ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކަފާލާތުގެ ދަށުން ދޫކޮށްލާއިރު، އެމަނިކުފާނާއި ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީޢަތް ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކޮށްދިނުމަށް އެމަނިކުފާނުގެ ވަކީލުން އިއްޔެ ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ. ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކުރުމާއި ގުޅޭ ގޮތުން ޝަރީޢަތުގައި ވާހަކަ ދެއްކުން ދެދުވަސް ފަހުން ތާވަލް ކުރައްވާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލަން ޖާމިނުވާން އޭނާ ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. "ކަފާލާތުގެ ދަށުން ސިޔާސީ އެހެން ފަރާތްތައް ދޫކޮށްލިފަދައިން ޔާމީން ދޫކޮށްލުމަށް އިލްތިމާސް ކުރަން. ކުޑަކެކުރި ބޮޑު ކެކުރީގެ ހަމައަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާ ދަންނަ ހަމައެއް ނޫން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި ވެސް އެދުނެވެ. ނަމަވެސް ހައިކޯޓުން ނިންމީ ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލެވެން ނެތް ކަމަށެވެ.

ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލެވެން ނެތް ކަމަށް ހައިކޯޓުން ނިންމި ނަމަވެސް 2018 ވަނަ އަހަރު ރައީސް ސޯލިހް ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ފަހުން އޭރު ޖަލުގައި ތިއްބެވި ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ކަފާލާތުގެ ދަށުން ދޫކޮށްލިއެވެ.

ޔާމީންގެ އިސްތިއުނާފު ޝަރީއަތް ސުޕްރީމް ކޯޓުގައި އިއްޔެ ފަށާފައި ވާއިރު މިއަދު ވެސް އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ދިވެހިރައްޔިތުން

  ޖާމިނުވާ މީހާ ޖަލުގައި ބައިންދާފަ އަވަހަށް ޔާމީން ދޫކޮށްލާ

 2. ވިއްޓޭ

  މަވެސް ތައްޔާރު.

  16
  2
 3. އަބުދު

  ފައިސާ ދިނުމުން ކިޑުނީ ވިއްކާ އުސޫލު ސަރުއީ ނިޒާމުގަ އޮންނާކައް ނުޖެހޭނެ. އެމީހަކު ކުރި ކުށެއްގެ އުގޫބާތް ލިބެންޖެހޭނީ އެމީހަކަށް.!!!! ތިހެން ތިކަން އޮތުމަކީ ބޮޑެތި ކުއް ކުރުމައް ހުޅުވާފަހުންނަ ވަކިމިނެއްނެތް ބޮޑު ދޮރަކައް ނޫނީ ނުވާނެ. މޑޕ ޕޕމ ގެ އިސް ހުރިހާ އެއްމެން ސިޔާސީ މަސްރަހުން ބޭރު ކުރަންވީ . މިރާއްޖެ މިމީހުންގެ ލަދުހަޔާތް ކުޑަކަމާއި ހީލަތާމަކަރުން ސަލާމަތް ކުރަންޖެހޭ.

  12
  8
 4. އެޑަމް އަބޫ

  ޢަޅުގަނޑުވެސް މިހުރީ ޖާމިނުވާާން ތްއޔާރައް

 5. ވގ ޔނ

  މާ މުސްކުޅީދޯ ވިސްނާނަން

 6. އަލީ

  ހުރީ އެވަރަށް ޔާމީން ކައިރިން ކާގެނޭ އެހެންވީމާ ބަދަލުދޭންޖެހޭނެ ނޫނީ ފަހުން ވވ ގޯސްވާނެ

  10
 7. ނަން

  ތި ޖާމިނު އެކަކުވެސް ޔާމިނު މިނިވަންކަމާއެކު ދޫކޮށްގެން ކޮށްފާނެ ކަހަލަ ކަމެއް ކުރުމުގެ ގާބިލު ކަމެއް ނެތް. ޖަލަށް ހުކުމް އިއްވާނީ މުޖުތަމައަށް ނުރައްކާ ހުރީމަ.

  1
  6
 8. ސައީދު

  ޝަރީފް ތިކަން ހުއްޓާލާ . މިމީހުން ތިބެގެން ތިބުނާއެއްޗެއްވެސް އަދި އެހެން އެއްޗެއްވެސް ނުލިބޭނެ . އޭ ވ. ޔަޤީންކަމެއް. ލިޔަފައޮތް ގޮތައް އެކަން ދާނީ. ވ.ސަލާމް

 9. ކަފަކަފާތަލަ

  އޭނައަކީ ރައްުިތުންގެ އެތަކަށް ބިލިއަނެއް ސިރުވާލައިގެންހުރި ބޮޑުވަގެއް އެއްވެސް ކަފާލާތެއް ދީގެން ނުވާނެ

  1
  11
 10. ލޮލްލް

  ކެރެންޏާ އެ 2 ބިލިޔަން ކާލީ ތިމަންނޭ ބުނެ ޔާމިން މިނިވަން ކޮށްބަލަ! ނުކައޭ ބުނާކަށް ނުކެރޭނެ ﷲ ގަންދީ ހުވާކޮއްފަ...ދެން ކޮން ކަމެއް