އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބިފައިވަނީ ސިޔާސީ ކެމްޕޭނެއް ކުރުމަށް ކަމުގައިވާ ނަމަ އެ ފައިސާ އޭރުން ވެސް ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް ކުށެއް ކޮށްގެން ހޯދި ފައިސާއަކަށް ކަމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.
ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ ދައުވާގެ ތަހުގީގުން ފެށިގެން ދަށު ކޯޓުގެ ޝަރީއަތުން އެންމެ މަތީ މަރުހަލާގެ ޝަރީއަތާ ހަމައަށް އައިއިރު ވެސް މި ތުހުމަތުން ބަރީއަވާން ޔާމީން ދައްކަވާ އެއް ވާހަކައަކީ އެއީ ސިޔާސީ ކެމްޕޭނެއް ކުރަން އެމަނިކުފާނަށް ލިބުނު ފައިސާއެއް ކަމަށެވެ.
އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާވަމުން ދިޔަ އެސްއޯއެފް އެކައުންޓުންނެވެ. އެކަމަކު އެއީ އަދީބު އަތުގައި ޔާމީންގެ ފައިސާ ހުރުމުން އެ ފައިސާ ދެއްވަން އެދިވަޑައިގަތުމުން ޖަމާކުރި ފައިސާއެއް ކަމުގައި ޔާމީން ވިދާޅުވެއެވެ. ސުޕްރީމް ކޯޓުގެ މަރުހަލާގައި ޔާމީން ވަނީ އެ ކަން ސާބިތުކޮށްދޭން އާ ހެކިތަކެއް ވެސް ހުށަހަޅުއްވައިފައެވެ.
މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައީ ޔާމީންގެ ފަރާތުން އިސްތިއުނާފް ޝަރީއަތަށް ހުށަހަޅުއްވާފައިވާ 22 އިސްތިއުނާފީ ނުކުތާއަށް ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމަށެވެ. ޔާމީންގެ ފަރާތުން ފާހަގަ ކުރެއްވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަހުގައި ހުރި ފުށުއެރުންތަކުގެ ނުކުތާތަކަށް ވުރެ ބޮޑަށް ދައުލަތުން ރައްދު ދެއްވީ އެއް މިލިއަން ޑޮލަރު ސައްޚަ ނޫން ކަމަށް ސާބިތު ކޮށްދިނުމަށެވެ.
"އެއް މިލިއަން ޑޮލަރަކީ ބޮޑު އަދަދެއް، މި ކުށެއް"
ދައުލަތުގެ ފަރާތުން ފާހަގަ ކުރެއްވި އެންމެ ބޮޑު ނުކުތާއަކީ މިއީއެވެ؛ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެންމެ ބޮޑު ފައިސާއެއް ހޭދަ ކުރަން މި އޮންނަނީ ރިޔާސީ އިންތިޚާބުގައެވެ. ރިޔާސީ އިންތިޚާބުގައި އެންމެ ބަޔަކު ސިޔާސީ ފަރުދަކަށް ދެވޭނެ މަތީ އަދަދެއް އޮވެއެވެ. އެއީ ކުންފުންޏަކުން ދެވޭ އަދަދެއް ނަމަ އެ އަދަދަކީ 10 މިލިއަން ރުފިޔާ ކަމުގައި ދައުލަތުން ފާހަގަ ކުރައްވައެވެ. އެހެން ނަމަ، ޔާމީނަށް ލިބުނު ފައިސާއަކީ އެ ގާނޫނާ ވެސް ޚިލާފް ފައިސާ އެއް ކަން ދައުލަތުން ފާހަގަ ކުރިއެވެ.
އިތުރު ކަމަކަށް ދައުލަތުން ފާހަގަ ކުރެއްވި ކަމަކީ އެ ފައިސާ ދިން ފަރާތަކީ ކޮބައިތޯ ސުވާލު ކުރުމުން ޔާމީން ދެއްވާ ޖަވާބަކީ "އެއީ ހެޔޮ އެދޭ ފަރާތަކުން" ދެއްވާ ފައިސާއެއް ކަމުގައެވެ. އެއީ ކާކު ކަން ވެސް ޔާމީން ހާމަނުކުރައްވާތީ ދައުލަތުން ވިދާޅުވަނީ އެ ކުރެވެނީ ވެސް ކުށެއް ކަމުގައެވެ. ފަރުދީ ގޮތުން ލިބުނު ފައިސާއެއް ނަމަ އޭގެ ހުއްދައެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ލިބެން ވާނެ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.
މި ހުރިހާ ކަމަކަށް ބެލުމުން ވެސް ޔާމީންގެ ނިޔަތް ރަނގަޅު ނޫން ކަމަށް ދައުލަތުން ތުހުމަތު ކުރައްވައެވެ. ދައުލަތުން ނިޔަތާ ގުޅޭ ގޮތުން ވާހަކަ ދެއްކެވީ ވެސް ޔާމީންގެ ވަކީލުން ނުކުތާތައް ފާހަގަ ކުރެއްވިއިރު އެއީ ކުށެއް ކޮށްގެން ޔާމީން ހޯއްދެވި ފައިސާ ކަން ޔަގީން ކުރަން ޔާމީންގެ ނިޔަތް ބަލަން ޖެހޭ ކަމަށާއި ޔާމީންގެ ފައިސާ އެކްސްކްރޯ އެކައުންޓެއް ބެހެއްޓީ ވެސް ނިޔަތް ސާފު ވުމުން ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވެއެވެ.
ޔާމީނަށް އެއީ ކޮން ފައިސާއެއް ކަން އެނގޭނެ
ޔާމީންގެ ނިޔަތް ރަނގަޅު ނޫން ކަން ބުނެދޭން މީގެ ކުރިން ވެސް ދައުލަތުން ފާޙަގަ ކުރައްވާފައިވާ ބައެއް ކަންކަން ސުޕްރީމް ކޯޓުގެ މަރުހަލާގައި ވެސް ދައުލަތުން ފާހަގަ ކުރައްވާފައިވެއެވެ. އެއް ކަމަކަށް އެ ފައިސާއާ ގުޅޭ ގޮތުން ސުވާލު އުފެދިފައިވަނިކޮށް އެ ފައިސާ ގެންގޮސް އިންވެސްޓްމަންޓް އެކައުންޓަށް ޖަމާ ކުރި ކުރުން ދައުލަތުން ފާހަގަ ކުރައްވައެވެ. އެކަން ކުރީ ޔާމީންގެ ނިޔަތް ސާފު ނުވުމުން ކަމަށް ތަކުރާރުކޮށް ދައުލަތުން ވިދާޅުވިއެވެ.
އޭސީސީގެ ރައީސް ލަތީފް ޔާމީނަށް ގުޅުއްވައި އެމަނިކުފާނުގެ އެކައުންޓަށް ވަން ފައިސާއާ މެދު ސުވާލު އުފެދޭ ކަން ފާހަގަ ކުރެއްވި ހިސާބުން އެ ފައިސާ ބޭނުން ނުކުރައްވަން މަޑުކުރެއްވުމުގެ ބަދަލުގައި އެ ފައިސާ އިންވެސްޓް ކުރުމުން ޔާމީންގެ ނިޔަތް ރަނގަޅު ނޫން ކަން އެނގެން އެބަ އޮތް ކަމަށް ދައުލަތުން ވިދާޅުވެއެވެ. އަދި އޭރުން ފެށިގެން އެއީ ކޮން ފައިސާއެއް ކަން ޔާމީނަށް އެނގެން ވާނެ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.
ޔާމީން ތެދުވެވަޑައިގެން ރައްދު ދެއްވުން
ދައުލަތުގެ ފަރާތުން މި ނުކުތާތައް ފާހަގަ ކުރެއްވުމުން ޔާމީން ކަމެއް ފާހަގަ ކުރައްވަން ވެގެން ފުރުސަތަކަށް އެދިވަޑައިގަތެވެ. ޝަރީއަތުން އެ ފުރުސަތު ދެއްވުމުން ޔާމީން ތެދުވަވަޑައިގެން ރައްދު ދެއްވިއެވެ.
ޔާމީން ވިދާޅުވި ވާހަކައަކީ މައްސަލާގައި "ފެކްޓް" އަށް ނުވަތަ ހަގީގަތުގައި ހިނގި ކަންކަމަށް ބިނާކޮށް އެއްވެސް ކަމެއް ދައުލަތުން ވިދާޅުނުވާ ކަމަށެވެ. ދައުލަތުން ފާހަގަ ކުރައްވާ ކޮންމެ ކަމަކީ ސްޕެކިއުލޭޝަން" ނުވަތަ "ހިއެއް" ނުވަތަ "ޚިޔާލެއް" ގެ މައްޗަށް ދެކެވޭ ވާހަކަތަކެއް ކަމަށް ޔާމިން ވިދާޅުވިއެވެ. އެ ގޮތަށް އެ ވާޙަކަ ދެކެވޭނެތޯ ޝަރީއަތާ ޔާމީން ސުވާލު ކުރެއްވިއެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ދައުލަތުން ޖަވާބު ދެއްވަން އޮންނަ ފުރުސަތުގައި ދައުލަތުން ބޭނުންވާ ނުކުތާއެއް ފާހަގަ ކުރެވެން އޮންނަ ކަމަށެވެ. އަދި އެ ޖަވާބުތަކަށް ރައްދު ދެއްވަން އިސްތިއުނާފް ކުރާ ފަރާތުން ބޭނުންވާނަމަ އެ ފަރާތަށް ވެސް ފުރުސަތު ދެވޭނެ ކަމަށާއި ދައުލަތަށް ވެސް އޭގެ އިތުރު ފުރުސަތެއް ދެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އޭގެ ކުރިން ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވި ކަމަކީ؛ ދައުލަތުން ރައްދުގައި ދެއްވާ ކަމަކީ އާ ކުށެއް އޮތް ކަން ދެއްކެން އޮތް ވާހަކަތަކެއް ކަމަށެވެ. މި ގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފްވެގެން ކުރި ކުށެއްގެ މައްސަލައެއް ޝަރީއަތަށް އައިސްފައި ނުވާ ކަމާއި ޔާމީންގެ މައްޗަށް އުފުލި ދައުވާއަކީ މަނީ ލޯންޑަރިންގެ ދައުވާ ކަން ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.
ޔާމީންގެ މައްޗަށް ހިނގާ މައްސަލަތައް ކުރުކޮށް
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.
ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.
35 މިލިއަން ގިނަ އެއްނު 1 މިލިއަނައްވުރެ ؟
ޔާމިނަށް ތިދަނީ ރާކަނިމަސް ކެވެމުން.
2018ގަ ވާދަކުރީ ދެކެންޑިޑޭޓް..ދެމީހުންވެސް އިންތިޙާބުގަ ފަ އިސާހޭދަކުރާނެ..ދެން އޮތީ ސިޔާސީ ޕާޓީ އަށާ ސިޔާސީލީޑަރުންނަ ސިޔާސީމަސަ އްކަތަށް އެކިގޮތްގޮތުންލިބޭ ފަ އިސާގެވާހަކަ.. އެހެންވީމަ ތަހުގީގުކުރަންޖެހޭނީ ހުރިހާ ސިޔާސީލީޑަރުންނަ ފަ އިސާލިބޭގޮތް..ހަމަ އެކަނި ރޔާމީނަކަށް ނޫން ތަހުގީގު ހިންގަންވީ.. އެ އްވެސް ސިޔާސީޕާޓީ އެ ސިޔާސީލީޑަރު ފަ އިސާހޭދަނުކުރާނެ އަމި އްލަ ޖީބުން..މޮޔަނުވޭ ރޔާމީންގެ ކުށެ އް ސާބިތެ ނުކޮ އްދެވޭނެ ސަރުކާރަކަށް. ބާރު އޮތީތީ ހަ އްޔަރުކޮ އްގެން އުޅެނީ..
މިފަހަރު ދައުލަތުގެ ވަކީލުންނަށް ރާކަނިމަސް ކެވެނީ. އެއީ ނުބައި ދައުވާއެއް ކޮށްގެން އަވަހަށް ޔާމީން ޖަލަށްލެވޭތޯ އުޅެން ހަދައިގެން އަމިއްލަ ސޯޓު ބޭލުނީމަ.
ކަލެޔަށް ލިބުނުނަމަޔޯ؟ އިންޑިޔާއިން ޔާމޯންބސަރުކާރު ވައްޓައިލަން ކުރިހާ ޚަރަދު ވަނީ ކޯންޗަކަށް؟
ގޮތްހުސްވެ ދައްކާނެ ނުދައްކާނެ ވާހަކައެއް ދައުލަތުގެ ވަކީލާ އައިސަތު މުހައްމަދަށް ނޭގި މިހާރު ދައްކަނީ މިސަރީއަތާ ނުވެސް ގުލޭ ވާހަކަ! ބަލަ އެއްމިލަޔަން ޑޮލަރު ދިނީ ދައުލަތުގެ ވަކީލާގެ ބައްޕަތަ! ކަލޭ ތިހަދާ ދޮގުތަކުގެ ހިސާބު ބެލެވޭނެ! ހީނުކުރާތި މިކަން ފަސޭހައިން ގޮސްފާނެކަމަށް!
ކިނބޫ ޔާމީނުދެކެ ގަންނަބިރުން އެދައުވާކުރަނީއެވެ. ކިނބޫވެސް 35 މިލިއަންޑޮލަރު ނެގިކަމަށް ޢަަލީވަހީދު އެވަނީ ބުނެފައެވެ. ދެންކިނބޫގެ ޝަރީއަތް ނުކުރެވެނީ ކީއްވެހެއްޔެވެ؟
ގައުމުގެ ނިކަމެތި ރައްޔިތުން ބަނޑުހައިހޫނުގައި ތިބޭއިރު ރައްޔިތުންގެ ޓެކްސްފައިސާއިން ކޮންމެ ސިޔާސީ ޕާޓީތަކަށް އެތައް މިލިޔަން ރުފިޔާ ދޫކުރޭ، އެހެންވީމާ މިފައިސާ ތަލަކުންވެސް ސިޔާސީ ޕާޓިގެ އިސްފަރާތްތައް މަނީލޮންޑަރ ކުރަނީނޫންތޯ؟؟ސަރުކާޔުން އެފައިސާ ދޫކުރުމުގެ ބޭނުމަކަށް ބުނަނީ ޕާރޓީތައް ކުރިއެރުމުގެ މަސައްކަތާއި އިންތިޚާބުތަކަށް ކެމްޕެއިންކުރުމުގެ ޒކަރަދާއި ރައްޔިތުންނަށް ފައިސާދީގެން ވޯޓުގަތުންފަދަ ހަރަކާތްތަށް ހިންގުންކަމަށްވާއިރު މިއީ ސިތާސީ ހަރަކާތްތަކެއްނޫން ދެން ބުނެވޭނެ އެހެންނަމެއް އެބައޮއްތޯ؟؟؟
ބަލަ މިހިރަ ނުލަފާ އަންހެނާ ވިސްނަބަލަ. ސިޔާސީ ގޮތުން އެއްމިލިއަން ޑޮލަރު މީހަކަށް ލިބިދާނެ އެކި ފަހަރު ފަހަރު މަތިން. އެފައިސާ މީހަކު އަތު ހުރެގެން އެމީހަކު ދިން ގޮތަކަށް ދެވޭނެ. ސީދާ މިލިއަން ޑޮލަރު އެއފަހަރާ ބޭރުން ހޯދިތޯ މީނާ ސުވާލު ކުރިންތަ. ރަނގަޅަށް ވިއްޔާ މި ކިޔާ ފައިސާގައި މީނާ ވެ3ސް ވާނީ ހޭކިފައި. މީޯޏާގެ ބޮސް އަކީ މިފައިސާގެ ގޭސް ގަޏޑު ތެރޭ އެންމެ ބޮޑަށް އެނބުރުނު އެކަކު
ކިނބޫގެ 35 މިލިޔަންޑޮލަރުގެ ޝަރީއަތުގެ ކަންތަށްތަށް ވަރަށްބާރަށް ވަރަށް އަވަހަށް ފެށުމަށް ތަށްޔާރު އެބަވޭ ރަށްޔަތުން ކެތްކޮށްލަށްވާތި.
ކޮބާތަ 35 މިލިޔަން ޑޮލަރު؟ ކިނބޫ ކަލޭ ބިރެއް ނުގަނޭތަ ވަރަށްއަވަހަށް ކަލޭ ނެގި 35 މިލިޔަންޑޮލަރު ހޯދާނެ އެކަމަށް އަލީވަހީދު ހެކި އެބަދޭ ...
ގިނަ އަދަދުގެ ފައިސާ ހުރި ސިޔާސީ މީހުންވާނީ ކޮންމެވެސް ހުއްދަނޫން ކަނތައް ގަނޑެއް ހިންގާ ބަޔަކަށް އެވާނީ ކުއްވެރިންނަށް.!!!!!!!
ރަގަޅު ގޮތަކީ ޔާމީނަށް ވިއްޔާ އެއީ ކުށެއް! އެހެން މީހުން އޯކޭ!
ޢު އއްސުރު ހަމަ ނުވީދޯ. މިހާރު ރާގު ބަދަލުކޮށްލީ. ދަ އުވާ ކުރީ އެހެންކަމަކަށް
ޔާމީން އައް ހުކުމްކުރާ މީހުން ވިސްނާތި އިންސާފުންއެއްކިބާޥެ ތިކުރާ ހުކުމްގެ ރައްދުދޭން ޖެހޭ ރައްޔިތުން ނޯޓްޚުރާނަން ނަންތައް.ވ ވިސްނާތި
1 މިލިޔަން ޑޮލަރު މަނީލޯންޑްރީއައްވަންޔާ 35 ވެސް 1 ފެބްރުއަރީ އަމުރު ނެރުމައް ކުރިހޭދަވެސް ހަމަވާނީ މަނީލޯނޑްރީއައް ނޫންތޯ؟ އެހެންވެއްޖެއްޔާ މމޕރސ ގެ ފައިސާގަ ޖެހުނުކަމައް އެއްބަސްވިމީހުންގެ ދިފާއީ ވަކީލުން ނެގިފައިސާއާއި މިއަދު ދައުލަތުގެ ފަރާތުން ވަކާލާތުކުރާ ވަކީލުން ނަގާއުޖޫރަވެސް ހަމަހިމެނޭނީ މަނީލޯންޑްރީ ނޫން ދެން ކޯޗެއްގަ ތޯ؟؟؟
ޔާމިނު މަނީ ލޯންޑަރިންގ ހުއްޓާލާފަ ގޭގަ ލޯންޑަރީ އެއް ޖައްސައިން އުޅޭނީ އެހެރީނު ކުޑަ ދޮރުން ފެންނަން. ހުސްނުވެ ހުރޭ
ދަޢުވާއަކީ ވޮޑަމުއްލާގެ އެކުއިޒިޝަން ފީ ނަގައި އަމިއްލަ އެކައުންޓަށްލާ އޭފައިސާ ލޯންޑަރ ކުރަން އުޅުނީއޭ! އެއީ ވިޑަމުއްލާގެ އެކުއިޒިޝަން ފީ ކަމެއް ސާބިތެއްކޮށްނުދެވުނު! އެހެންވީމާ ދަޢުވާ ސާބިތުުވަނީ ކިހިނެތް؟ ދެން ރައީސަކު ވިޔަފާރިއާއި އިތުރު މަޤާމެއް ނުފުރުމަކީ އިންވެސްޓްމަންޓްތަށް މަނާވާކަމެއްނޫން! އެހެން ޤައުމުތަކުގައިވެސް އެކަން ހިނގަނީ އެހެން! ދެން ދަޢުވާ ސާބިތު ނުކުރެވުނީމަ އާދަމުގެފާނޭ ފަޅޮލޭ ކިޔަައިގެން ފޮނުއަރުވަނީ! އެއީ ވިޑަމުއްލާގެ އެކުއިޒިޝަން ފީތަ؟ ނޫން! އެއީ ކުށެެއްގެ ފައިސާކަމަށް އެއްވެސް ތަނަކުން އޭސީސީ ނުވަތަ ކޯޓަކުންވެސް ނެތް ނިންމާފައެއް! ދެން؟ މިގޮތަށް ހުކުމް ނިމިއްޖެއްޔާ ރާއްޖޭގެ ކޮންމެ ފައިސާވެރިއެއް ދައުލަތަށް ފުނޑާލެވޭނެ މިހެން! ދައުލަތުން ސާބިތުކުރާކަށް ނުޖެހޭ އެއްވެސް އެއްޗެއް ހަމަ ތުހުމަތު ކޮއްލާފަ އެއީކުށެކޭ ބުނީމަ ވީ!؟؟
އެއއީ އެްްފަހަރާ ލިބުނު އެއްފަރާތަކުން ލިބުނު ފައިސާކަމެްް އއެނގެނީ ކިހިނެއް. އެކި ފަރާތްތަކުންް ލިބުނު ފައިސާ ވަކިމީހެއްގެ އަތގައި ހުރެފައި އޭގެފަހުން އެއްފަހަރާ ޔާމީނަށް ލިބިދާނެ.
ރައްޔަތުންގެ ފައިސާ ބޭނުން ކޮށްގެން މުޅިދުނިޔޭގަ އަތްފުނާ އަޅަމުން ގޮސް ވަޒީރަކު އެހެން ޖަމީއްޔާއެއްގެ ރައީސްކަންވެސް އެބަ ކުރޭ...އެވެސް ކުށެއް..ރައްޔަތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން މީހަކު އެބަހުރި އެހެން ގައުމެއްގަ އުފަލާއި އަރާމުގަ ބޮޑާ ހާކާލަ ހާކާލާ...ކަލެޔަށް މަށަށް އެހެންގޮސް އެތާ ބޮޑާ ހާކާލައިގެން އަހަރު 2 އަހަރަށް ހުރެވޭނެ؟..ނުހުރެވޭނެ..މިވެސް ހައތަހާ ކުއް..ކުއްދެއްކީމަ ހުސް ކުއް ފެންނާނީ..ކުއްވެރި ކުރަނީ އެވަގުތަކު އޮންނަށް ބާރުވެރިކަމެއްގެ ތެރެއިން..ކަލެއަށް އެކަންވެސް ހަމަ ރަގަޅަށް އެގޭނެ..ވަރަށް ސަލާން..
ޔާމީނު ވައްކަން ކުރިއޭ ކިއައިގެން ވެރިކަމަށް އައި މީހުން ކޮން ގަނޑެއް ތި ގަންނަނީ ؟ މިނިސްޓަރ ފައްޔާޒްގެ ބޭބެ އިބްރާ އަށް 50 މިލިއަން . ގާސިމް އިބްރާހިމް އަށް 300 މިލިއަން . ސްޕާކް އިއްސޭ އަށް 2019 ވަނަ އަހަރުގެ ބަޖެޓްގެ 10 ޕަސެންޓް . ރީކޯ މޫސަ ދަނބިދަރި އެމްޑީޕީވީމަ އެމީހުންގެ ކުންފުނި ދީބާޖާ މޯލްޑިވްސް އަށް 360 މިލިއަން މިހެންގޮސް ބަދަލުގެ ގޮތުގައޭ ކިއާފަ ދިވެހިންގެ ޚަޒާނާ ތަޅާ ހުސްކުރާއިރު ޚާއްސަކޮށް މާލޭ ނިކަމެތި ރައްޔިތުންނަށް މި ޖައްސާ ދަތިޙާލު ބަލާބަލަ. ޔާމީނު ވައްކަން ކުރީއޭ ކިއައިގެން ވައްކަން ކުރުން ހުއްޓަން ވެއްޖެ މިހާރު. ޢަލީ ވަޙީދު އެއޮތީ ބުނެފަ އަދީބު އަތުން ސޯލިޙުބެ ގެންދިޔަ ކަޅުދަބަހުގެ ވީޑިއޯ ފުލުހުންގެ އަތުގައި އޮންނާނެ ކަމަށް! ބަލަންވީނު އެކަން. ! ގައިމު ނޫސްވެރިއަކު ބުނި އެއްޗެއް ނޫން އެއީ . ކެބިނެޓް މިނިސްޓަރަކު އެ ބުނަނީ
ދައުލަތަ ޔާމީނު ދިރިހުރުން ވެސް ކުސަކަ ވާނީ
ޢޭ ހެލޯ އެމީހަކަށް ކެވުނުވަރަކަށް ކައިގެން ގުދޯ ގުދޯ ނުގޮވާ މައިތިވަންވެއްޖެ އެއްނު ކާހިތްވާތީ ނޫންތަ ގޮނޑިކޮޅު ހޯދަން އެކަކު އަނެކަކަށް ފަލި ޖަހަނީ ވާދަޔަށް ކާހިތްނޫވާނަމަ ކަށްޓަލަ ހައްދަން ދަނޑުވެރިޔަކަށް ވާންވީނު
ޢޭ ހެލޯ އެމީހަކަށް ކެވުނުވަރަކަށް ކައިގެން ގުދޯ ގުދޯ ނުގޮވާ މައިތިވަންވެއްޖެ އެއްނު ކާހިތްވާތީ ނޫންތަ ގޮނޑިކޮޅު ހޯދަން އެކަކު އަނެކަކަށް ފަލި ޖަހަނީ ވާދަޔަށް ކާހިތްނޫވާނަމަ ކަށްޓަލަ ހައްދަން ދަނޑުވެރިޔަކަށް ވާންވީނު
ސިޔާސީގޮތުން އެމްޑީޕީގެ އިސްވރިންނަށް ބުދުފައްޅިތަކުންނާ އިންޑިޔައިން ދީފައިހުރި އަދި މިހާރުވެސް ދެމުންދާ އެތަކެއް މިލިޔަން ޑޮލަރު އެއީވސް ކުށެއްތާ؟ ބޯހަމަޖެހޭ އެއްޗެއް ކިޔާބަލަ