މާލެ ރައްޔިތުންނަށް ގެދޮރުވެރިކަން ނުދީ މާލެ އިތުރަށް ތޮއްޖެއްސޭނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކުރި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކޮށް އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި މައްސަލާގައި ފާހަގަކުރައްވާފައިވާ އެއް ކަމަކީ 1979 ވަނަ އަހަރު މާލޭގެ ދެކުނު ފަރާތުން ބިން ހިއްކަން ފެށުމުގެ މަޝްރޫއު އިފްތިތާހް ކުރައްވަމުން އެއީ ނިކަމެތި ރައްޔިތުންނަށް ގެދޮރު ދޭން ކުރާ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވުމެވެ.
އެހެންވިޔަސް 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު ވެސް އެ ރައްޔިތުން ތިބީ އެ ހަލާތުގައި ކަމަށާއި މާލޭގެ ދެކުނު ސަރަހައްދު ބިން ހިއްކުމަށް ފަހު އަދި ފަހުން ހުޅުމާލޭގެ ބިން ހިއްކުމަށް ފަހު ވެސް ބިންތައް ބަހާފައިވަނީ ރައީސްގެ އަރިސް ބޭފުޅުންނާއި ވަޒީރުންނާއި ކަތީބުންނާއި އަތޮޅުވެރިންނާއި ފަނޑިޔާރުންނާއި ވިޔަފާވެރިންނަށް ކަމަށް ބޮންޑެ ތުހުމަތު ކުރައްވާފައިވެއެވެ.
މައުމޫންގެ ވެރިކަމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މައްސަލައަށް ހައްލު ގެންނަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ބޮންޑެގެ މައްސަލާގައި ފާހަގަ ކުރައްވާފައިވެއެވެ. މި ގޮތުން މާލެ ރައްޔިތުންނަށް 800 އަކަފޫޓާއި 1200 އަކަފޫޓާ ދެމެދުގެ ބިމާއި ގޯތި އެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ކަމާއި ލާމަރުކަޒީ ނިޒާމު މެދުވެރިކޮށް މާލެ ތޮއްޖެހުން ހައްލު ކުރަން މަސައްކަތް ކުރި ކަން ފާހަގަ ކުރައްވާފައިވެއެވެ.
އެހެންވިޔަސް މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސަތުތައް ބައްޓަން ކުރީ އަނެއްކާ ވެސް މާލެ ސަރަހައްދަށް މުޅި ރާއްޖޭގެ އާބާދީ އެއްފަސްކޮށް ތޮއްޖެއްސުމުގެ ވިސްނުމަކަށެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި އެ ތަނުގައި އިމާރާތްކުރި ޓަވަރުތަކުގެ އެޕާޓްމަންޓެއް އުޅެނީ އެންމެ 450 އަކަފޫޓުގެ ބިން ކަމާއި އެ ތަނުގެ ކުލި ވެސް ބޮޑު ކަން ބޮންޑެ ފާހަގަ ކުރައްވާފައިވެއެވެ.
މައްސަލާގައި ބޮންޑެ ހުށަހަޅާ ކަންކަން
- މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން ބިން ލިބިދިނުން
- މާލޭގެ ރައްޔިތުންނަށް ޖައްސާފައިވާ ބިކަ ހާލުގެ ބަދަލު ދިނުން
- މާލެ ރައްޔިތުންގެ ބިން ހިއްކި ސަބަބު ސާފުކޮށްދިނުން
- މާލޭގެ ބިން ހިއްކުމަށް ފަހު ގޯތި ދިން އުސޫލު ސާފު ކުރުން
- މާލޭގެ ބިން ހިއްކުމަށް ފަހު ދެވުނު ގޯތީގެ އަދަދު ސާފު ކުރުން
- މާލޭގެ ބިން ހިއްކުމަށް ފަހު ބިން ދެވުނު ފަރާތްތަކުގެ ތަފްސީލް ހޯދުން
- މާލޭން ބިން ދެވުނީ މާލޭގެ ރައްޔިތުންނަށް ކަން ސާފު ކުރުން
- މާލޭން ބިން ދެވުނު ފަރާތްތަކަކީ މާލޭގައި އެންމެ ނިކަމެތިކޮށް ތިބި މީހުން ކަން ސާފު ކުރުން
- މާލޭން ބިން ލިބުނު މީހުންނަށް ބިން ލިބުނީ ކޮން ޝަރުތެއް ފުރިހަމަ ވެގެންތޯ ސާފު ކުރުން
- މާލޭގެ ރައްޔިތުންނަށް ނިކަމެތި ހާލު ޖެއްސި އެންމެހާ ފަރާތްތައް ހޯދައި އަދަބު ދިނުން
އިންތިގާލީ އޮފީހުގެ މަސައްކަތަށް 16 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާ ކަމަށް އެ އޮފީހުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
އެ އޮފީހުން ބަލަން ހަމަޖެހިފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމަޔަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.
އިންތިގާލީ އިންސާފު ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
މާލޭގަ އެކަނިތަ ރަތްއިތުން އުޅެނީ މިކަހަލަ މޮޔައިން ތަންތަނަށް ހޮވީމަ ވާނެ ގޮތް މިވަނީ
ައާ އަދިވެސް މާލޭ މީހުން ދޯ ބިކައި ރީތި ވާހަކަ ދައްކާތި ރާއްޖޭގައި މާލެ އެކަނިވިޔަ އޮންނަނީ މާ މާލެ ވެގެން މިއުޅެނީ
ބޮންޑާ ވާނީ މިގައުމަށް ޖެހޭ ބޮޑު ކެންސަރެއްގެ ފެށުމަށް، މީނަގެ ކަންތައް ހުރިގޮތުން އެހެން ގައުމު ތަކޭއެއްގޮތަށް އެކަކު އަނެކަކު ބިމޭ ކިޔައިގެން ކަތިލާން އަދި އުޅޭނެ
ދަރިފުޅު ފުރަތަމަ އުފަންވި ދުވަހު މައިމީހާ އެދަރިފުޅަށް ބުއްފުލި ނުދިން ވާހަކަވެސް ހުށަހެޅެން ވާނެ. ވަގުތުޖހެނީ ތި ބައިގަޑަށް ހިތައް އެރި ކޮންމެއެއްޗެއް ވެސް ކޮޕީގަޑެއްގައި ލިޔެލާފައި ހުށަހަޅާ ބޯގޯސް
ވެރިކަމާ، ޕާޓީ އުވިދިއުމުގެ ބިރު އޮތީމަ ބޯގޯސް ވާހަކަ ނޫން ވާހަކަ އެއް ދެއްކޭކަށް ނެތް؟ ބަލަ މީ އެމްޑީޕީ ސަރުކާރާ ހަވާލުވާ ދެވަނަ ފަހަރޭ. ބޮންޑޭ ވީނު މާލޭ ގަ އުޅޭ ތިބުނާ ރާއްޖެތެރޭ މީހުން މާލޭން ބޭރުކުރަން މަޖިލީހަށް ބިލެއް ހުށައަޅަން ހިއްވަރު ހުރިއްޔާ؟ މާލޭމީހުނަށް މޮޅުތަކެއް ވޭތޯ ބަލަން؟ ބަލަ ބޮންޑޭ މެން މާލެ ވީމަ މާލޭ މީހުނަށް ކޮށްދިން ކަމެއް ވީ މޮޅެއް ބުނެބަލަ؟
މާލެމީހުއްއެކަނިތަމިގައުމުގަޅެނީލޯނުނަގާއިރުގަލޯނުނަގަނީހުސްެއެކަނިމާލޭމީހުއްގެބޯއެކަނިހިމަނައިގެއްވަކިއެކައްޔެއްނޫއިގޭ ރާޢްޖޭގެކައްކޮޅުތަކުގެއެއްމެއްގެބޯހިމަނައިގެއްއެއްހެއްވީމަރާޖޭގެރައްރަށުމީހުއްނައްވެސްޙަގު ރާއްޖޭގެހުރިހާރައްރަށުގެމީހުނައްވެސްދޭޖެހޭނެއެހެއްމިބުނީގުދުރަތީގޮތުއްހިކިފަހުރިބިއްތަކުގައަޅާފަނޫމިހާރަކުދެނީކީމިހާރުދެނީލޯނުނަގައިގެއްހިއްކާފައެހެއްވީމައެހެއްބުނައްމިޖެހުނީވަރައްސަލާ
މާލެ އާއި ރަށްރަށުގެ ތަފާތުކުރުމަށް ބަޖެޓް ހަދާ މީހުނާއި އަމިއްލައަށް ބޮޑެތި މުސާރަހަދައިގެން އެނަގާ މީހުންވެސް ބަލަންޖެހޭ. އަދި މާބޮޑުކޮށް ނަގާފައިވާ މުސާރަ އަނބުރައި ހޯދައި ރައްޔިތުންގެ ކަންތައް ކުރިއެރުވުމަށް ހޭދަކުރަންވީ. ބައެއް މީހުން 2 ލައްކަ ނަގާކަމަށްވޭ. މިއީ ތަންކޮޅެއް ބޮޑުވަރު.
ފެނޭތަ ހުޅުމާލޭގަ އަޅާފަ ހުރި ފުލެޓްތައް. މާލޭ މީހުން ގިނަފުލެޓްތައް ނެގީ.
އެންމެ ފަރަތަމަ ފިޔަވަޅު އަޅަންޖެހޭނީ ކެނެރީގޭ ނަޝީދަށް! ބޮންޑޭ އަހަރެން ދިރިއުޅޭ ރަށުން ގޯތި ނުދެވޭތާ 25 އަހަރުވެފައި ވަނިކޮށް ކުރީގެ ރަށަށްވުރެ ދެގުނަ ބޮޑުކޮށް ހިއްކައި ދެއްވީ ރޮކެޓު ސްޕީޓުގެ ބާރުމިނުގައި ތަރަށްގީގެ މަސްރޫޢުތައް ހިންގަވައި ދެއްވި ރ. ޔާމީނު! އެންޑީޕީގެ ކައުންސިލުން އަދިވެސް ގޯތި ދޫނުކުރެވޭ! ބޮންޑޭ މަޖިލީހުގައި ތިހާ ގިނަ ދުވަސްވީރު ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއެްބާ! މަޖިލީހުގެތެރެިން ބޮންޑޭ ފެނިގެން ދިޔައީ މަޖިލިހު މޭޒުތަކަށް އަޅައިފައިވާ ނަރުތައް ދަމައި ނެރޭތަން! ހަމަގައިމުވެސް މާލޭޣެގެ ރައްޔިތުން ބޮންޑޭ މަޖިލިހަށް ފޮނުވީ މިކަންކުރާކަށްނޫން! ތިޔަބުނާ ތަނަކަށް ހުށަހަޅަންޖެހޭ މައްމައްސައެއް މީވެސް!
ބޮންޑޭ މަޖިލީހުގެ ގޮނޑިޔަށް ކުޅުޖަހާ ގައުމީ ދިދަ ވީދާލި މައްސަލަ ތިޔަބުނާ ކޮމިސަނަން ހުށައަޅާބަލަ ހަޔާތްކުޑަވިޔަސް ތިޔައީ ބޮޑުވަރު ....
ގައުމުގަ އޮތީ ހުސް މާލޭ މީހުންގެ ހައްގު.. މާލޭ މީހުން ނައް ތިގޮތައް ތިވަނީ ބަލަގަ ކަންނެއް ކަމުންނޭ....
ކޮނމެ މީހަކު ވެސް ވެރިކަމަށް އެރުމުގެ ކުރިން މޮޅުވާހަކަ ތަކެއް ދައްކާފަ ވެރިކަމަށް އަރަނީ ދޯ!
މިވެރިކަމުގައި މާލޭ ނިކަމެތިން ބާކީނުރޭބާ! ހިޔާފުލެޓުތަށް ދިނީ ނިކަމެތިންނަށް ތޯ؟މިނިސްޓަރުުނނަށް މެންބަރުންނަށް ނުދެއްވާބާ ކޮއްމެ ބަޔަކުވެސް ބަހާ އަމަލާ ދިމާނުވޭ...
ދިވެހިރާއްޖޭގަ ހަމަޖެހޭ ބިމާބެހޭ ގާނޫނުތަކެއް ނެތީމަ އެހެން އެވީ.ރައީސް މީހާ އޭނަ ބޭނުން ގޮތަކަށް ބަހާލީ
މާލޭގެ ބިމުގެ ވާހަކަ ދައްކާނީ މާލޭގެ ރައްޔިތުންނަށް ނިސްބަތް ވާ ގޮތަށް ވަރަށް ރަނގަޅު ވާހަކައެއް
އިބުރާހިމް ރަޝީދު އަށް ފަށްފަށުން ޝުކުރު...
ހަޤީޤަތަކީ، މާލޭ ރައްޔިތުން ބިކަކުރީ އެމްޑީޕީކަން! އެކަން މާލޭ ރައްޔިތުންނަށް ވިސްނިގެން، ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ކުޅި ދައްކާލައިފި! ބޮންޑާމެންނަށް ދެން މާލެއިން ކާމިޔާބު ނުވާނެކަން އެނގުނީމާ ތިޔަ ޒާތުގެ މޮޔަ ގޮވާނެ! މާލެ މާލެ އަކަށް ހަދައިދީ މާލޭ ރައްޔިތުންނަށް ޖިޒީ ދައްކައިގެން މާލެ ތަރައްގީ ކުރީ ރާއްޖެތެރޭ މީހުން! އެމީހުން އަށް ބުލީކުރުން މާލޭ ރައްޔިތުންނެއް ބަލައެއް ނުގަންނާނެ!
މާލޭގެ ބިމުގެ ވާހަކަ ދައްކާނީ މާލޭގެ ރައްޔިތުންނަށް ނިސްބަތް ވާ ގޮތަށް ވަރަށް ރަނގަޅު ވާހަކައެއް
އިބުރާހިމް ރަޝީދު އަށް ފަށްފަށުން ޝުކުރު...
ގޮތްހުސްވާތީ ތެޅިފޮޅެނީ
އެ ތަނުގައި އިމާރާތްކުރި ޓަވަރުތަކުގެ އެޕާޓްމަންޓެއް އުޅެނީ އެންމެ 450 އަކަފޫޓުގެ ބިން ކަމާއި އެ ތަނުގެ ކުލި ވެސް ބޮޑު ކަން ބޮންޑެ ފާހަގަ ކުރައްވާފައިވެއެވެ.
ކަލޯގެޔާ މިނުކުތާގަ މިފަހަރު ބެދޭނީ ބޮންޑާއަމިއްލައަށް. އިންސާފު ހޯދަދީ
މާލެ ސަރަހައްދަށް އެކަނި ސަރުކާރު ތަކުން ރަނގަޅު ހިދުމަތް (ސާރވިސް) ފޯރުކޮށް ދެނީ.
އެހެންވެ އެތަން ތޮއްޖެހުނީ
ދައްޕަރުގައި ބޭރު މީހުންނަށް ގެދޮރު އަޅައިދޭ ވާހަކަ ނުކިޔަ ޔާމީނޭ ކިޔޭތޯ ބަލާ އޭރުން ވަރަށް މޮޅުތަކެއް ވާނެ
މައުމޫނުގެ ވެރިކަމުގައި މުޙައްމަދު ނަޝީދަށް ލ އަތޮޅުން ދިން ގޯތި ކޮބާ؟ އެއީ ރާއްޖެތެރެ މީހެއްތަ
ބޮނޑާކައިރީ އަހާލަބަލަ މާލޭން ބިމެއް ހިއްކަގެން ރާޖެތެރޭ މިހަކަށްދީގެންތޯ ތިއުޅެނީ ބޮންޑާ ރާއްޖެތެރޭ މީހުން މިތަނަށް އައިސް ތަންތަން ކުއްޔަށް ހިފަގެން އުޅެނީ ލާރި ގިނަވެހެއްނޫނެ މާލޭ މީހުން ކުއްޔަށްށޭ ކިޔާގެންނަގާ ހިތުހުރިވަރަކަށް ނަގާ ލާރިގަނޑުން ސަރުކާރަށް ލަރިދީފަ ތިމަންނަމެނަށް މިތާކަރި ތާކުން ބިމެއް ހިއްކަދޭށޭ ބުނަންވީނުން ހުޅުމާލެޔަކި 2ފަސްގަނޑެއް މާލެޔާ ބެހެތަނެއްނޫން ރައްޔިތުންގެ ޓެކްސް ފައިސާ ތިއުޅެނިީ މަލޭ މީހުންމޮޔަހއްދަން ވެރިކަމަށް އައީ ތިހެން ކިޔާގެން ކަލެމެނަށް ކޮއްދެވޭނެ އެއްވެސް ކަމެއްހަރާން މަލޭރައްޔިތުންނަށް ވާނީ އެކަން ލޯކަލް ކައުންސިލްގަ ފިލާވަޅު ނަގަދީފަ ދެން ސޮރީ ބޮންޑާ ލައްކަ މަކަރާހީލަތާ އޮޅުވަލުން އޮޅުވަލަފި
އައްޑުގައި ބޭއްވި ސާރކު ސަމިޓް ދުވަސްވަރު އޭރުގެ ރައީސް މުޙައްމަދު ނަޝީދު ބުދުބަހައްޓާ، ޑެންމާރކުގައި އިސްލާމުދީނަށް ބަދުބަސްބުނެ ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ އިންސާފުގެ އޮފީހަށް ފޮނުވަން ފެނޭ.
މާލޭ ރައްޔިތުންނަށް ބިން ނުދެވި ފެއިލް ވީމަ ކޯންޗެކޭ ކިޔާކަށް.
މިގައުމު މިހަތަށް ގެނައީ އެމްޑީޕީ އަޑީގަ އޮވެގެން އަދިވެސް މިރާއްޖެއަށް ޕާޓީސިސްޓަމް ބޭނުމެއް ނުވޭ ދެންތިޔައުޅެނީ ބޮޑުވަޒީރެއް ނުގެނެވިގެން
ރައްޔިތުން ގުބޯހައްދާން މިރާއްޖެއަށް ބޮޑު ވަޒީރެއް ބޭނުންނުވޭ ވަރަށްސާފް
ނަސީދުގެ ދައުރުގައި މާލޭރައްޔަތުންނަށް ގޯތިދޫކޮށްފަވަނީ ކަޑައެޅިގެން ގަވާއިދާޚިލާފަށް މާލޭގެ ބިންކޮޅު ދޫކޮށްލަންކަމަށްބުނެ ހުޅުމާލެއިން ބިންދީގެން އެމީހުންނަށް ނަޖާއިޒު ފައިދާލިބޭގޮތަށް. އެބިންތަކުގެ މައްސަލަވެސް ބަލަންވާނެ
މާލެ ގެ ރައްޔިތުންނަށް މާލެ އިން ގޯތި ދޭށެވެ. މާލެ ހިއްކައިގެން ވެސް ބުރި ބުރި އަށް ނަގައިގެންވެސް ދިނުމާމެދު ސަކުވާއެއް ނެތެވެ. ނަމަވެސް މާލެ އިން ބޭރުގައި އޮތް ތަނެއް ހިންކުމަށްފަހު އެއީ މާލޭ މީހުން ތަނެކޭ ބުނާށެވެ. އެއީ ދިވެހި ރައްޔިތުންގެ ތަނެކެވެ.
ތިއޮފީސް 2023 ގައި އުވާލާ ތިއޮފީހުގައި ތިބި ޤައްދާރުން ދިގު މުއްދަތަކަށް ޖަލަށް ލެވޭނެ. ތައްޔާރަށް ތިބޭQ
މީގަ މިވަނީ މާލޭގެ ވާހަކަ ރާއްޖެތެރެ ރަށެއްގެ ވާހަކައެއް ނޫން ހަމަ ވަރަށް ރަނގަޅު ހުށަހެޅުމެއް މީ މާލޭގެ ގިނަ އަދަދެއްގެ ރައްޔަތުންތަކެއް އެބަތިބި ރާއްޖޭގެ އެއްވެސް ތަނަކުން ބޯހިޔާވަހިކަމެއް ނުލިބި އެމީހުންގެ ހައްޤުތަށް ފޭރިގަނެވިފަ މާލެ ފިޔަވާ ކޮންމެ ރަށެއްގެ ބަޔަކަށް ވަންނާނެ ބޯހިޔާވަހިކަމެއް ލިބޭ މާލޭގެ ވަރަށް ގިނަ ބަޔަކު އެބަތހިބި މިކަމުގަ ހާލުގަ ޖެހިފަ
ބޮންޑޭ ހުޅުމާލެ އެއޮތީ މާލޭ މީހުނަށް ނަސީދު ބަހާދީފަ ހުސްކޮށްފަ، ނަސީދު ބަހާދީގެން ސަޕޯޓް ވަނީ ހޯދާފަ .ވަކި ބަޔަކަށް ނާޖައިޒް ފައިދާ ހޯދާދީގެން ސަޕޯޓް ހޯދިކަމަށް ނަސީދުގެ މައްޗަށް ތަހުގީގު ހިންގަންޖެހޭނެ. ސަބަބަކީ ސިއްރުން އިއުލާން ކުރިކަމަށް ހަދަފަ ގޯތި ދިނުނ1 ނިންމީ ގިނަ ބަޔަކަށް އެގުނި ގޯތިތައްބަހާލި ފަހުން. ހުޅުމާލެ ދެކުނުކޮޅާއި އިރުމަތިކޮޅުގަ ބަހާލަފަ އެހުރީ ނަސިދުގެ ސަޕޯޓް އަށް ރިސްވަތުގެ ތުހުމަތު ކުރެވޭފަދައިން ބަހާފަ ހުރި ގޯތިތައް . މި މައްސަލަ ވަރަށް ރަނގަލަށް ތަހުގީގު ކުރަންޖެހޭ.
ކޮންނިކަމެއްޗެއްވީ؟ ކޮންމެ މަހަކު މަގޭ އަތުން 25000 ރފ. މިގެންގޮސް ދެނީ ހަމަ އެގޮތައް 1 2 3 4 5 6 7 8 9 ވަނަ ބުރިންވެސް ގެންގޮސްދޭ