ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ނެތްކަން ދެގައުމެއްގެ ތަހްގީގީ އިދާރާތަކުން ކުރި ތަހްގީގުން ކަށަވަރު ކުރެވުނު ކަމަށް ކުރީގެ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިހާރު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ ދެގައުމެއްގެ ތަހްގީގީ އިދާރާތަކުން އެމްއެމްޕީއާރްސީގެ ފައިސާ ޔާމީނަށް ލިބިފައި ނެތްކަން ކަށަވަރު ކުރެވުނުކަމަށް މާތްﷲ ގަންދީ ހުވާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި ގުޅޭ ގޮތުން ވެސް އަލީ ވަހީދު މިރޭ ވަނީ ގިނަ ވާހަކަތަކެއް ދައްކާފައެވެ. އޭނާ ވިދާޅުވީ ޔާމީންގެ މައްޗަށް ހުކުމެއް ކުރަން ފުރަތަމަ ސަރުކާރުން ބޭނުމެއް ނުވިއެވެ. "އިދިކޮޅު ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބޮޑު ދެޖަލްސާއެއް ބޭއްވުމުން ޖެހިއްޖެ ޔާމީން ޖަލަށް ލާން." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޔާމީންގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ނާއިންސާފުންނެވެ. އެކަން އަލީ ވަހީދަށް އެނގިވަޑައިގެންނެވީ މިހާރުތޯ "ވަގުތު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ވަޒީރަކަށް ހުންނެވިއިރު އެކަން މީޑިއާގައި ފާހަގަ ނުކުރި ނަމަވެސް "އެވާހަކަ ދައްކަން ޖެހޭ ހިސާބުގައި އޮންނާނީ ދައްކާފަ."އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ފައިސާއެއް ޔާމީންގެ އެކައުންޓަށް ހަމައެކަނި ޖަމާވީ ވެސް ފިނިފެންމާ ލޯންޗްގައި ބޮން ގޮއްވާލި ފަހުން ކަން އަލީ ވަހީދު ވެސް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއީ ޔާމީނަށް އެމްއެމްޕީއާރްސީގެ ފައިސާކަން އެނގޭނެ ފައިސާއެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އައްޔަ

  ކަލޭ ކުރި ކަންތައް އޮއްބާލަން ރަނގަޅު މަގެއް ތިކޮށާލީދޯ؟

  3
  15
 2. ސޯލިހް

  ރޮއެ ރޮއެވެސް މީހަކު ގަބޫލް ނުކުރިދޯ ސޯލިހް ދައްކާ ވާހަކަ. ފަޅާ އަރަނީ. 35 މިލިއަން ނަގައި ކާލައިފި ދޯ؟ ލާރި ވަގު؟ ހެކިތަށް ހާމަވަނީ. އިސްތިއުފާދީ

  20
  2
 3. ދޫކޮއްލާ

  ރ.ޔާމީން ދޫކޮއްލާ، ސޯލިހް ހައްޔަރު ކުރޭ، އަސްލު ވަގުން މަތީގައި ހުރިކަން މިފަޅާއަރަނީ. ސޯލިހް މާގިނައިން ބޭރަށްދަނީ މިހެންވެދޯ؟ 35 މިލިއަން އަނބުރާދީ، ނޮވެނބަރު 3 ގައި ޝަހީދު ކޮއްލި ދިވެހިންނަށް ބަދަލު ހޯދަން ނުކުމޭ.

  16
  1
 4. ލ.ގަމު

  މާޝާﷲ ތިބުނުއްވީތެދެއްކަން ﷲގަންދީ ހުވާނުކުރެއްވިޔަސް އެއްވެސް ހިފެއްޓުމެއްނެތި ތިދެލޮލުން އޮހިގެންދިޔަކަރުނަވެސް ހެއްކަކަށްފުދޭ މާތްވެގެންވާ އިސްލާމްދީނާ މިދިވެހި ޤައުމުގެ ޙައޤުގައި މަނިކުފާނުގެ އަމިއްލަ ނަފްސް ގުރުބާން ކުރުބާންކުރައްވައިގެން ތިކުރެއްވީ ހަމައެމްމެ ފުރިހަމަ ޖިހާދެއްފަދައެވެ. ވވރައްބޮޑަށްޝުވުރުވެރިވަން އަޅުގަޑަނކީ މިދިވެހި ފަސްގަނޑަށް އުފަންދިވެހިދަރިޔަކަށްވީތީ މަނިކުފާނު ދެދުވެރިކަމާއިއެކު ތިގޮތުގައި ހުންނެވިއްޔާ ތާއަބަދުވެސް އަޅުގަނޑުގެ ދުޢާމަނިކުފާއެކުވާނެ އެވެ.

  17
 5. ނައިބު

  ސޯލިހު ހަށްޔަރުކުރުމަށް ގާނޫނީ އިދާރާތަކަށް ގޮވާލަމެވެ ރައީސްޔާމީން ހަށްޔަރުކޮށް އަނިޔާދެނީ ފަނޑިޔާރުނަށް ރިސްވަތުދީގެން ކަން 100 ޕަރސެންޓު ގެރަންޓީ މިވީ.

  27
 6. ދަންނަ

  މުސްުކުޅި ކަރުނަޔާނުލާ ހަށްޔަރުކުރޭ މިއީ ރަށްޔަތުންގެ އާދޭސް ރައީސްޔާމީން ވަގުތުންވަގުތަށް މިނިވަންކުރޭ.

  27
 7. އަބުދުﷲ

  ދެގައުމަކުންބުނީ 190 ގައުމުންބުނީ އޭނަ އެފައިސާ ބޭނުން ކޮއްގެންނޭ ހުރީ މިހާރުވެސް ކުރަމުންނޭދަނީ.

  3
  29
 8. އިސްޢާފް ސަލީމް

  ރައީސް ޔާމީން ދޫކޮށްލާ! އެއީ ކުށްވެރިއެއް ނޫން.

  30
  5
 9. މަޒް

  އިބޫ ކައިރިން ފެއިލްވެ ޖަހަށޤ ވަންނަ ހިސާބުން އަނެއްކާ ޔާމީނު ކޮޅުން ޖާގައެއް ލިބޭތޯ މަސައްކަތް ކުރަނީ ދޯ.. ކަލޯ ނުބައި ނުލަފާ ގޮލައެއް

  3
  23