ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުން ކުނި ނަގަން ވެމްކޯ މުވައްޒަފުން އިމާރާތުގެ މައްޗަށް ނާރާނެ ކަމަށާއި، ހުރިހާ ކުންޏެއް ތިރިކުރަން ޖެހޭނީ ގްރައުންޑް ފްލޯއަށް ކަމަށް ވެމްކޯއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު (އެޑަމް) އިއްޔެ ވިދާޅުވީ ހިޔާ ފްލެޓްތަކަކީ އިމާރާތަށް އަރާ ކުނި ނެގޭ ވަރަށް ވުރެ ކާރޫބާރު ބޮޑު ތަނެއް ކަމަށެވެ. އެހެންވެ ކުނި ނަގާ ބިންތައް ލިފްޓުން ގެންދިޔުމަކީ އޭގެ ސަބަބުން ލިފްޓު ބޭނުން ކުރާ މީހުންނަށް ދަތިވާނެ ކަމެއް ކަމަށް އާދަމް ވިދާޅުވިއެވެ.

އެ ދަތިތައް އޮތުމުން އެޗްޑީސީއާއެކު މަޝްވަރާތަކެއް ކުރެވި މިހާރު ނިންމާފައިވަނީ ކުނި އަޅާފައި ހުންނަ އެއްޗެހި އާއްމުން ތިރިއަށް ގެންނަ ގޮތަށް ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ޓަވަރެއްގައި ބަހައްޓާނީ 25 ބިން. އެހާވަރުގެ ކުޑަ ސްޕޭސްއެއް އެއީވެސް، ކޮމާޝަލް ޔުނިޓެއް. މުޅިތަން ޑިޒައިން ކުރެވުނުއިރުވެސް ވޭސްޓް ހޭންޑްލިން އަށް އެއްވެސް ކަހަލަ ވިސްނުމެއް ފެންނާކަށް ނެތް" އާދަމް ފާހަގަކުރެއްވިއެވެ.

އެޑަމް "ވަގުތު"އަށް މިއަދު ވިދާޅުވީ ތިރިކުރާ ކުނިތައް ބެހެއްޓޭ ގޮތަށް ގްރައުންޑް ފްލޯއިން ކޮމާޝަލް ޔުނިޓެއް، އެޗްޑީސީން ވެމްކޯއަށް ދީފައިވާ ކަމަށެވެ.

"ހުރިހާ ކުންޏެއް ބަހައްޓާނީ އެތަނުގައި، ކުނި ނެގުމަށް ފަހު އެތަން ސާފުކުރާނެ" އާދަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓުން ނަގާ ކުންޏަށް ފައިސާ ދައްކަން ޖެހޭނީ ނޮވެމްބަރު މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސައިނާ

    ގްރައުންޑް ފުލޯއިން ލަޑާ ވަހުން ތިތަނުގެ ދުވަސް ތި ދިޔައީ!

  2. ސސް

    ގްރައުންޑް ފުލޯއިން ލަޑާ ވަހުން ތިތަނުގެ ދުވަސް ތި ދިޔައީ! ވެމްކޯ އުވާލާ އެމީހުންނަށް ދަންވަރު ކުނި ނެގޭނެ

  3. ބުރުގާ

    ކީއްކުރަންހަދާ ގޮޅިތަކެއް... ދިވެހިންނައް ރަގަޅުވާނީ ކުޑަދޮރު ބޭރައް ކުނިތައް ނަގާހޫރާލަން.

  4. ވަށަފަރު މުދިމު

    ވެމްކޯ އޭކިޔާގެން ކުންފުންނެއް އުފައްދާ އެމީހުން ލައްވާނޫން ގޮތަކައް ކުނީނޫކޭ ގޮތައް އެކަން މަޖްބޫރު ކޮއް ވަކިޖީބުތަކެއް ބޮޑުވުން ނޫންކަމެއް ނުވެ މުލި މާލެ މަގުތައްވެސް ގޮނޑުވެ މިކަމާކާހެދި ތި ހުޅުމާލެ ވެސް ހަމަ އެހާލުގަ

  5. އިހުސާސް

    އޭސީ ޑަކުޓެއް މަތިން ތިރިޔަށް، ކޮންމެ ފުލޯއަކުން ކުނި އެލޭގޮތަށް ހެދުމަކީ ރޮކެޓް ސައިންސް ތޯ؟

  6. ލލ

    ކުނި ބޭރުކުރަން ޝޫޓެއް ޢިމާރާތުގެ ބޭރުގައި ހަރުކުރެވިދާނެ ! ކަންކަން ކުރަން ނޭގޭ ބަޔަކު އުޅެނީ !