ގއ. މާމެންދޫއިން ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހެދި މީހަކު ކޮވިޑަށް ފައްސިވެ ރަށް ބިރުވެރި ހާލަތަކަށް ގޮސްފިއެވެ.

އިތުބާރު ހިފޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ އެރަށުގައި ކޮވިޑް ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކަމަށާއި ބަލި ފެތުރެނީ މީގެ ކުރިން ތިނަދޫން ބަލި އައި ގޮތަށް އެކަން އެއްކޮށް ނިމިފައި ނުވާތީ ކަމަށެވެ.

އޭނާ ބުނީ، ތިނަދޫން ބަލި އައި ފަހަރު ރަށް މޮނިޓަރިންގެ ހާލަތަށް ގެނައި ކަމަށާއި އެހެން ނަމަވެސް އެންމެން ގޮތަކަށް ރަނގަޅު ނުވަނީސް ރަށް ހުޅުވާލައި އެކި މީހުންނާއި ދިމާވެ އެކި ގޮތްގޮތުން އަނެއްކާ ވެސް ބަލި ފެތުރެން ފަށާފައިވާ ކަމަށެވެ.

މާމެންދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން މިވަގުތު އެރަށް ވަނީ ބަންދު ކޮށްފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބަލި އެރަށުގައި ދެވަނަ ފަހަރަށް ފެތުރެން ފަށާފައިވަނީ ވެކްސިން ޖަހަން ދެކޮޅު ހަދާފައިވާ އާއިލާއެއްގެ މީހަކު ކޮވިޑަށް ފައްސިވުމުން ކަމަށެވެ. އޭނާ އަކީ އެރަށު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރައްވާ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފެއް. ސިއްހީ މަރުކަޒުގެ މައްސަލަ މީގަ އެބައޮތް. އޭނާ ވެކްސިން ނުޖަހާކަން އެނގިހުރެ، ފައްސިވި ދުވަހު ޕީސީއާރު ޓެސްޓް ހަދައި ނަތީޖާ ނުލިބެނީސް އޭނާ ވަޒީފާއަށް ނެރުނީ. އޭގެ ފަހުން އެތަނުގެ ނަރުސް ކުއްޖެއްގެ ޕާޓީއަކަށް ވެސް އޭނާ ވަނީ ގޮސްފައި. ދެން ބަލި ފެތުރޭނެ ނޫންތޯ" ނަން ހާމަ ނުކުރަން ޝަރުތުކޮށް މައުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ.

މާމެންދޫގައި ކޮވިޑް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި އެރަށު އިތުރު މީހަކު ވެސް ވަނީ އެއީ ސައްހަ މައުލޫމާތުކަން "ވަގުތު" އަށް ކަށަވަރުކޮށްދެއްވާފައެވެ.

އޭނާ ބުނީ، ފައްސިވެފައިވާ މީހާއަކީ ވެކްސިން ޖަހަން ދެކޮޅު ހެދި މީހެއް ކަމަށާއި އޭނާ ފައްސިވި ފަހުން އެރަށުގައި ބޭއްވި ޕާޓީއަކަށް ވެސް ގޮސްފައިވާ ކަމަށެވެ.

"12 ވަނަ ދުވަހު ފައްސިވި މީހާއާއި ގާތުން އެއްތާވި 27 މީހަކު ކަރަންޓީނު ކުރީ ފުރަތަމަ. ދެން އެމީހުންގެ ސުންކުތައް ނަގައި މިއަދު ނަތީޖާ ލިބުނުއިރު، 9 މީހަކު ވަނީ ފައްސިވެފައި" އޭނާ ބުންޏެވެ.

އޭނާ ބުނީ، މާމެންދޫ މޮނިޓަރިންގެ ހާލަތަށް އިއްޔެ ގެންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެކަން ނުކުރެވުނީ ސިއްހީ މަރުކަޒުން ނުބައި މައުލޫމާތު ދީފައިވާތީ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖޯކް

    ތިބުނާ ވެންސިނެއް ޖަހައިގެން ޕޮޒިޓިވް ވާ މީހުންގެ ވާހަކަ ދެއްކިއްޔާ މާ ތާހިރުވާނެ

    26
    3
  2. ޢިބުރާހިމް

    މާމެންދޫ އަށް އައިސްގެން މިއުޅޭ ކޮވިޑް ވޭރިއަންޓް އަކީ ކައުންސިލްގައި ހިމެނޭ މެމްބަރަކާ އޭނާގެ އާއިލާގެ ބަޔަކު މާލެ ގޮސްސަ ޕީސީއާރު ޓެސްޓް ނަހަދާ ރަށަށް އައިސް އެމީހުން އައީ އައްޑޫ އިން ކަމަބުނެ އޮޅުވާލައިގެން ރަށަށް މާލެއިން ގެނައި ކޮވިޑް ވޭރިއެންޓެކެވެ.
    މީ މިރަށުގެ ކުދިބޮޑު އެމެނަށް ވެސް އެގޭ ބޮޑު ސިއްރެކެވެ. ކޮވިޑް އަކީ އެއްވެސް މީހަކަށް ފެނިގެން ޖެހޭ ބައްޔެއް ނޫންވީމާ، ކޮންމެ މީހަކަށް ވެސް މިބަލި ޖެހުމާއި ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ.

    18
    3
    • ސަޢީދު

      ހަގީގަތް ނޭގޭ ވާހަކަތަކާއި ދޮގު މައުލޫމާތާ ޙަބަރު ފެތުރުމަކީ މާމެންދޫގެ ކުދިބޮނޑު އެންމެނަށް އެގޭ ބޮޑު ސިއްރެށް

      3
      1
  3. ާެްއަހުމަދު

    ޢެހެންވިއްޔާ ކީއްވެތޯ ބްރޭކިން ނިވްސް އަށް ނާރުވަނީ ދެޑޯޒް ޖަހާފަ ތިބިމީހުން ފައްސި ވާ ވާހަކަ

    21
    1
    • ޕާޕަ ޕާޕާ

      ދެޑޯޒް ޖަހާފަ ތިބޭމީހުންނަށް ކޮވިޑް ޖެހުމާއި އެއްޑޯޒްވެސް ނުޖަހާމީހުންނަށް މިބަލި ޖެހުނީމަ ވާގޮތުގެ ތަފްސީލް ކެނޑިނޭޅި ރޭޑިއޯ އާއި ޓީޥީއިން މިކިޔަނީ.
      ކަންކަން ޙޯދައި ނުބެލުމާއި އެނގެން ބޭނުން ނުވުމަކީ ޖާހިލުުންގެ ސިފައެއް.

      4
      1
  4. Anonymous

    ވެކްސިން ޖެހިޔަސް ނުޖެެހިޔަސް ކޮވިޑް ޖެހޭ.
    އިތު

    20
    1
  5. ދަންނަ

    ކޮވިޑް ގެ ހާލަތު ގޯސްވާން ދިމާވަނީ އަތޮޅު ހޮސްޕިޓަލުގެ ފަރުވާ ކުޑަކަމާއި ރަށްތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުން ތަކުގެ ސަބަބުން.. މާމެންދޫ އިން ބަލީގެ އަލާމާތް ފެނިގެން ސާމްޕަލް ނެގި ނަތީޖާ ލިބެނީ 4 ވަނަ ދުވަހު. މި އީ އަތޮޅު ހޮސްޕިޓަލުން ޓެސްޓް ނުހަދާ މާލެ ފުނުވާތީ، ވިލިގިލީގައި ސާމްޕަލް ނެގުމާއެކު 4 ގަޑި ނުވަނީސް ނަތީޖާ ދޭ 200 ސާމްޕަލް ނެގި ނަމަވެސް.. އާޖެންޓް ކޮށް ޓެސްޓް ހަދަން ޖެހުނަސް އަތޮޅު ހޮސްޕިޓަލުން އެކަމެއް ނުކުރޭ.... ބަލި ފެތުރުން ހުއްޓުވަން ޓެސްޓުކޮށް ނަތީޖާ އަވަހަށް ލިބުން ކިތައްމެހާވެސް މުހިއްމު.. އަސްމާ އަށް ހެޔޮ ވިސްނުން މިންވަރު ކުރައްވާށި!

    6
    1
  6. ގުދުގުދާބެއްޔާ

    ވެކްސިން ޖެހިޔަސް ނުޖެހިޔަސް ކޮވިޑްޖެހެއެވެ. އެކަމަކު ވެކްސިން ޖަހާފައިވާ މީހަކު ކޮވިޑްޖެހުމުން އާދައިގެ އަރިދަފުސް ރޯގާއެއްގެ މިސާލުގައި އަވަހަށް ރަގަޅުވޭ! އެކަމަކު ވެކްސިން ނުޖަހާ ހުއްޓާ ކޮވިޑްޖެހިއްޖެނަމަ މީހާގެ ފުރާނައަށް ނުރައްކާވެ އައިސީޔޫ އަށް ލާހިސާބައްވެސް ގިނަފަހަރު އާދޭ! ވެކްސިން ޖެހިޔަސް ކޮވިޑްޖެހެޔާ ކިޔާފަ ވެކްޝިން ނުޖަހާ ތިބޭކައް ނުވާނެ! ރިޒްގު ދެއްވަނީ ކަލާންގެއޭ ކިޔާފަ ދެއަތް އުރާލައިގެން މަސައްކަތެއް ނުކޮއް ތިއްބާ ރިޒްގު ލިބޭބާ!؟

    8
    7
  7. ާހައިރާން

    ވެކްސިން ޖަހަން ދެކޮޅު ހެދި މީހަކަށް ކޮވިޑް ޖެހިގެން އެވާހަކަ ދައްކާއިރު ހީވަނި ވެކްސިން ޖެހީމަ ކޮވިޑް ނުޖެހެނީހެން.....

    10
    1
  8. ޒާ

    ފައްސިވަނީ ކޮވިޑް ވެކްސިން ޖަހަން ދެކޮޅުހެދީމާއެއްނޫން. ތިޔަ ވެކްސިން ޖެހުމުންވެސް ފައްސިވާ މީހުން ވަރަށް ގިނަ. އެކަމަކު ވެކްސިން ޖެހުމުން ބަލީގާ މީހުންނަށް ވާވަރު ކުޑަ.

  9. 😣😣😣😣

    ޖެހިޔަސް ނުޖެހިތަސް ބަލިޖެހޭ! އޮޅުވަނުލާ!

  10. ޕާޕަ ޕާޕާޕ

    ރާއްޖެތެރޭގައި އުޅޭ މީހުން ތަރައްގީނުވެ އަދި ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ކޮވިޑްވެސް މިވަނީ އަރައި ނުގަނެވޭ ވަރުކަމަކަށްވެފައި. ތަކުރާރުކޮށް އަޅަނަްޖެހޭ ސަލާމަތީ ފިޔަވަޅު ކިޔައިދޭއިރުވެސް ހަމަ ގަމާރުކަންމަތީ.

    ދެން އޮތީ މިފަދަ ހޭލުންތެރިކަން ނެތް ބައެއްގެ އަތްމައްޗަށް ލާމަރުކަޒީ ގާނޫނެއް ހިންގަން ދީފައި. ކިޔަވައިގެން ހުރި މީހަކު ރައްޔިތުން ހޮވާކަށް ބޭނުމެއްނޫން. އެކަމަކު ރަށް ކުރިއަރުވަންވެސް ބޭނުނެވޭ.
    ސަލާމް