުން ވެސް އަތިރި މައްޗަށް ނުކުތްކަމަށް ވެއެވެ. އެކަމަކު ގެނައި ކަމަށް ވަނީ އެންމެ 8 ޑަބިޔާ އަކިރިއެވެ. އެހެން ވީމަ 2 ފޮތްލިބުންވެސް އެއްޗެއް ނުލިބުމަށް ވުރެ ރަގަޅު.....