ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމުގެ ހެކި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހާމަކުރައްވައިފިއެވެ.

ޝުޖާއު އުސްމާނު ކުރެއްވި ޓްވީޓެއްގައި ވަނީ ނާޒިމް ބައެއް މައްސަލަތަކުގެ އަދާ ހަމަ ހޯދަން މެސެޖުކޮށް އަދި ވަކި މައްސަލައެއް ވަކި ފަނޑިޔާރަކަށް ނުދިނުމަށް އެދި މެސެޖުކޮށްފައިވާކަން ފެންނަ ސްކްރީން ޝޮޓެއް ހާމަކުރައްވާފައެވެ.

ޝުޖާއު އުސްމާން ވިދާޅުވީ ހައިކޯޓިގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެއްބޭފުޅަކީ ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ކަމަށެވެ. ނާޒިމް އަމުރު ކުރަނީ އޭނާ ވަކާލާތުކުރާ މައްސަލަތަކަށް ބައެއް ފަނޑިޔާރުން ބެންޗުގައި ނުހިމަނަން ކަމަށާއި ކޯޓުން އަމަލު ކުރަނީ ވެސް އެގޮތަށް ކަމަށް ޝުޖާއު އުސްމާން ވިދާޅުވިއެވެ..

ޝުޖާއު އުސްމާނުގެ ޓްވީޓްގައި ހުރި ވާހަކަތައް ނާޒިމް ދޮގެއް ނުކުރައްވައެވެ. ނާޒިމް ވިދާޅުވީ ގާނޫނީ ނިޒާމްގެ ތެރެއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ކުރުން އެއީ ގާނޫނީ ވަކީލެއްގެ ޒިންމާއެއް ކަމަށެވެ. މައްސަލަ ބައްލަވާ ބެންޗް ބަދަލު ކުރަން އެދުނީ އަބަދު އެއްފަނޑިޔާރަކާއި މައްސަލަ ހަވާލުކުރާތީ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ހައިކޯޓުގެ ފަނޑިޔާރުންނަށް ނާޒިމް ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކޮށްފައި ވާއިރު ފަނޑިޔާރުންގެ މައްސަލަ ބައްލަވާ ޖޭއެސްސީގައި މިހާރު ތިއްބަވާ މެންބަރުންނަށް ބަލާއިރު އެކޮމިޝަންގެ އަޣުލަބިއްޔަތު އޮންނަނީ އެމްޑީޕީ އަށެވެ. ޖޭއެސްސީގައި ނަޝީދު ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަސްއޫދު

    ދެންއަންނި ކިޔާނީ ކީކޭބާ! ޢައްމުންނަށް އަަދުއިވޭގޮތައް ރަގަޅު ވާހަކަ ދައްކައފައި ޢަމަލު ކުރަނީ އެހެންގޮތަކަށް! މިއާިހަމަ ބޮޑު ޝައިތޯނު!

    29
  2. އަލީ

    ސިވިލް ކޯޓުގައި ވެސް އަންނިގެ އައުވާނުން ބުނެގެން ބައެއް މައްސަލަތައް ނުބަލައި މަޑުޖައްސާފައި އެބަހުރި ކަމަށް ބުނެވެއެވެ. ވަގުތުގެ ނޫސްވެރިން މިކަން ބައްލަވާދެއްވުން އެދެމެވެ.

  3. ބަރުގޮނު

    ނަފްރަތުގެ ބިލުގެ އިތުރަށް ކޯޓްތަކަށާއި ފަޑިޔާރުނނަށް ނުފޫޒު ފޯރުވުމާ ބެހޭ ބިލެއްވެސް އޮންނަން އެބަޖެހޭ ...

  4. ބޭޗާރާ

    ތާރީޚަށް ބެލިކަމަށްވިޔަސް މިއީ މުޖުރިމުން ގިނަ އާއިލާއެއް.