ހިޔާ ފްލެޓްތަކުގައި ހަރުކޮށްފައި ހުރި އަލިފާން ނިއްވާ އާލާތްތަތައް ބަލައި ފާސްކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިއަދު ފަށައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ހުރި 6،720 ފްލެޓްގެ އަލިފާން ނިއްވާ ނިޒާމު އަދި ނިއްވަން ގެންގުޅޭ އާލާތްތައް އެމްއެންޑީއެފް އިން ބަލަން ބޭނުންވާ ކަމަށެވެ.

އަދި އެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާނެ ކަމަށް އިއުލާންގައިވެއެވެ.

އެމްއެންޑީއެފުން އެންމެ ފުރަތަމަ ބަލަން ހަމަޖެހިފައި އޮތީ އެޗް1 ޓަވަރެވެ. އެޗްޑީސީން އަންގާފައި އޮތީ އެޗް1 ޓަވަރުން ފްލެޓް ލިބުނު މީހުން އެމްއެންޑީއެފުން އެ މަސައްކަތް ކުރަން ނިންމާފައިވާ ވަގުތުގައި ފްލެޓް ހުޅުވާފައި ބެހެއްޓުމަށެވެ.