ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް މަގު ދައްކާ އަދި އާންމު ރައްޔިތުންގެ ދިރިއުޅުން ބައްޓަން ކުރުމުގައި ސްޓްރެޓީޖިކް އިންޓެލިޖަންސްގެ ދައުރު ވަރަށް ބޮޑު ކަމަށާއި، ބައިނަލްއަގްވާމީ ގޮތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންޓެލިޖަންސްގެ ޙިއްސާ ވަރަށް ބޮޑު ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، ވިއްސަށް ވުރެ ގިނަ ގައުމުގެ ޑިފެންސް އިންޓެލިޖަންސްގެ އިސްވެރިން ބައިވެރިވެޑައިގެންނެވި އަދި މިމަހުގެ ހަޔަކުން އަށަކަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ 14 ވަނަ އިންޑޯ ޕެސިފިކް އިންޓެލިޖަންސް ޗީފްސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

މިއަހަރުގެ ކޮންފަރެންސްގެ މައުޟޫއަކީ "އޯވާކަމިން ގްލޯބަލް އިންޓެލިޖަންސް ޗެލެންޖަސް ތުރޫ ޕާޓްނަރޝިޕްސް"، ނުވަތަ ބައިނަލްއަގްވާމީ އިންޓެލިޖަންސް އިދާރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމެވެ.

އެ ކޮންފަރެންސްގައި މާރިޔާ ވަނީ ދެ ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ އަދި ކަނޑުމަގުން ކުރާ ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ އިންޑިޔާ ކަނޑު ހިމެނޭ ސަރަޙައްދުގައި އިސްތިރާޖީގޮތުން އައިސްފައިވާ މައިގަނޑު ބަދަލުތަކާއި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދޭދޭ ގައުމުތަކުން ގުޅިގެން، އިންޓެލިޖަންސް މައުލޫމާތާއި ބެސްޓް ޕްރެކްޓިސް ހިއްސާކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަދަ ގޮންޖެހުންތަކާ ދެކޮޅަށް ޓްރެއިނިންތައް ހިންގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަބަދުވެސް ބާރުއަޅުއްވާ ކަމެއް ކަމަށާއި، މި ކޮންފަރެންސް މެދުވެރިކޮށް، އެކަން ކުރުމަށް އިތުރު ދޮރުތައް ހުޅުވިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

99.7 އިންސައްތަ ފެނުގެ މައްޗަށް އެކުލެވިފައިވުމުގެ އިތުރުން، އެއްހާހަށްވުރެ ގިނަ ރަށުގެ ތެރެއިން، އެއްބައި ރަށްރަށުގައި މީސްކޮޅު މަދު، އަދި ތޮއްޖެހި ފިތިފައި އޮންނަ މާލެއަކީ ވެރިރަށްކަމުގައިވާ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގެ ސަލާމަތާއި ރައްކާތެރިން ކަށަވަރުކުރުމުގައި، ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށްޗެސް މާރިޔާ ވަނީ އަލިއަޅުއްވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުޙައްމަދު

  ރާއްޖޭގެ ހުރިހާކަމެއްވަކިގައުމަކަށް އެގުނީމަ އެއޮތީ އިންޓެލިޖެންސް ވަރުގަދަވެފަ. މާރިޔާއްތަ ކޮސްވާހަކަނުދައްކާ. ތިޔައީ ޑިފެންސް މިނިސްޓަރައަކަށް ކުފޫހަމަވާމީހެއްނޫން.

 2. ހުސޭނުބޭ

  ރައްކާތެރިކަން ކަށަވަރުކުރަން ތަޅާނެ ކުދިންކޮޅެއް ހޯދާ!

 3. މެކް

  އަމިއްލަ އެދުމުން ފުރިގެންވާ މާރިޔާ ޤައުމީ އެއާލައިން ފުޑާލާ ތިމާއާއި ސޯލިހގުއައް ބައިއަލާ އެއާލައިން ކުރީގައި ޤައުމު ފުޑެނީ ރައްޔިތުން ހަނާވަނީ

 4. ރާއްޖެތެރެ

  އިންޑީޔާ އައުޓް ރައްޖެ ފިތިފަމިއޮތީ