މް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރޭވިފައިވާ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އަމާޒުކޮށް ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއެކު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

މި ބައްދަލުން ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މިއަދު ހެނދުނު ރައީސް އޮފީގައި ބޭއްވި ބައްދަލުވުމެއްގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބް ފައިސަލް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ އެކުދިންނަށް ބޭނުންވާ އެންމެހާ ކަންކަން ފަހިކޮށްދިނުމަކީ މުޅި ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

ފައިސަލް ވަނީ އިއްޔެވެސް މިފަދަ މުހިއްމު އިތުރު ބައްދަލުކުރެއްވުމެއް ކުރިއަށްގެންދަވާފައެވެ. އެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ކެބިނެޓްގެ ކަމާގުޅުންހުރި ބައެއް މުވައްސަސާތަކުގެ އިސްވެރިންނާއި ވަޒީރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެ މަނިކުފާނު ވަނީ ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވައްޗަށް ޒިޔާރަތް ކުރައްވާ، އެ މަރުކަޒުގައި ތިބި ކުދިންނާއި އެ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

ނައިބްރައިސް އިސްވެ މިފަދަ ބައްދަލުވުންތަކެއް ބާއްވަމުން ގޮސްފައި ވަނީ ފިޔަވަތީގައި އުޅޭ ކުދިންނާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެތަނުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަބީ

    ދައުލަތުގެ މިނިސްޓަރުންގެ އަބިންގެ ކުންފުނި ޖެންޑާއަކީ ދެން ތިތަނުގައި ތިބި މީހުން ޖަވާބުދާރީ ކުރުވާނެ ގޮތެއް އެބައޮތްތަ ސޭޙް އިމްރާންގެ އަންހެނުން ބިގޭ ކޮއްކެ މިހެން ހޮސް ހުސް ކޮސް އުދޯލި ހެއްލާތަނެއް ހަވާލުވެ ހުރި މިނިސްޓަރަކީ ކުރީގެ އެއްސިލިންޑަރު އިންޖީނެއް ދެން ތި ކުންފުނި ހިގާނެ ގޮތެއް އަޅެ ބުނެބަލަ

  2. އިބްރާހިމް

    އޮއްސެން ކައިރިވީއިރުވެސް ރަނގަޅު ކަމެއް ކޮށްދެވިފައިނުވާތީ ތެޅިފޮޅެނީ.