ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި"ގައި ހުރި ކުއްޖަކު ބަލައި އެ ކުއްޖާގެ މަންމަ އައުމުން، އެމީހާ އެ ސަރަހައްދުން ފޮނުވާލައިިފިއެވެ.

ފިޔަވަތީގައި ތިބޭ ބައެއް ކުދިން "ނުކިޔަމަންތެރިކަން" ދައްކައި އެތަނުގެ ފުރާޅުމައްޗަށް އަރައި އަޑުގަދަކޮށް ހަދާ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން އިއްޔެ ހަވީރުން ފެށިގެން ކުޑަކުދިންތަކެއް ފުރާޅުމައްޗަށް އަރައި ތިބުމުން ފުލުހުން ވަނީ ފިޔަވަތި ކައިރިން ދެވެން ހުރި ހުރިހާ މަގެއް ބަންދުކޮށްފައެވެ. އަދި އާންމުންނަށް އެ ސަރަހައްދުގައި ނުތިބެވޭ ގޮތަށް އެމީހުން ވަނީ ފޮނުވާލައިފައެވެ.

އެ ކުދިންގެ ފަރާތުން އެނގުނު ގޮތުގައި އެތަނުގެ މުވައްޒަފުން ކުދިންނަށް އަނިޔާ ކުރަނީއެވެ. އެކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެ މައްސަލަ ބެލުމުގެ މަސައްކަތް އެޗްއާރުސީއެމް އިން ވެސް ވަނީ ފަށައިފައެވެ. ނަމަވެސް އެކަން ޖެންޑަ މިނިސްޓްރީން ދޮގުކުރެއެވެ.

ފިޔަވަތީގެ މައްސަލަ ހޫނުވެފައި ވަނިކޮށް، އެތަނުގައި ދިރިއުޅޭ ކުއްޖެއްގެ މަންމަ ކަމަށް ބުނެ، އަންހެނަކު ރޭ ވަނީ ފިޔަވައްޗަށް ވަންނަން މަސައްކަތްކޮށްފައެވެ. އަދި އޭނާގެ ދަރި ހަވާލު ކުރުމަށް އެދި އެތައް އާދޭހެއް ކުރި މަންޒަރު ފެނިފައިވެއެވެ.

އަންހެން މީހާ ފިޔަވަތި އިމާރާތުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން ފުލުހުންނާއި އެތަނުގެ ބައެއް މުވައްޒަފުން ވަނީ އޭނާ އަށް ހުރަސް އަޅައިފައެވެ. އަދި ފުލުހުން ވަނީ އެ އަންހެން މީހާ އަށް ނަސޭހަތް ދިނުމަށް ފަހު އެ ތަނުން ފޮނުވާލައިފައެވެ.

"އަންހެން މީހާ ބުނީ އޭނާގެ ނުރުހުމުގައި ނޫން ކަމަށް ދަރިފުޅު ގެންދިޔައީ. އެހެންވެ އަނބުރާ ދަރިފުޅު ދިނުމަށް. އެވަރުގެ ރައްކާތެރިކަން ނެތް ތަނެއްގައި ދަރިފުޅު ގެންގުޅެން ބޭނުން ނުވާ ކަމަށް އޭނާ ބުނި،" މައުލޫމާތު އެނގޭ މީހަކު ކިިޔައި ދިނެވެ.

ކުޑަކުދިންތަކެއް ރޭ ވަނީ ފިޔަވަތީގައި އަލިފާން ވެސް ރޯކޮށްލައިފައެވެ. އެކަމަކު އަލިފާންގަނޑު ނުފެތުރެނީސް، އެތަނުގެ މުވައްޒަފުން ވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. މިކަމާ ގުޅިގެން ރޭގައި ފުލުހުން އެ ސަރަހައްދުގެ ސެކިއުރިޓީ ވެސް ބެލެހެއްޓިއެވެ.

މީގެ ކުރިންވެސް ފިޔަވަތީގައި ތިބި ކުދިންތަކެއް ރޯ އަޑަށް އެ ސަރަހައްދަށް އާންމުން އެއްވެފައިވެއެވެ. އެތަނުގައި ތިބި ކުދިންނަށް އެތަނުގެ މުވައްޒަފުން އަނިޔާކުރާ ކަމަށް އާންމުން ތުހުމަތުކުރި ނަމަވެސް ޖެންޑާ މިނިސްޓްރީންވަނީ އެ ހުރިހާ ތުހުމަތުތައް ދޮގުކޮށްފައެވެ.

ފިޔަވަތީގައި ތިބި ބައެއް ކުދިން އެ ތަނުގައި ރޯކޮށް އެ ތަނުގެ ފުރާޅު މައްޗަށް އަރައި ތަނުގެ ކޮންޓްރޯލް ރޭ ގެއްލުވާލި މައްސަލަ ރައްޔިތުންގެ މަޖިލީހުގު ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީން ވަނީ ބަލަން ފަށައިފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދް "ވަގުތު" އަށް ވިދާޅުވީ ރޭގެ ހާދިސާ ހިނގަން ފެށުމާއެކު އެ ކަމުގައި އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ކޮމިޓީން ފަރާވެރިވާން ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަވާސާ ހަމީދު

    ޖެންޑަމިނިސްޓްރީން ބައެއް މުވައްޒަފުން ދުރަށްގޮސްގެން މިކަންކަން ރަގަޅުކުރެވޭނީ އަކުރަމު، ނިސާ، ޔުމްނާފަދަ ކިތަންންމެ ބައެއް މިތަނުންދާންޖެހޭ!

    • ލައިލާ

      ޖެންޑާ މިނިސްޓުރީ އަލުން ރީފޯމް ކުރަންވެއްޖެންނު

  2. ސަފާރީ

    ފިރިމީހާ ގެ ކަނކަން ނުބެލޭ މީހަކަށް ކޮންކަމެއް ބެލޭނީ
    މިސަރުކާރު އައިފަހުން ކުޑަކުދިންގެ ކަންކަން ބޮއްސުން ލައިފި...ސިދާތާއައް ވީވަރުވެސް މިހާރު ނުވޭ....އިމްރާނު އަންހެނުން ޝާހިދު އަންހެނުން.. އިބޫގެ ކްލާސް ޓީޗަރ ލައިގެން ޖެންޑަރ އެއް ނުހިންގޭނެ....އެމްޑީޕީ ކުދިން ކީއްވެބާ މި ިސްޓަރ ގެ އިސްތިއުފާ އަށް ނުގޮވަނީ

  3. ދެތަވ

    އެވަރުގެ ރައްކާތެރިކަން ނެތް ތަނެއްގައި ދަރިފުޅު ގެންގުޅެން ބޭނުން ނުވާ ކަމަށް އޭނާ ބުނި،"
    ޙާދަހައި ދަރިންދެކެ ލޯބިވާ މައިން ބަފައިންވެސް އުޅެތާދޯ!
    އެވަރުގެ ކުޑަކުދިން ދިރިއުޅެ ތަނެއްކޮންޓުރޯލް ކުރާށޭ ކިޔާފަ ހަރުކަށި އަދަބެއްނުދެވޭނެތާ ވީމާ އިދި ކޮޅުން އިހްތިޖާޖް ނުކޮއް ރ ޔ މިނު ބަންދަށް އެތަނަށް ބަދަލު ކުރަންވީ.