ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން 13 އަހަރުން ދަށުގެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދައުލަތުން އިސްކަން ދީގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެޑްވޮކޭޓިންގެ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ގޮވާލައިފިއެވެ.

އާކް އިން މިފަދައިން ގޮވާލާފައިވަނީ ރޭގެ ވަގުތެއްގައި ހުޅުމާލޭ ފިޔަވަތީގައި ދިރިއުޅޭ ކުދިންތަކެއް އެތަނުގެ ފުރާޅު މައްޗަށް އަރައި، ތަން ރޯކޮށްލުމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން އެކަމަށް ހައްލެއް ހޯދާފައި ނުވާތީ ފިޔަވަތި މަރުކަޒުގައި ހިނގަމުންދާ ކަންތައްތަކާމެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އާކްއިން ބުނީ، ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ކުދިންނާމެދު ނޭދެވޭ ފަދަ ގޮތްގޮތަށް ޢަމަލުކުރަމުންދާކަމުގެ ރިޕޯޓުތައް ލިބެމުން ގޮސްފައިވަނިކޮށް، އިއްޔެ ރޭ ފިޔަވަތި މަރުކަޒުގެ ޢިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އަދި ބަލަހައްޓާނެ އެއްވެސް ފަރާތެއްނެތި ކުދިން ފުރާޅު މައްޗަށް އަރައި އެ ކުދިންނާމެދު ބަލައިނުގަނެވޭފަދަ ގޮތަކަށް ޢަމަލުތައް ކުރަމުންދާކަމަށް ބުނެ އެ ކުދިން ދެއްކި ވާހަކަތަކާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

މިފަދަ ހާދިސާތައް ހިނގުމުން ދޭހަކޮށްދެނީ އެ ކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބެމުން ނުދާކަން ކަމަށް އާކް އިން ވަނީ ބުނެފައެވެ.

"އެހެންކަމުން، އެ ކުދިންނަށް ބޭނުންވާ އެންމެހައި އަޅާލުމާއި އެހީތެރިކަން އެ ކުދިންގެ ޙައްޤުތަކާއި ކަރާމާތަށް އުނިކަން ނާންނާނެގޮތަށް ދައުލަތުން ކަށަވަރުކޮށްދިނުމަށް އާކް އިން ގޮވާލަމެވެ." އާކް އިން ބުންޏެވެ.

އާކް އިން ބުނީ، ފިޔަވަތީގައި މިހާރު ހިނގަމުންދާ އެދެވިގެންނުވާ ޙަރަކާތްތަކަކީ، ދާދި ފަހުން ކުޑަކުދިންގެ ހިޔާގައި ހިނގާދިޔަ ހާދިސާތަކަށް އިތުރުވެގެންދާ ކަމަކަށްވާއިރު، ފާއިތުވެދިޔަ ތިން މަހުގެ ތެރޭގައި ހިޔާގެ ކަންކަން މެނޭޖްކުރުމުގައާއި އެ ކުދިންގެ މުހުތާދުތަކަށް އަހަންމިއްޔަތުކަން ދިނުމުގައި ފެއިލްވުމުގެ ސަބަބުން ހިނގާދިޔަ އަލިފާނުގެ 4 ހާދިސާއެއް ވެސް ހިނގާފައިވަނިކޮށް ކަމަށެވެ.

ކުދިންނާމެދު ހިނގާ ނޭދެވޭ ޢަމަލުތަކަކީ ވަގުތުން ވަގުތަށް އެ ކަންކަމަށް އެޑްރެސްކޮށް، ކުދިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަރަށް އަވަސްކަމާއެކު ފިޔަވަޅު އަޅަންޖެހޭ ކަންކަން ކަމަށް އާކް އިން ވަނީ ބުނެފައެވެ.

މިފަދަ ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާތީ އެކަން ހުއްޓުވައި، އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށްޓަކައި މިފަދަ ކަންކަން ފުރިހަމައަށް ތަޙުޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށް ވެސް އާކުން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަބްދޫ

    އެކުދިންއެކުދިންގެ މައިންބަފައިންނާއި ހަވާލުކުރޭ.

    3
    2
  2. އަބްދޫ

    ކުޑަކުދިންނާއި މުސްކުޅިނަ ބަލާ މަރުކަޒު ރާއްޖޭގަ ހުންނާކަށް ނުޖެހޭ. މިއީ 100% އިސްލަމީ ގައުމެއް ކޮންމެމީހެއްގެ ވެސް ބަލަދުއަރާ ވާރުތަ ވެރިޔަކު ހުންނާނެ. ދަވްލަތުގެ މަސައްކަތަކަށް ވާނީ އިސްލާމްދިނުގައިވާ އުސޫލުން އެވާރުތަވެރިޔާއާއ ިހަވާލުކޮށްގެން ބެލެހެއްޓޭނެ ގޮތެއްހަމަޖެއްސުން. ވަކިން ޖަލުގަ ބައިތިއްބާހެން ކުޑަކުދިންނާ މުސްކުޅިން ބޭތިއްބުމެއްނޫން .

    3
    1
  3. Anonymous

    އާކް ފަދަ ތަންތަނުން ހެޑްލައިން އަށް އަރާވަރުގެ ވާހަކަ ދެއްކުނީމަ މައްސަލަ ހައްލުވީ😂

    4
    1
  4. އަލީ

    ގޮވާލަގޮވާލާ ތިބޭ ލާދީނީ ޖަމާއަތްތައް އުޅޭނެ. މީގެ ތިންމަސްކުރިން ވެސް ގޮވާލި. ވީކަމެއް ހަރާން.

  5. މެކް

    ބައެއްޖަމިއްޔާ ޖަމާތްތަކަކީ ނުލާފާކަންފަތުރާ ނުލަފާކަން އިސްތިހާރުކުރާ ނުލަފާކަން ހިމާޔަރް ކުރާ ބައެއް

    1
    2
  6. ކިސަޑު

    އަޅޭ ތިޔާ ތަނުގައި ތިބި މުވައްޒަފުން ކުދިންލައްވާ ކުރުވާކަމެއްތީ ވެރިންނާ ހިންހަމަ ނުހެހިގެން މުވައްޒަފުން ވައްދާއިރު ބެލުމެއްނެތް އަމިއްލަދަރު ދޮންބައްޕަ އާއި ހަވާލުކޮއްފަ މަސައްކަތައް ނުކުތް މީހުންވެސް އުޅޭ ތިމާގެ ދަރި ގެއިން ނެރެފާ ވަޒިފާއަށްދާ މިހުންވެސް އުޅޭ ދަރިން ސްކޫލުން ކަޑާލާފަ ވަގަޢް ކައިވެނިކުރުވާގެން އުޅޭ މީހުންވެސް އުޅޭ ތިޔަތަނުގައި ކުދިން ބަލާ މީހުންގެ ދިތިއުޅުން ފުރަތަމަ ދިރާސާކޮއްބަލަ

  7. ކަލޯ

    ތިއަށްވުރެ ރަނގަޅުވާނެ އެ "ކުދިން" އިސްލާހް ކުރަން ތިބޭފުޅުންވެސް މަސައްކަތެއް ކުރިއްޔާ...

  8. މިތުރާ

    ފިޔަވަތި، ލޮބުވެތި ފާޑު ފާޑުގެ ނަން ދީގެން ، ގޯންޏަކަށް ކާށި އަޅާހެން ކު ދިން އެތަނަށްއަޅާފަ، ކު ދިންތަނަކަށްލާފަ ބަން ދު ކުރާއިރު ވަކިރަށެއްގަ ،ކު ދިން ބައިތިއްބަންވީ، އެކު ދިންނަށް ހިތްހަމަ ޖެހިލައިގެން އުޅެވޭނެ ގޮތަށް، އެކު ދިންނަށް ސަލާމަތާއި ރަށްކާތެރި ކަން ކަށަވަރުކޮށް ކު ދިންމޮނީޓަރ ކުރަން ޖެހޭ،،ކުރީގެ އިސްލާހީޔާކީ ރަގަޅު ތަނެއް ، ކު ދިން ނަށް ރަގަޅު ތައުލީމާ، މަސައްކަތުގެ ދާއިރާ އަށްކު ދިން ތައާރަފުކޮށް ޕުރެކުޓިސްކުރުވާ، ހުނަރު ބޭނުންކޮށްގެން އެކު ދިން ކުރާމަސައްކަތް އާއްމުންނަތް ވިއްކާ ،ތަނަށް އިތުރު ކުރިއެރުންވެސް ގެނެވޭނެ! އައިސާ ދީ އާ ޝުޖާއު މަގާމުން ސަސްޕެންޑު ކޮށް ރަގަޅު ހިންގުންތެރި ބަޔަކާ ހާވާލު ކުރަންޖެހޭ، ވ ސަލާމް