ލ.ގަމުގައި ހިމާޔަތް ކޮށްފައި ހުރި ނިކަ ގަހެއް ކޮށާލައިފިއެވެ.
70 އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރުމުން އެންވާރްމަންޓް މިނިސްޓްރީން ހިމާޔަތް ކޮށްފައި ހުރި ނިކަގަހަކީ އެރަށު ހަމަދު ސްކޫލް ކައިރީގައި ހުރި ނިކަ ގަހަކެވެ.
ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އައިލެންޑާސް އެސޯސިއޭޝަނުން ވެސް ވަނީ ހިމާޔަތް ކޮށްފައިވާ ނިކަގަސް ކޮށާލުމުން އެކަން ކުށްވެރިކޮށްފައެވެ. ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ މިގަހަށް ގެއްލުންދީ ގަސް ކޮށާލުމުގެ އަމަލު، އެ ޖަމްއިއްޔާއިން ކުށްވެރިކުރާ ކަމަށެވެ. އަދި މިފަދަ ދުވަސްވީ ގަސްތަކަށް ދީފައިވާ ހިމާޔަތްތެރިކަން ދެމެހެއްޓުމަށް ކަމާބެހޭ ފަރާތްތަކަށް އެޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.
ގަމުން "ވަގުތު" އަށް މައުލޫމަތު ދިން އާއްމުންގެ މީހަކު ބުނީ ގަމުގައި ހުރި ނިކަގަސް ކޮށާލީ އެރަށު ނުފޫޒުގަދަ މީހެއްގެ ދަރިފުޅުގެ ގެއަށް އެގައުން އުނދަގޫވާ ކަމަށް ބުނެއެވެ. "ރަށުގައި އުޅޭ ނުފޫޒުގަދަ މީހަކުގެ ދަރިފުޅުގެ ގެއަށް ގަހުގެ މޫތަކުގެ ސަބަބުން އުނދަގޫވާ ކަމަށް ބުނެ ގަސް ކޮށާލީ ކަމަށް ވަނީ. މީގެ ކުރިން ވަނީ އެގަހުގައި އަލިފާން ވެސް ޖަހާފައި." އޭނާ ބުންޏެވެ.
ގަސް ކޮށާލާފައި ވަނީ އީޕީއޭގެ ހުއްދަ ވެސް ނެގުމެއް ނެތި ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ކުރިން އެޗްޕީއޭ އިން ވަނީ ބައެއް ރަށްރަށުގެ ދުވަސްވީ ގަސްތައް ކޮށާލައިގެން އެރަށްރަށުގެ ކައުންސިލާއި މެދު ފިޔަވަޅު ވެސް އަޅާފައެވެ.
ގަސް ކޮށާލި މައްސަލަ އާއި ގުޅޭ ގޮތުން ގަމު ކައުންސިލްގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
މިކަން ކުރި ބަޔަކު އަވަހަށް ހޯދާ ފިޔަވަޅު އަޅާ. ރަށުގައި ކިތަންމެ ނުފޫޒު ގަދަޔަސް ކަންކަން ކުރެވެންވާނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް. މިކަން ތަހުގީގު ކުރަން ކައުންސިލުން އެއްބާރުލުން ނުދެންޏާ އެލްޖީއޭއަށް ހުށަހަޅާ މައްސަލަ ތަހުގީގުކޮށް ނިމެންދެން ކައުންސިލު ސަސްޕެންޑް ކުރުމަށް.
މި ކަމަކޫ އެހެން އަވަށެއްގެ ބަޔަކު ކުރިކަމެއްނަމަ މަތިމަރަދޫ މީހުން މިވާހަކަ މުޅި ފޭސްބުކް ތެރޭގަ ދައްކާނެ މިވަރު ކަމެއް ކުރަން ހެޔޮވާނެހޭ ކިޔައިފަ.
ތިކަމުގައި އެމީހާ އާއި ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅާނެ
"މީގެ ކުރިން އެޗްޕީއޭ އިން ވަނީ ބައެއް ރަށްރަށުގެ ދުވަސްވީ ގަސްތައް ކޮށާލައިގެން އެރަށްރަށުގެ ކައުންސިލާއި މެދު ފިޔަވަޅު ވެސް އަޅާފައެވެ."
ގަސް ކޮށާލައިގެން އެޗް.ޕީ.އޭ އިން ފިޔަވަޅު އަޅާތަ؟
ތިޔަ ގަހަކައް ކުދި އަނިޔާ ކުރާތާ ކިތެމެދުވަހެއް. ރަށުގެ ގިނަމީހުނަށް އެކަން އެގޭ. ގަސްކާރީ ހުޅުޖަހާ ގަހުގެ މޫތައްބުރިކޮއް ހަދަމުން ހަދަމުންގޮސް ގަހުގެ މޯތަކު ތެރޭ ހުޅުޖެހީ އެކަމާހުރެ ގަސް އަރިއަޅާލީ. އެހެންވެ ކައުންސިލުން ސުކޫލާވީފަރާތް ކޮށާލީ. އެކަމަކު އެވަރުންވެސް ނުވެގެން އަނެއްކާ ހުޅުޖަހާ ގަސް އެއްކޮއް މަރާލީ. މިހުރިހާކަމެއް ވިއިރު ރަށުގެ ގިނަބަޔަކައް އެގިތިބެ ކަމެއް ނުކޮއްފަ މިއަދު އެގަހުގެ ދުވަސް އެއްކޮއްދިޔާމަ ކޮންއަގައެއް އވާކަށްތަ😡
ދެން ތިޔަވާހަކަ ދެއްކިޔެއްކަމަކު ވާނީކީއް