މަޝްހޫރު ފިލްމީ ތަރި މަލީހާ ވަޙީދު (މަލް)ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރްފިކް ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.
މަސްތުވާތަކެއްޗާއެކު، ފިލްމީ ތަރި، މަލް ހައްޔަރުކޮށްފައިވަނީ، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާމިގިލިން 2019 ވަނަ އަހަރުގެ އޮަގަސްޓް މަސް ތެރޭގައެވެ. މި މައްސަލައިގައި މަލްގެ އިތުރުން، އިތުރު އަންހެނަކު ހައްޔަރުކުރިއެވެ. އެއީ ހ.ސޯސަންޕްލާވާރ، ފާތިމަތު ރިފްޤާއެވެ.
މި ދެ މީހުންގެ މައްޗަށްވެސް އުފާލާފައި ވަނީ ޑައިމޯފިން ޓްރްފިކް ކުރުމުގެ ދެ ދައުވާއެެވެ.
މި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފައި ވަނީ ހެނދުނު 9:00 ގައެވެ.
އެގޮތުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ މި ދެމީހުންގެ މައްޗަށް އުފުލާފައިވަނީ، ޤާނޫނު ނަމްބަރު، 17/2011 (މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) ގެ ދަށުން، 136 ވަނަ މާއްދާގެ (ބ) އާއި ހަވާލާދީ، 105 ވަނަ މާއްދާގެ (ނ)ގެ ދަށުންނެވެ. މި މައްސަލަ މި ދެ މީހުންގެ މައްޗަށް ޘާބިތުވެއްޖެ ނަމަ، އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ.
Masthvaathakehchaai Eku Filmy Thari Maleehaa Aai Ithuru Anhenaku Hayyaru Kohfihttps://t.co/qtKIn6SPav
— Vaguthu Online (@VaguthuOnline) August 28, 2019
މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، 2019 އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު، ފުލުހުން ހިންގި ޙާއްޞަ އޮފަރޭޝަނެއްގައެވެ.
2 އަހަރާ މަހަކަށް ވުރެ ގިނަދުވަސްވީ މައްސަލައެއްގެ ޝަރިއްޔަތް ކުރުން މާދަމާ. ޤައުމުގެ ޙާލަތު. ތި މައްސަލަ ސާބިތުވާނެ އެއްވެސް ބުއްދިއެއް އަޅުގަނޑަކަށް ނުފެނޭ. ތާރީޚީގޮތުން ފެންނަން ހުރި ޙަޤީޤަތްތަކަށް ބަލާއިރު. އަނެއްކާ ތިޔަކަހަލަ ކުދިން ކޮއްލާ އެންމެ އިޝާރާތަކަށް ހެއްލޭ ފަނޑިޔާރުންނެއް ވެސް މަދެއް ނޫން....
މިހާރުގެ ފަނޑިޔާރުންގެ ސިޔަރަތަށް ބަލާ ދިރާސާކޮއްފާ މި ބުނަނީ.
ނޫސްތަކުން ތިމީހުން މައްޝްހޫރު ކޮށްގެން ތިއުޅެނީ އަހަރުމެންނަށް ތީސައިބޯނި ބޮތްކެއް..ހަމުގެ ކުލައަލިވީމަ ތިމީހުންނަށް ހީވަނީ ލައްކައަކުން އެކަތިހެން...
ދެން ފެންނާނީ މިނިވަން ކުރިތަން
ދުވަސްކޮށްފަ ޝަރީޢަތް ހިންގަނީވެސް ކަމަކު. ޖިނާއީ އިޖުރާތުގެ ޤާނޫނުގެ ދަށުން ތިހާ ދިގު މުއްދަތުދެވިފައެއް ނުވާނެ. ޤާނޫނުތަކުގެ މަތިން މައްސަލަ ހިންގަންވެގެންކުރާކަންކަންއެއީ މީވަރަށް ވާހަކަ. ފުރަތަމަ ފަނޑިޔާރަށް ފިޔަވަޅުއަޅާބަލަ.
ފިލްމު ކުޅޭ މީހުން ކޮންމެ ކަަމެތް ކުރިޔަސް ނުވާނެ ކުށްވެރިޔެއް އެމީހުން ހުރިހާކަމެތް ކުރަނީ މީހުން ހިއްހަމަޖައްސަން ހެޔޮނިޔަތުގަ ކަމެތް ކުރާމީހަކު ކުށވެރިޔެއް ނުވާނެ ސަދޫމުގަ.